Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

ޔަން ދިއޮމާންޑޭ ހޯދުމުގެ ރޭހުގައި ރެއާލް މެޑްރިޑް ކުރީގައި

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 26 ޖުލައި 2026 19:01
އައިވޮރީ ކޯސްޓުގެ ތަރި ޔަން ދިއޮމާންޑޭ---
އައިވޮރީ ކޯސްޓުގެ ތަރި ޔަން ދިއޮމާންޑޭ---
ޚުލާސާ

85.4 މިލިއަން ޕައުންޑްގެ ބިޑެއް މީގެ ކުރިން ރެއާލުން ލައިޕްޒިގަށް ހުށަހެޅި ނަމަވެސް އެ ކުލަބުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފަ. ނަމަވެސް މިހާރު ދިއޮމާންޑޭގެ ޓްރާންސްފާ އާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ލައިޕްޒިގާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފަ.

އާރްބީ ލައިޕްޒިގަށް ކުޅެމުން އަންނަ އުންމީދީ ވިންގަރ ޔަން ދިއޮމާންޑޭ ހޯދުމަށް ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުން ކުރަމުންދާ މަސައްކަތް ވަރުގަދަކޮށް، އެ ކްލަބުން މިހާރު މި ރޭހުގެ ކުރި ހޯދައިފިއެވެ.

މީގެކުރިން ރެއާލުން ވަނީ އުމުރުން 19 އަހަރުގެ ދިއޮމާންޑޭ ހޯދުމަށް 85.4 މިލިއަން ޕައުންޑް (100 މިލިއަން ޔޫރޯ) ގެ ބިޑެއް ހުށަހަޅާފައެވެ. ނަމަވެސް، ލައިޕްޒިގުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފައެވެ. އެ ކްލަބުން ބޭނުންވަނީ އެއަށްވުރެ ބޮޑު އަދަދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ހަބަރުތައް ބުނާގޮތުން، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ރެއާލް މެޑްރިޑުން ވަނީ ދިއޮމާންޑޭގެ ޓްރާންސްފާ އާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ލައިޕްޒިގާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ.

މި ހޫނު މޫސުމުގެ ކުރީކޮޅު ދިއޮމާންޑޭ ބޭނުންވީ ޕީއެސްޖީއާ ގުޅުމަށެވެ. އަދި އެ ކްލަބާއެކު 2031 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ އެއްބަސްވުމަކަށްވެސް އައިސްފައެވެ. ނަމަވެސް، މިހާރު ރެއާލް މެޑްރިޑުން ވެސް ވަނީ ދިއޮމާންޑޭއާ އެކު އަމިއްލަ ޝަރުތުތަކަށް އެއްބަސްވުމަކަށް އައިސްފައެވެ.

Advertisement

Advertisement 1

މި ޓްރާންސްފާ މާކެޓުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް މެޑްރިޑް ފެންނަނީ ވަރަށް ހަރަކާތްތެރިކޮށެވެ. އެގޮތުން އެ ކްލަބުން ވަނީ ބެނާޑޯ ސިލްވާ، އިބްރާހިމް ކޮނާޓޭ، ޑެންޒެލް ޑަމްފްރީސް އަދި މާކް ކުކުރެއްލާ ފަދަ މުހިންމު ކުޅުންތެރިންތަކެއް މިހާރުވެސް ހޯދާފައެވެ. ރެއާލުން ދިއޮމާންޑޭ ހޯދުމަށް ބޮޑު ހުށަހެޅުމެއް ހުށަހެޅީ އެ ކްލަބުގެ ތަރި ވިނީޝިއަސް ޖޫނިއާގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ދިއޮމާންޑޭ ހޯދުމަށް އިނގިރޭސި ވިލާތުގެ ލިވަޕޫލުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. ނަމަވެސް، އެ ކްލަބުން 85 މިލިއަން ޕައުންޑަށްވުރެ ބޮޑު އަދަދެއް ހޭދަކުރާކަށް ބޭނުމެއް ނުވެއެވެ. ލިވަޕޫލުން މި ހުށަހަޅާ އަދަދަކީ ވެސް ޕްރިމިއާ ލީގުގެ ރެކޯޑެކެވެ. މީގެ ކުރިން 2024 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ލެނީ ޔޯރޯ ހޯދުމަށް ހޭދަކުރި 58.9 މިލިއަން ޕައުންޑްގެ ރެކޯޑް މި ހުށަހެޅުމާއެކު މުގުރާލެވޭނެއެވެ.

މީގެ އިތުރުން އާސެނަލް އަދި މެންޗެސްޓާ ސިޓީން ވެސް ދަނީ މި ކުޅުންތެރިޔާއަށް ފާރަލަމުންނެވެ. ޓްރާންސްފާ ބާޒާރު ބަންދުވާން ބާކީ ހަ ހަފުތާ އޮތްއިރު، މި ރޭސް އަދިވެސް އޮތީ ހުޅުވިފައެވެ. ނަމަވެސް މިވަގުތު އެންމެ ކުރީގައި އޮތީ ރެއާލް މެޑްރިޑެވެ.

ރިއަލް މެޑްރިޑްޓްރާންސްފާ ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑުން އިންޓަރ މިލާން ބަލިކޮށްފި

1 ދުވަސް ކުރިން - 09:36

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

މަލާގާ ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

10 ދުވަސް ކުރިން - 22:27

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

ނޫސްވެރިއަކަށް މޮރީނިއޯގެ އިންޒާރެއް: "އަހަރެންގެ ގޯސް ވާހަކަ ދައްކަންޏާ ފަހަތުން އަޅުވާލާނަން"

15 ދުވަސް ކުރިން - 13:17

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ

100 މިލިއަން ޔޫރޯއަށްވުރެ ބޮޑު އަގަކަށް، ޑިއޮމާންޑޭ ރެއާލަށް ބަދަލުވާން އެއްބަސްވެއްޖެ

45 ދުވަސް ކުރިން - 01:10

ޕީއެސްޖީގެ ކޮންޓްރެކްޓް އާކުރަން ބާކޯލާ ދެކޮޅު ހަދައިފި؛ އޭނާ ހޯދުމުގެ ރޭހުގެ ކުރީގައި އޮތީ ލިވަޕޫލް

ބާކޯލާ ހޯދުމުގެ ރޭހުގެ ކުރީގައި ލިވަޕޫލް

45 ދުވަސް ކުރިން - 20:03

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި: ޗެލްސީ ދޫކޮށްލުމުގެ ފުރުސަތު ހަނިވެއްޖެ

ރެއާލް މެޑްރިޑަށް ދާން އުޅެ އެންޒޯ ފެނާންޑޭޒް އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި

46 ދުވަސް ކުރިން - 14:55