Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

އައިޝަތު ރުވާ ރިފްޢަތު
21 ގަޑިއިރު ކުރިން - 26 އޯގަސްޓް 2026 13:17
ރިއަލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ---
ރިއަލް މެޑްރިޑުގެ ކޯޗު ހޯސޭ މޮރީނިއޯ---
ޚުލާސާ

މޮރީނިއޯ މިހެން ބުނީ މަޒާޖީ ރޫހެއްގައި. ވޯލްޑް ކަޕަށްފަހު ފަސްކުރެވުނު މި މެޗުން މޮޅުވެ، ބާސެލޯނާއާ ވާދަކުރުމަށް ރެއާލް އަމާޒުހިފާފައިވަނީ 27 އޮގަސްޓްގައެވެ. މި މެޗު ސެންޓިއާގޯ ބަރނަބާއުގައި ކާމިޔާބުކުރުން ރެއާލަށް މުހިންމު.

ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކަށް މަޖާޒީ ގޮތެއްގައި އިންޒާރު ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ލަލީގާގެ ފުރަތަމަ މެޗުގައި ރެއާލް ސޮސިއެދާދާ ދެކޮޅަށް ސެންޓިއާގޯ ބަރނަބާއު ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މަޝްހޫރު 'ކޯޕް ރޭޑިއޯ'ގެ ނޫސްވެރިޔަކާ މުހާތަބުކޮށް މޮރީނިއޯ މަޖާޒީ ރޫހެއްގައި ބުނީ، "ކަލެއަށް ވަރަށް ގިނަ މަސްދަރުތަކުން މައުލޫމާތު ލިބޭ، އަދި ވަރަށް ރަނގަޅު ވާހަކަތައް ވެސް ދައްކާ. އެކަމަކު އަހަރެންގެ ގޯސް ވާހަކައެއް ދައްކައިފިއްޔާ ވަރަށް ބަލައިގެން އުޅޭތި، އަހަރެން ކަލޭގެ ފަހަތުން އަޅުވާލާނަން" މިހެންނެވެ. ޕޯޗުގަލްއަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗުގެ މި ޖުމްލައާއެކު މުޅި ޕްރެސް ރޫމުގައި ވަނީ ހުނުމުގެ އަޑު ގުގުމާލާފައެވެ.

މި ސަމާސާ މާހައުލާއެކު ރެއާލް މެޑްރިޑް ތައްޔާރުވަމުން އަންނަނީ ލީގުގައި އެޓީމު ކުޅޭ ދެވަނަ މެޗުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ސޮސިއެދާދު ބަލިކޮށް، ތާވަލުގެ ކުރިއަށް ޖެހިލުމަށެވެ. ލީގުގެ ފުރަތަމަ މެޗުގައި އެސްޕަނިއޯލް އަތުން 2-1 އިން މޮޅުވެފައިވާތީ، މޮރީނިއޯގެ އަމާޒަކީ މި މޮޅާއެކު ޓީމުގެ ފޯމު ދެމެހެއްޓުމެވެ. އަނެއްކޮޅުން، ވާދަވެރި ބާސެލޯނާއިން އެލްޗޭ އަތުން 5-0 އިން މޮޅުވެފައިވާތީ، ލީގު ހޯދުމުގެ ރޭހުގައި މި މެޗުން ތިން ޕޮއިންޓް ހޯދުން ރެއާލް މެޑްރިޑަށް ވަރަށް މުހިންމެވެ.

Advertisement

Advertisement 1

ސޮސިއެދާދާ ދެކޮޅަށް ކުޅޭ މި މެޗު ކުރިން ފަސްކުރަން ޖެހުނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހު މަރުހަލާތަކުގައި ރެއާލް މެޑްރިޑްގެ ގިނަ ކުޅުންތެރިންތަކެއް ބައިވެރިވެފައިވާތީ، އެ ކުޅުންތެރިންނަށް އަރާމުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި ފަސްކުރެވުނު މެޗު މިހާރު ތާވަލުކުރެވިފައިވަނީ 27 އޮގަސްޓް ވާ ބުދަ ދުވަހުގެ ރޭ 00:30 އަށެވެ.

މޮރީނިއޯރިއަލް މެޑްރިޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

31 ދުވަސް ކުރިން - 01:10

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

31 ދުވަސް ކުރިން - 19:01

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

31 ދުވަސް ކުރިން - 14:55

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

100 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

103 ދުވަސް ކުރިން - 16:16

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެންނަނީ

106 ދުވަސް ކުރިން - 08:32