Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

އައިޝަތު އީމާން
11 ގަޑިއިރު ކުރިން - 30 އޯގަސްޓް 2026 22:27
ރިއަލް މެޑްރިޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ---
ރިއަލް މެޑްރިޑުގެ ކުޅުންތެރިން އުފާފާޅުކުރަނީ---
ޚުލާސާ

ބެރްނަބެއުގައި ކުޅުނު މެޗުގައި ރެއާލްގެ ލަނޑުތައް ޖަހައިދިނީ ޖޫޑް ބެލިންހަމް، ކީލިއަން އެމްބާޕޭ އަދި އަރްދާ ގުލާ. މީގެ އިތުރުން މަލާގާގެ ކީޕަރު އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަތް. މި ނަތީޖާއާއެކު ރެއާލް އޮތީ ތިން މެޗުން ނުވަ ޕޮއިންޓާއެކު އެއްވަނައިގައި.

ސްޕެނިޝް ލާ ލީގާގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މަލާގާ ބަލިކޮށް، ރެއާލް މެޑްރިޑުން ލީގުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ސެންޓިއާގޯ ބެރްނަބެއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޖޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރެއާލް މެޑްރިޑުން ވަނީ މެޗުގެ ފުރަތަމަ ބައިގަޑިއިރު ތެރޭގައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 19 ވަނަ މިނެޓުގައި އަމިއްލަ ހުނަރު ބޭނުންކޮށް، އުނދަގޫ އޭންގަލަކުން ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ޖޫޑް ބެލިންހަމް ވަނީ ރެއާލަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތް މިނެޓު ފަހުން، މަލާގާގެ ކީޕަރު އަލްފޮންސޯ ހެރޭރޯ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު ރެއާލުން ލީޑު ފުޅާކުރިއެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކީލިއަން އެމްބާޕޭ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ.

ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ކުޅުން ކޮންޓްރޯލް ކުރިއިރު، ކުރިއަށް އޮތް ބުރަ މެޗުތަކަށް މުހިންމު ކުޅުންތެރިންނަށް އަރާމުދިނުމުގެ ގޮތުން ކޯޗު މޮރީނިއޯ ވަނީ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބްރަހިމް ޑިއާޒްގެ ބަދަލުގައި ޔާން ޑިއޮމާންޑޭ، ފެޑެރީކޯ ވަލްވާޑޭގެ ބަދަލުގައި ބެނާޑޯ ސިލްވާ އަދި ސަޕޯޓަރުންގެ ހޫނު ތަރުހީބަކާއެކު ބެލިންހަމްގެ ބަދަލުގައި އަރްދާ ގުލާ ވަނީ ކުޅެން އަރުވާފައެވެ. މި ހާފުގައި މަލާގާއަށް ލިބުނު ޕެނަލްޓީއެއް ވީއޭއާރުގެ އެހީގައި ބަލައި ކެންސަލްކުރިއިރު، އެ ޓީމުން ވެސް ވަނީ މެޗުގެ ތެރެއަށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ.

Advertisement

Advertisement 1

ރެއާލްގެ ފަހު ލަނޑު، އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ވިނީޝިއުސް ޖޫނިއާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތުރުކީގެ ޒުވާން ތަރި އަރްދާ ގުލާ އެވެ. މެޗުގެ އިތުރު ވަގުތުގައި މަލާގާގެ ރަމޯން އެންރީކޭޒްއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މުޅި މެޗުގެ 57 އިންސައްތަ ބޯޅަ ކޮންޓްރޯލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދި ރެއާލް މެޑްރިޑް މިވަގުތު އޮތީ ކުޅުނު 3 މެޗުން 9 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. އެ ޓީމުން ވަނީ މިހާތަނަށް 10 ލަނޑު ޖަހައި، ބައިކޮޅަށް ވަނީ އެންމެ 2 ލަނޑެވެ. މި މެޗުން ބަލިވި މަލާގާ އޮތީ ކުޅުނު 3 މެޗުން ލިބުނު 1 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.

ރިއަލް މެޑްރިޑްމަލާގާސްޕެނިޝް ލަލީގާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

4 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

35 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

35 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

35 ދުވަސް ކުރިން - 14:55

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

104 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

107 ދުވަސް ކުރިން - 16:16