އެމްޑީޕީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށް ބުނެ އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާއި ބައްދަލުކުރާއިރު، ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އެމްޑީޕީން ބުންޏެވެ.
897 ދުވަސް ކުރިން - 00:06
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ބުނީ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތް އަންނަ މަހު 29 ގައި ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕާއި ހާފިޒުންގެ ގޮފި އޮންނާނެއެވެ. މިމުބާރާތުގައި ކޮންމެ ބަޔަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުންވެސް މިވަނަތައް ހޮވާނެއެވެ.
897 ދުވަސް ކުރިން - 22:31
ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުސަތުގެ ދަށުން ދެވަނަ ބުރުގެ ބައިވެރިން މިއަދު ސައުދި އަރަބިއްޔާއަށް ފުރައިފިއެވެ.
897 ދުވަސް ކުރިން - 21:41
މާލޭ ސަރަހައްދަށް މިއަދު އިހްސާސް ކުރެވޭ ހޫނުމިން ހުރީ 47 ޑިގްރީގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވިދާޅުވެއްޖެއެވެ.
897 ދުވަސް ކުރިން - 21:33
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ގަތުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައި، މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް މިލްކުކުރެވޭނެ ފުރުޞަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ. އެޗްޑީސީން ބުނީ ބިން ގަތުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށި ފޭސް 1 އިން 5000 އަކަފޫޓު ނުވަތަ އެޔަށްވުރެ ބޮޑެތި ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ކަމަށެވެ.
897 ދުވަސް ކުރިން - 21:00
897 ދުވަސް ކުރިން - 20:00
މަޖިލީހުގެ އިންތިހާބުގައި ށ. ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދިކަމަށް ތުހުމަތުކުރާ "ސިހުރުވެރިޔާ" ފުރުވާލުމާ ދެކޮޅު ހަދައި ރައްޔިތުން ކުރި މުޒާހަރާ ހޫނުވުމުން ކޮންޓްރޯލު ކުރަން ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފިއެވެ.
897 ދުވަސް ކުރިން - 19:57
ޚުތުބާގައި ބުނީ ކައިވެންޏަކީ މާތް ﷲ ދެއްވާ ނިޢުމަތެއް ކަމަށާއި އަނބިމީހާ އަދި ފިރިމީހާވެސް ކައިވެނީގެ އަޤުދަށް ރައްކާތެރިވާންވާނެ ކަމަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހި، ޚިޔާލު ތަފާތުވުން އުފެދޭ ޙާލަތުގައި ކެތްތެރިވެ، ރުޅީގެ މައްޗަށް ބުއްދި އިސްކޮށް ނަބަވީ އިރުޝާދުގައި ބަޔާން ކޮށްފައިވާ ގޮތަށް ޢަމަލު ކުރުމަށް ޚުުތުބާގައި ވަނީ ގޮވާލާފައެވެ.
897 ދުވަސް ކުރިން - 19:46
ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމުދަނީއެއް ހޯދަން އޮތް ދަތިކަންކަމުގައި ފާހަގަކުރައްވައި، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
897 ދުވަސް ކުރިން - 19:19
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދުގެ 13:30 އަށް ސުންގަޑި ހަމަވެފައިވާއިރު ފޯމު ހުށަހަޅާފައިވަނީ 1709 ދަރިވަރުން ކަމަށެވެ. އަދި ދެން ކުރިއަށްދާނީ ފޯމުތައް ބަލައި ޗެކް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓްރީން ބުންޏެވެ.
898 ދުވަސް ކުރިން - 01:00
ފަހުމީ ވިދާޅުވީ މިހާރު ފޮނުވާފައިވާ ބިލްތައް އެ ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީ އެންމެ އަވަހަކަށް ކަސްޓަމަރުންނަސް ފޮނުވިގެންދާނެ ކަމަށެވެ.
898 ދުވަސް ކުރިން - 23:44
ފުލުހުން ބުނީ އައްޑޫ ފޭދޫގައި ހިންގި އޮޕަރޭޝަނެއްގައި އެރަށުގައި ސްޕާއެއްގެ ގޮތުގައި ހިންގާ ތަނެއް ބަލައި ފާސްކޮށް 5 މީހުން އިއްޔެ ހައްޔަރުކޮށްފައިވާކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑު 3 އަންހެނުން ކަމަށެވެ.
898 ދުވަސް ކުރިން - 23:04