Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

މެޑްރިޑުން ބްރަހިމް ޑިއާޒްގެ އެއްބަސްވުން 2031 ވަނަ އަހަރުގެ ނިޔަލަށް އާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 27 ނޮވެންބަރު 2026 18:08
ބްރަހިމް ޑިއާޒް ރިއަލް މެޑްރިޑް ޖާޒީގައި---

ޚުލާސާ

އުމުރުން 27 އަހަރުގެ ޑިއާޒް ކުރިން ހަދާފައިވާ އެއްބަސްވުން 2027 ގައި ހަމަވާނެ. 2019 ވަނަ އަހަރު ރެއާލްއާ ގުޅުނު ޑިއާޒް ވަނީ އެ ކްލަބަށް 173 މެޗު ކުޅެދީ، ޗެމްޕިއަންސް ލީގާއި ދެ ލަލީގާ ހިމެނޭހެން ހަތް ތަށި ކާމިޔާބުކޮށްފަ.

މޮރޮކޯގެ ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑަރު ބްރަހިމް ޑިއާޒް، ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން 2031 ވަނަ އަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން އެ ކްލަބުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އުމުރުން 27 އަހަރުގެ ޑިއާޒްގެ ކުރީގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ގައެވެ. ނަމަވެސް، އަލަށް ހެދި އެއްބަސްވުމާއެކު އޭނާ އެ ކްލަބުގައި މަޑުކުރާ މުއްދަތަށް އިތުރު ހަތަރު އަހަރު ވަނީ އިތުރުވެފައެވެ.

އުމުރުން 19 އަހަރުގައި، ޖެނުއަރީ 2019 ގައި މެންޗެސްޓާ ސިޓީން ރެއާލް މެޑްރިޑަށް ބަދަލުވި ދިއާޒް ވަނީ ލޯނު އުސޫލުން އޭސީ މިލާނުގައި ތިން ސީޒަން ހޭދަކުރުމަށްފަހު، 2023 ވަނަ އަހަރު އަލުން އެނބުރި މެޑްރިޑާ ގުޅިފައެވެ.

Advertisement

Advertisement 1

ރެއާލް މެޑްރިޑުގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ 173 މެޗު ކުޅެދީ، ޔުއެފާ ޗެމްޕިއަންސް ލީގާއި، ދެ ލަލީގާ ތަށި އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނޭހެން ޖުމްލަ ހަތް މުބާރާތް ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން، އޭނާ ވަނީ މޮރޮކޯގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަން ފަށާފައެވެ. ގައުމީ ޓީމަށް ކުޅެދިން 36 މެޗުން 15 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ވެސް އޭނާ ވަނީ ހޯދާފައެވެ.

މޮރީނިއޯގެ އިރުޝާދު ދަށުން މެޑްރިޑުގައި މި ސީޒަނުގައި ޑިއާޒަށް ކުޅުމަށް ލިބޭ ފުރުސަތު މަދުކަން ފާހަގަކޮށްލެވެއެވެ.

ރިއަލް މެޑްރިޑްޓްރާންސްފާ ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

79 ދުވަސް ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

89 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

93 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

124 ދުވަސް ކުރިން - 01:10

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

124 ދުވަސް ކުރިން - 20:03

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

124 ދުވަސް ކުރިން - 19:01