
މި ނިންމުން ނިންމުމުގައި އޭނާގެ ބައްޕަ ހޯރްހޭ މެސީ ނިޔާވުން ބޮޑު ދައުރެއް އަދާކުރި ކަމަށް މެސީ ބުނި. ގައުމީ ޓީމުން ރިޓަޔަރ ކުރި ނަމަވެސް، މެސީ ކްލަބް ފުޓްބޯޅައިން ރިޓަޔައެއް ނުވޭ.
4 ގަޑިއިރު ކުރިން - 12:09
ބެރްނަބެއުގައި ކުޅުނު މެޗުގައި ރެއާލްގެ ލަނޑުތައް ޖަހައިދިނީ ޖޫޑް ބެލިންހަމް، ކީލިއަން އެމްބާޕޭ އަދި އަރްދާ ގުލާ. މީގެ އިތުރުން މަލާގާގެ ކީޕަރު އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަތް. މި ނަތީޖާއާއެކު ރެއާލް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކު އެއްވަނައިގައި.
1 ދުވަސް ކުރިން - 22:27
އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އިޕްސްވިޗުން. ނަމަވެސް، ފެނާންޑޭސްގެ މޮޅު ކުޅުމާއި، އިޕްސްވިޗްގެ ޖޭކޮބް ގްރީވްސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު، ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ފުރިހަމަ މޮޅެއް ހޯދާފަ.
1 ދުވަސް ކުރިން - 22:27
މޮރީނިއޯ މިހެން ބުނީ މަޒާޖީ ރޫހެއްގައި. ވޯލްޑް ކަޕަށްފަހު ފަސްކުރެވުނު މި މެޗުން މޮޅުވެ، ބާސެލޯނާއާ ވާދަކުރުމަށް ރެއާލް އަމާޒުހިފާފައިވަނީ 27 އޮގަސްޓްގައެވެ. މި މެޗު ސެންޓިއާގޯ ބަރނަބާއުގައި ކާމިޔާބުކުރުން ރެއާލަށް މުހިންމު.
6 ދުވަސް ކުރިން - 13:17
އާ ސީޒަންގައި ސިޓީ ކުޅޭ ފުރަތަމަ މެޗަށް މަދު ގަޑިއިރުތަކަކަށް ވެފައިވަނިކޮށް ފެނުނު މި އާ ސްޓައިލަކީ، އޭނާގެ ކެރިއަރުގެ ކުރީކޮޅު މޮލްޑޭގައި ހުރިއިރު ފެނުނު ފަދަ ސްޓައިލެއް. މި ބަދަލާއެކު އޭނާ ފުރަތަމަ ފެންނާނީ ބޯންމަތާ ދެކޮޅަށް ކުޅޭ މެޗު.
9 ދުވަސް ކުރިން - 15:31
މި މެޗު 4-0 އިން އަލް ނަސްރު ކާމިޔާބުކުރިއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ އިބްރަހިމޮވިޗްގެ 24 ސީޒަނުގެ ރެކޯޑު މުގުރާލައިފަ. މިއީ އޭނާގެ ކެރިއަރުގެ 977 ވަނަ ލަނޑު މިހާރު ރޮނާލްޑޯގެ އަމާޒަކީ 1,000 ލަނޑު ހަމަކުރުން. އެއަށް ބޭނުންވަނީ އެންމެ 23 ލަނޑު.
10 ދުވަސް ކުރިން - 09:36
އާޖެންޓީނާގެ ޕަރެޑެސް 10 މެޗަށް އަދި މޮލީނާ 7 މެޗަށް ސަސްޕެންޑްކޮށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރި. މީގެއިތުރުން ސްޕެއިންގެ ގަވީ އާއި އާޖެންޓީނާގެ ބައެއް އޮފިޝަލުންނަށް ވެސް އަދަބު ދިންއިރު، ސަޕޯޓަރުންގެ އަމަލުތަކާއި ސިޔާސީ ބެނާއެއްގެ މައްސަލައިގައި އާޖެންޓީނާގެ އެފްއޭ 321،000 ޑޮލަރުން ވަނީ ޖޫރިމަނާކޮށްފަ.
10 ދުވަސް ކުރިން - 22:08
ގިނަ އަދަދެއްގެ ޒުވާން ފެތުންތެރިން ބައިވެރިވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަތަކަށް އައި ފަރާތްތަކަށް މެޑަލް އަދި ތަށި ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރުގެ އެޑްވައިޒަރ އަހްމަދު ނަރީޝް. ސަރުކާރުން ފާހަގަކުރި ގޮތުގައި މިފަދަ މުބާރާތްތަކަކީ ޤައުމީ ފެންވަރުގެ ހުނަރުވެރި އެތުލީޓުން އުފެއްދުމަށް މުހިންމު ވަސީލަތެއް.
11 ދުވަސް ކުރިން - 14:20
ބްރެޒިލްގެ އިސްލާމީ ލީޑަރެއް ކަމަށްވާ ޝައިހް ޖިހާދު ހައްމާދޭއާ ހަވާލާދީ ތުރުކިއޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ވިދާޅުވީ، ސައޯ ޕައޮލޯގައި މީގެ ހަތަރު ހަފުތާ ކުރިން ކާލޮސް ވަނީ ޝަހާދަތް ކިޔައި އިސްލާމްވެފަ ކަމަށް. ދާދިފަހުން ކާލޯސް ވަނީ މުސްލިމް އަންހެނަކާ ކައިވެނިކޮށްފަ.
13 ދުވަސް ކުރިން - 10:25
މި މުބާރާތް އޮގަސްޓު 15 އިން 20 އަށް ކުރިއަށްދާނެ. ޖުމްލަ 7 ސްކޫލަކުން 135 ފެތުންތެރިން ވާދަކުރާ މި މުބާރާތް ކުރިއަށްދަނީ ސްޕޯޓްސް މިނިސްޓްރީއާއި ރެޑް ކްރެސެންޓުގެ އެހީތެރިކަމާ އެކުގަ. މުބާރާތުގެ ޑްރިންކްސް ޕާޓްނަރަކީ ބޮން އަކުއާ.
15 ދުވަސް ކުރިން - 16:44
މިއީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށުނު ހަނގުރާމައާ ގުޅިގެން ފަލަސްތީނުގެ ފުޓްބޯޅަ ހަރަކާތްތައް މުޅިން ހުއްޓިފައި އޮތުމަށްފަހު ބާއްވާ މިފަދަ މުބާރާތް. ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކުން 44 ޓީމު ވެސް ވާދަކުރޭ.
21 ދުވަސް ކުރިން - 08:53
މެސީގެ ބައްޕަ މަރުވީ ފަރުވާ ދެމުން ދަނިކޮށް. އާޖެންޓީނާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މެސީގެ ބައްޕަގެ ގައިގައި ކެންސަރު ބަލި ހުރިކަން ދެނެގަނެވުނުއިރު ވަނީ ލަސްވެފަ.
23 ދުވަސް ކުރިން - 10:11
އަށް އަހަރުގެ ލޯބީގެ ގުޅުމަށްފަހު ކުރާ މި ކައިވެނީގެ ހަފުލާ އޮންނާނީ ރޮނާލްޑޯގެ އުފަން ރަށުގެ ކެތީޑްރަލްގައި. ރޮނާލްޑޯގެ މިހާރުވެސް ފަސް ދަރިން ތިބޭއިރު، އޭނާ ބުނީ މިއީ ޖޯޖީނާއާ ކައިވެނިކުރަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް.
29 ދުވަސް ކުރިން - 18:01