Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވަކި ސިޔާސީ ފިކުރަކަށް ނުބަލާނަން: ރައީސް

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވަކި ސިޔާސީ ފިކުރަކަށް ނުބަލާނަން: ރައީސް

"ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޯހިޔާވަހިކަން ދޫކުރާނީ ކަނޑައެޅިފައިވާ އުސޫލުން، އެންމެ ނިކަމެތި ހާލުގައި އުޅޭ ފަރާތްތަކަށް އިސްކަންދީގެން އިންސާފުވެރިކަމާއެކު ކަމަށް. ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލެ ސަރަހައްދާއި ރަށްރަށުގައި ބޮޑެތި މަޝްރޫއުތައް ދަނީ ހިނގަމުން.

4 ގަޑިއިރު ކުރިން - 02:51

ވޯޓުލުން ދަށްވެ، އެމްޑީޕީގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

ވޯޓުލުން ދަށްވެ، އެމްޑީޕީގެ އިންތިހާބުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފި

އެ ޕާޓީން ސީދާ ސަބަބެއް ހާމަނުކުރި ނަމަވެސް، ވޯޓުލާން ނުކުތް މީހުން މަދުވުމަކީ ވަގުތު އިތުރުކުރި މައިގަނޑު ސަބަބު ކަމަށް ބައެއް މެންބަރުން ބުނޭ. ޕާޓީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކާއި، ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ވަނީ ބޮޑުވެފަ.

12 ގަޑިއިރު ކުރިން - 19:28

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

އިއްތިހާދު އެއާވޭސްގެ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓުތަކުން ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި

މީގެ ދަށުން "އިއްތިހާދު ގެސްޓް" މެންބަރުންނަށް އެ ފަރާތްތަކުގެ މައިލްސް ބޭނުންކޮށްގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން ރާއްޖޭގެ އެތެރޭގެ 17 އެއާޕޯޓަކަށާއި މޯލްޑިވިއަންގެ ބައިނަލްއަގުވާމީ މަންޒިލްތަކަށް ޓިކެޓް ނެގޭނެ. މީގެ ސަބަބުން ވަކިން ޓިކެޓް ނެގުމުގެ ބަދަލުގައި، މައިލްސް މެދުވެރިކޮށް ފަސޭހަކަމާއެކު ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ.

14 ގަޑިއިރު ކުރިން - 17:34

އަގުހެޔޮކޮށް ސައިކަލު ވިއްކާނަމޭބުނެ ސްކޭމް ޖެއްސި އާތިފްގެ މައްޗަށް 139 ދައުވާ

އަގުހެޔޮކޮށް ސައިކަލު ވިއްކާނަމޭބުނެ ސްކޭމް ޖެއްސި އާތިފްގެ މައްޗަށް 139 ދައުވާ

މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާއަށް މަދުވެގެން 133 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އަންނާނެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލުގެ ގޮތުގައި 6.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދިނުމަށް ވެސް ވަނީ އެދިފަ. މީގެއިތުރުން، އިތުރު 11 މީހެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން.

16 ގަޑިއިރު ކުރިން - 15:26

"ބަނދަރު ހިޔާ" ހުޅުއްވައިދެއްވައި، ނައިބު ރައީސް ދެއްވީ ރިނބުދޫގެ ތަރައްގީގެ ޔަގީންކަން

"ބަނދަރު ހިޔާ" ހުޅުއްވައިދެއްވައި، ނައިބު ރައީސް ދެއްވީ ރިނބުދޫގެ ތަރައްގީގެ ޔަގީންކަން

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރިނބުދޫގެ އެއްބައިވަންތަކަމާއި ސާފުތާހިރުކަން ފާހަގަކުރައްވައި، އިޖުތިމާއީ ގުޅުން ބަދަހިކުރާ ކައުންސިލްތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި. މީގެއިތުރުން، ތަރައްގީއަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ މުހިންމުކަމާއި، ރިނބުދޫ ކައުންސިލް އިދާރާގެ އިމާރާތާއި ސިއްހީ މަރުކަޒުގެ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ނައިބު ފާހަގަކުރެއްވި.

1 ދުވަސް ކުރިން - 04:38

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ދިވެއްސަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ ފައިސާއާއެކު ނޭޕާލުން ދިވެއްސަކު ހައްޔަރުކޮށްފި

ކަތުމަންޑޫގެ ތަމެލް ހޮޓަލަކުން ހައްޔަރުކުރީ ލަންކާ ޖަލުން މިފަހުން ދޫކޮށްލި ޔުގީތު އިބްރާހީމާއި އުމުރުން ވިހި އަހަރުގެ ނޭޕާލް އަންހެނެއް. އެ މީހުންގެ އަތުން ފަސް މިލިއަނަށްވުރެ ގިނަ ނޭޕާލް ރުޕީސްއާއި އޮމާން އަދި ޔޫ.އޭ.އީގެ ފައިސާ ފުލުހުން ވަނީ އަތުލައިގެންފަ.

1 ދުވަސް ކުރިން - 01:11

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު 6 މީހުންގެ ވަނަވަރު އާންމުކޮށްފި

ތޫނު ހަތިޔާރާއެކު މާރާމާރީ ހިންގަން އުޅުނު 6 މީހުންގެ ވަނަވަރު އާންމުކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. ގަމާއި ލ. މާމެންދޫއަށް ނިސްބަތްވާ، އުމުރުން 20 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންތަކެއް. ރޭ ހިންގި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، އެ ސަރަހައްދުން ތިން ބަޔޮނެޓާއި ކަޓަރެއްގެ އިތުރުން މޫނު ނިވާކުރާ ހުޑް މާސްކެއް ފެނިފައިވޭ.

1 ދުވަސް ކުރިން - 00:45

ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރި "އެކުވެހި" ހުޅުވަން ތައްޔާރުވެއްޖެ

ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ތަރައްގީކުރި "އެކުވެހި" ހުޅުވަން ތައްޔާރުވެއްޖެ

ޖުމްލަ 198 ކުދިންގެ ޖާގައިގެ މި އިމާރާތަކީ އަތްފޯރާ އަގުގައި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ތަނެއް. މިއީ ރަށްރަށުން މާލެ ސަރަހައްދަށް ކިޔަވަން އަންނަ ދަރިވަރުންގެ ބޯހިޔާވަހިކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި މުހިންމު ފިޔަވަޅެއް. މި ތަނުގައި ބަދިގެ، ލައުންޖު، ޖިމް، ލޯންޑްރީ ފަދަ ތަންތަން ހުންނާނެ.

1 ދުވަސް ކުރިން - 00:36

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

ރަސްމާލެއާ ދެކޮޅަށް ބޭއްވި އެއްވުމުގައި ބައިވެރިވީ ފަންސާހަކަށް މީހުން

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ މީހުން ނުނިކުތީ މަޝްރޫއުގެ އިގްތިސާދީ ފައިދާ ރައްޔިތުން ގަބޫލުކުރާތީ ކަމަށް. މި އެއްވުން ބޭއްވުމަށްޓަކައި ދުރާލާ ކެމްޕެއިންތަކެއް ބޭއްވި ނަމަވެސް ކުޑަ ތަރުހީބެއް ލިބުމަ ކީއިދިކޮޅު ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް.

1 ދުވަސް ކުރިން - 22:47

އެމްއޭސީއެލްގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ޖަމާކޮށްދީފި

އެމްއޭސީއެލްގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ޖަމާކޮށްދީފި

ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން މިކަން ފާސްކޮށްފައިވާއިރު، މިއަހަރު ބޯނަސް ދޫކޮށްފައި ވަނީ މުވައްޒަފުންގެ އެޕްރައިޒަލް ރޭޓިންގއަށާއި ޚިދުމަތުގެ މުއްދަތަށް ބަލައިގެން. ބޯނަސް ލިބޭ މި ދުވަހަކީ އަބަދުވެސް އެމްއޭސީއެލްގެ ހީވާގި މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑު އުފާވެރިކަމެއް ގެނުވައިދޭ ހާއްސަ ދުވަހެއް.

1 ދުވަސް ކުރިން - 22:22

ވަރަ އެކްސްޕޯގެ ތެރެއިން ފުލުހުންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ވަރަ އެކްސްޕޯގެ ތެރެއިން ފުލުހުންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަ ފުލުހުންގެ ސްޓޯލަށް ޒިޔާރަތްކޮށްގެން، ފުލުހުންގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލައި، އޮފިސަރުންނާ ބައްދަލުކޮށް، ވަޒީފާއަށް ނެގުމުގެ އުސޫލުތަކާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން ވަޒީފާއަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ.

1 ދުވަސް ކުރިން - 20:04

އެމްއޭސީއެލްގެ ހީވާގި މުވައްޒަފުންނަށް މަރުހަބާ! މިއަހަރުވެސް ލިބޭ

އެމްއޭސީއެލްގެ ހީވާގި މުވައްޒަފުންނަށް މަރުހަބާ! މިއަހަރުވެސް ލިބޭ

އެމްޑީޕީ ވެރިކަމުގައި ދެ އަހަރުގެ މެދުކެނޑުމެއް އައި ނަމަވެސް މިދިޔަ ހަތަރު އަހަރު ވެސް ކޮންމެ މުވައްޒަފަކަށް -/25،000 ރުފިޔާގެ މަގުން ބޯނަސް ދޫކޮށްފައިވޭ. ބޯނަސް ލިބޭ ދުވަހަކީ އެމްއޭސީއެލް މުވައްޒަފުންގެ މެދުގައި އަބަދުވެސް ވަރަށް އުފާވެރިކަމެއް ގެނުވައިދޭ ހާއްސަ ދުވަހެއް.

1 ދުވަސް ކުރިން - 20:02

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ދ. ރިނބުދުއަށް ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ދ. ރިނބުދުއަށް ވަޑައިގެންފި

މި ދަތުރުފުޅުގެ ތެރެއިން، ރިނބުދޫގައި އަލަށް އިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފަ. ރިނބުދޫ ކައުންސިލުން ބަނދަރު ސަރަހައްދުގައި ތަރައްގީކުރި 60 މީހުންގެ ޖާގައިގެ މި ފެރީ ޓާމިނަލަކީ، ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ބިނާކޮށްފައިވާ ތަނެއް.

1 ދުވަސް ކުރިން - 19:46

12345Next