
މި މެޗުގައި ރޮނާލްޑޯ ދެއްކި މޮޅު ކުޅުމާއެކު ސައުދީ ޕްރޯ ލީގުގައި އަލް ނަޞްރުން ވަނީ މުހިންމު މޮޅެއް ހޯދާފަ. މިއީ ބައިނަލްއަޤްވާމީ ބްރޭކަށްފަހު އަލުން ކްލަބް ފުޓުބޯޅަ ފެށުމާއެކު ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗު.
9 ދުވަސް ކުރިން - 15:44
މެސީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކަށް ކޮމެންޓްކުރަމުން ރޮނާލްޑޯ ވަނީ އާޖެންޓީނާއަށްޓަކައި މެސީ ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި، ގައުމީ ޓީމަށް ކުޅުނުއިރު ދޫކޮށްދިޔަ އަގުހުރި ހިދުމަތްތައް ފާހަގަކޮށްފަ.
11 ދުވަސް ކުރިން - 14:06
2005 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެދިން މެސީ އަކީ އާޖެންޓީނާއަށް އެންމެ ގިނަ މެޗު ކުޅެދީ، އެންމެ ގިނަ ލަނޑުޖެހި އަދި ވޯލްޑް ކަޕާއި ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ލެޖެންޑެއް.
12 ދުވަސް ކުރިން - 13:58
ޖުމުލަ 10 ދަރިވަރުންގެ މި ޓީމުން ތައްޔާރުކޮށްފައިވަނީ ޖަންގަލިތަކުގައި ރޯވާ އަލިފާން ކޮންޓްރޯލްކުރުމަށް އެހީވާނެ އީޖާދީ ރޮބޮޓެއް. "ވިމެން އިން ޓެކް މޯލްޑިވްސް" ގެ އިސްނެގުމުގެ ދަށުން ރާއްޖެ ތަމްސީލުކުރާ މި ޓީމަށް "ފޯލޫޕް ކޯޑިންގ އެކެޑަމީ" އިން ވަނީ ފަންނީ ތަމްރީނު ފޯރުކޮށްދީފަ.
13 ދުވަސް ކުރިން - 11:26
ބެލިންހަމްގެ ކުޅުން މުޅިން އައު ހަރުފަތަކަށް ގޮސްފައިވާ ކަމަށް އިންގްލޭންޑް ޓީމުގެ ކޯޗު ޓޯމަސް ޓުހެލް ފާހަގަކުރައްވާފައިވާއިރު، އޭނާއަކީ މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހައްގުވާ ފަރާތް ކަމަށް ބުކަޔޯ ސާކާ ވެސް ވަނީ ބުނެފަ.
15 ދުވަސް ކުރިން - 12:50
ބެލަންޑިއޯ ރޭހާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ފާހަގަކުރީ ޔަމާލްގެ ހުނަރުވެރިކަމުގެ އިތުރުން ސްޕެއިންގެ އެހެން ކުޅުންތެރިންނަށް ވެސް އިހުތިރާމްކުރަން ޖެހޭ ކަމަށް. ޔޫރޯ ކާމިޔާބީއަށްފަހު، މި ސީޒަނުގައި ލަލީގާ އަދި ޔޫރަޕްގައި ވެސް ޔަމާލް ދަނީ ގައުމީ ޓީމާއި ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން.
15 ދުވަސް ކުރިން - 10:59
100 އަހަރަށްވުރެ ދިގު ތާރީޚެއް އޮތް ސްޕެއިންގެ ކުލަބެއް ކަމަށްވާ އެލްޑެންސް ގެ މެޖޯރިޓީ ޝެއާ މެސީ ގަނެފި. މިއީ މިއަހަރުގެ ތެރޭގައި ސްޕެއިންގެ ކްލަބެއް މެސީ ގަތް ދެވަނަ ފަހަރު. މީގެކުރިން މިދިޔަ އެޕްރީލް މަހު އޭނާ ވަނީ ސްޕެއިންގެ ޔޫއީ ކޯނެޔާ ވެސް ގަނެފަ.
17 ދުވަސް ކުރިން - 10:14
މި މައްސަލަ އުފެދުނީ ނޯވޭ މެޗުގައި ގިނައިރު ވޯމްއަޕް ކުރުވުމަށްފަހު އޭނާ ކުޅެން ނޭރުވުމުން. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، ޓީމު ދޫކޮށްދިޔަ ހަގީގީ ސަބަބު ފަހުން ސަޕޯޓަރުންނަށް ހާމަކުރާނެ ކަމަށް. މިއާއެކު، ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުފެންނާނެ.
18 ދުވަސް ކުރިން - 00:57
2009 އިން 2018 އަށް ހިނގި މި މައްސަލައިގައި ސްޕޮންސާޝިޕް އޮޅުވާލައި، މާލީ ހިސާބުތަކަށް ބަދަލު ގެނެސް، ތަހުގީގަށް ހުރަސްއެޅި ކަމަށް ވަނީ ނިންމާފަ. ސިޓީއަށް އަޅާނެ ފިޔަވަޅެއް އަދި ނުނިންމާއިރު، ޖޫރިމަނާ، ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން އެކަށީގެންވޭ.
19 ދުވަސް ކުރިން - 08:51
ރޮނާލްޑޯ ބުނެފައިވަނީ މިއީ ފުޓުބޯޅައިގެ ރޫހާ ހިލާފު ކަމެއް ކަމަށާއި، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ލީގުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ ކަމަށް. މި ހާދިސާއާ ގުޅިގެން އަލް-ހިލާލް ކުލަބުން ވަނީ ސައުދީ އަރަބިއަން ފުޓުބޯޅަ ފެޑެރޭޝަނަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފަ.
34 ދުވަސް ކުރިން - 23:44
މި މައްސަލައިގައި ބައްސާމްގެ އިތުރުން އެފްއޭއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު މުހައްމަދު އަގީލް ވެސް ވަނީ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދިން ކަމުގެ ކުށުގައި 10 އަހަރަށް ސަސްޕެންޑްކޮށް، 100,000 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ.
37 ދުވަސް ކުރިން - 21:26
މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކްރިސްޓޯސް ޓްޒޮލިސް ދިން ރީތި ޕާހަކުން އޮޑެގާޑް ޖެހި ލަނޑެއް. މެޗު އެއްވަރުކުރަން ނަޕޯލީގެ ކެވިން ޑި ބްރޭނާ ފޮނުވާލި ހަމަލާތައް ކާމިޔާބުވާގޮތެއް ނުވި.
39 ދުވަސް ކުރިން - 08:58
އެންފީލްޑްގައި ކުޅުނު މި މެޗުގެ 17 ވަނަ މިނެޓުގައި ލޮރެންޓޭ އެތުލެޓިކޯއަށް ލީޑު ނަގައިދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ސޮބޮސްލާއި ވަނީ ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދީފަ. މޮޅުވި ލަނޑު މެކް އެލިސްޓާ ޖަހާފައިވަނީ 50 ވަނަ މިނެޓުގައި.
39 ދުވަސް ކުރިން - 08:53