
ރާއްޖެއިން ބިސް ހުސްވެގެން ކޮންޓްރޯލްކޮށްގެން ވިއްކާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އެއްވެސް ދަތިކަމެއް ނެތި އިތުރު ޝިޕްމެންޓްތަކާއެކު ބިސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފި. އަދި ބިހަކީ އަސާސީ ބާވަތަކަށްވާތީ ސަރުކާރުން ދަނީ މޮނީޓަރ ކުރަމުން.
1 ދުވަސް ކުރިން - 14:05
މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 88 އިންސައްތައިގެ ބޮޑު ކުރިއެރުމެއް. އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އިމާރާތްކުރުމާއި، ބިން ހިއްކުމާއި، ބަނދަރު ހެދުން އަދި އާރުޓީއެލް ދަތުރުފަތުރުގެ ހިދުމަތްތައް ހަރުދަނާކޮށް، ފަހު ކުއާޓަރުތަކުގައި ވަނީ ބޮޑު މާލީ ކުރިއެރުމެއް ހޯދާފަ.
4 ދުވަސް ކުރިން - 14:09
މުނައްވަރު ވިދާޅުވީ، އިމްޕޯޓަށް ބޭނުންވާ ޑޮލަރުގެ ދަތިކަން ހައްލުވާނީ މި ބަދަލުން ކަމަށެވެ. އަދި ބާކީ ހުންނަ ފައިސާ މޮނިޓާކުރާނެ ކަމަށް ވިދާޅުވި. ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ކަޅުބާޒާރުގައި ދައުރުވާ 90 ޕަސެންޓް ޑޮލަރަކީ މިފަދަ ވިޔަފާރިތަކުން ނެރޭ ފައިސާ ކަމަށް.
4 ދުވަސް ކުރިން - 13:54
ނަން އާންމުކޮށްފައިވާ ރިސޯޓުތަކަކީ ރަހާ ރިސޯޓު އަދި ސައުތު ޕާމް ރިސޯޓް މޯލްޑިވްސް. ރިސޯޓުތަކުގެ 78 އިންސައްތަ ތަންތަނުން ގަވާއިދަށް އަމަލުކުރާއިރު، މާރުކުރާ ޑޮލަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ކާބޯތަކެއްޗާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށާއި ކުދި ވިޔަފާރިތަކަށް އެހީވުމަށް.
5 ދުވަސް ކުރިން - 18:51
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ "އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް" ގެ މައްޗަށް. މިއީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ ޚިދުމަތް ދެމުންދިޔަ ތަނެއް.
7 ދުވަސް ކުރިން - 16:40
ޖިއޯ ހެލްތު ކެއަރ އިން ބާޒާރަށް ނެރެފައިވާ ޕޯޓަބަލް އަލްޓްރާސައުންޑު މޮޑެލް ރާއްޖެއަށް އެސްޓީއޯއިން ތައާރަފް ކޮށްފި. ކޮންސަލްޓޭޝަން ރޫމް ބޭރުން، ބަލިމީހުންނާ ކައިރިން ހިދުމަތް ދެވޭނެ. ކުދި ކުދި ރަށްތަކަށް މި ޚިދުމަތް ފުޅާކުރުމަށް ބޮޑު ފުރުސަތެއް.
8 ދުވަސް ކުރިން - 12:23
އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.
9 ދުވަސް ކުރިން - 10:06
މި ބައްދަލުވުމުގައި ވިޔަފާރި އެކައުންޓްތަކާއި، ބިޒްނަސް ކާޑުތައް އަދި އަލިޕޭ+ ފަދަ ޕޭމަންޓް ހިދުމަތްތަކުގެ ޢަމަލީ މަޢުލޫމާތު ވަނީ ދީފަ. އަދި ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދީ މަޝްވަރާކުރެވުނު. މި ސެޝަނުގެ ބޭނުމަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ބޭންކިންގ ހިދުމަތްތައް ފަސޭހަކޮށްދިނުން
11 ދުވަސް ކުރިން - 08:48
މޯލްޑިވްސް ޕްރިމިއަރ ބޭންކަކީ އެމްއެމްއޭ އިން ލައިސެންސް ލިބިގެން ދިވެހިރާއްޖޭގައި ރަސްމީކޮށް ބޭންކިންގް ޚިދުމަތް ދޭންފެށި 9 ވަނަ ބޭންކް. މި ބޭންކުގެ މައިގަނޑު ހިއްސާދަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ޢަލީ ޖަނާޙް. ޗެއާޕާސަނީ އޭނާގެ ދަރިކަނބަލުން ޢާއިޝާ ނޫރްޢައިން ޖަނާޙް.
11 ދުވަސް ކުރިން - 05:28
މިއީ ޖޫން މަހާ އަޅާބަލާއިރު ރަސްމީ ރިޒާވުން 48.8 މިލިއަން ޑޮލަރުގެ ދަށްވުމެއް. މައިގަނޑު ސަބަބަކީ ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ވިއްކި މިންވަރު އިތުރުވެ، އެތެރެވި ފައިސާ މަދުވުމެވެ. މީގެއިތުރުން ބޮޑެތި ދަރަނިތައް ދެއްކުމާ ގުޅިގެން މާޗް މަހުން ފެށިގެން ރިޒާވް ވަނީ ބޮޑުތަނުން ދަށްވެފަ.
11 ދުވަސް ކުރިން - 13:11
މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއު ތަކުގެ ކޮންޓްރެކްޓް ތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދެމެދު ހަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން.
11 ދުވަސް ކުރިން - 13:01
މީގެ ސަބަބަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަނާ ދިމާވުމާއި، ޗުއްޓީއާ ގުޅިގެން ދަތުރުފަތުރާއި ބޭސްފަރުވާއަށް ޑޮލަރު ބޭނުންވި މިންވަރު %172 އިތުރުވުން. މި ބަދަލާއެކު ރަސްމީ ރިޒާވް %7 ދަށްވެފައިވާއިރު، އިމްޕޯޓް މުދަލަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުތަކަށް ވިއްކާ ޑޮލަރު %51 އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ.
14 ދުވަސް ކުރިން - 16:59
ދަރަނި އަނބުރާ ދައްކަންޖެހޭ ދުވަހު ގައުމުގެ މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށްޓަކައި، ބޭރުގެ މާލީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމާއެކު، ސަރުކާރުން މިހާރުވެސް އަޅަމުންދާ ފަދަ ރިޒާވް ވަރުގަދަކުރުމުގެ މުހިންމު ސިޔާސަތުތަކުގެ ބޭނުން ހިފުން ބުއްދިވެރި ކަމަށް ޝަރުވަސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި.
15 ދުވަސް ކުރިން - 12:40