Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

އައިޝަތު އިމްސާ
5 ގަޑިއިރު ކުރިން - 19 އޯގަސްޓް 2026 10:06
ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދުން ރޫސީވިލާތުގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
ފަތުރުވެރިކަން ފުޅާކުރުމަށް ރާއްޖޭގެ ވަފުދުން ރޫސީވިލާތުގައި ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން/ ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.

ރޫސީ ވިލާތުން ދިވެހި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމުގެ އަމާޒުގައި، އޮގަސްޓު މަހު 17 އިން 21އަށް ރޫސީވިލާތުގެ ވެރި ރަށް، މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު، ޕިޓާރސްބާގަށް ކުރާ ދަތުރުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެއްޖެއެވެ.

މި ދަތުރުގައި ބައިވެރިވާ ޑެލިގޭޝަނުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، މޯލްޑިވިއަން، ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ.

ރޫސީވިލާތަކީ ދިވެހި ރާއްޖެއަށް އެންމެ މުހިއްމު ފަތުރުވެރިކަމުގެ މާކެޓަކަށް ވުމާއެކު މި ދަތުރުގެ މައިގަނޑުު މަގުސަދަކީ މި މާކެޓު އިތުރަށް ފުޅާކުރުމެވެ.

Advertisement

Advertisement 1

އެގޮތުން، މޮސްކޯ އަދި ސެއިންޓް ޕީޓާސްބާރގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާ، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ބައިވެރިންނާ މަންދޫބުންނަށް ބައްދަލުކުރަން ނިންމަވާފައިވާކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި، އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާ ބައްދަލުކޮށް، މިހާރު ދޭ ހިދުމައްތަކުގެ މަޢުލޫމާތާއި، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ދަތުރުކުރެވޭނެ ގޮތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަލަށް ސިދާ ދަތުރުތައް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.

މިދިޔަ ޖުލައި މަހު ވެސް މިފަދަ ދަތުރެއް، ރާއްޖޭގެ ޑެލިގޭޝަންނަކުން ވަނީ ޗައިނާއަށް ކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، އެ ތަރުހީބާ އެއްވަރަށް ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ބައެއްކަމުގައި އެ އިދާރާއިން ހާމަކުރިއެވެ.

އެމްއޭސީއެލްގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ޚިދުމަތްތައް އިތުރުކުރުމާއި، މި މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުން ކަމުގައި އެ ކުންފުނިން ބުނެއެވެ.

ޓޫރިޒަމް ސިމްޕޯޒިއަމްއެމްއޭސީއެލްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްފަތުރުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއީ އާ ޓެކްސެއް ނޫން: ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

ޖީ.އެސް.ޓީ އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގެ ހަގީގީ ބަދަލަކީ ކޮބައި؟

1 ދުވަސް ކުރިން - 19:40

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

4 ދުވަސް ކުރިން - 16:50

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

އަހަރުގެ މިހާތަނަށް 1.3 މިލިއަން ފަތުރުވެރިން، މިއީ 4.1 އިންސައްތަ އިތުރުވުމެއް

6 ދުވަސް ކުރިން - 12:35

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފި

20 ދުވަސް ކުރިން - 10:06

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

ޓާމިނަލް 1 ގައި ފަސިންޖަރުންނަށް އަރާމުކުރާނެ ޖާގައެއް ހުޅުވައިފި

21 ދުވަސް ކުރިން - 16:12

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

24 ދުވަސް ކުރިން - 12:27