26 ނޮވެމްބަރުން 28 ނޮވެމްބަރަށް ކުރިއަށްދާ "ވަރަ އެކްސްޕޯ 2026" ގެ ތެރެއިން، ފުލުހުންގެ ހިދުމަތާ ގުޅެން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ދިވެހި ފުލުހުންގެ ހިދުމަތުން ހުޅުވާލައިފި އެވެ.
މި ފުރުސަތުގެ ދަށުން، ފުލުހުންގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލައި، އޮފިސަރުންނާ ބައްދަލުކޮށް، ވަޒީފާއަށް ނެގުމުގެ އުސޫލުތަކާ ބެހޭ މައުލޫމާތު ހޯދުމަށާއި އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހުންނަ ފުލުހުންގެ ސްޓޯލަށް ޒިޔާރަތްކުރުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގެ ތެރޭގައި، ފުލުހުންގެ ސްޓޯލް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނާނެ އެވެ.






