85.4 މިލިއަން ޕައުންޑްގެ ބިޑެއް މީގެ ކުރިން ރެއާލުން ލައިޕްޒިގަށް ހުށަހެޅި ނަމަވެސް އެ ކުލަބުން ވަނީ އެ ހުށަހެޅުން ބޭރުކޮށްލާފަ. ނަމަވެސް މިހާރު ދިއޮމާންޑޭގެ ޓްރާންސްފާ އާއި ގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށް ލައިޕްޒިގާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފަ.
85 ދުވަސް ކުރިން - 19:01
އެންޒޯ ހޯދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަން މެޑްރިޑުން ވަނީ ކަށަވަރުކޮށްދީފަ. އެ ކްލަބުން ބުނި ގޮތުގައި އެންޒޯއަށް އިހްތިރާމް ކުރި ނަމަވެސް، އޭނާ ސޮއިކުރުވުމުގެ އެއްވެސް މަސައްކަތެއް އެ ކްލަބުން ނުކުރާ ކަމަށް. ޗެލްސީގައި އެންޒޯ 8 އަހަރާއި ބައިގެ ދިގު ކޮންޓްރެކްޓެއް އެބައޮތް.
85 ދުވަސް ކުރިން - 14:55
ފިލިޕީންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ސައުތު އީސްޓް އޭޝިއަން ޕްލަސް ޔޫތު ގޭމްސް ގައި ބައިވެރިވުމުގެ ޚާއްސަ ދައުވަތެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް މިހާރު ވަނީ ލިބިފަ. މި މުބާރާތަކީ 16 އަހަރުން ދަށުގެ އުމުރުފުރާއަށް އަމާޒުކޮށްގެން 2027 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާއްވާ މުބާރާތެއް.
87 ދުވަސް ކުރިން - 15:39
އޭނާއާ އެންމެ ގާތުން ވާދަކުރި އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީއަށް ޖެހިފައިވަނީ 8 ލަނޑެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު މިހާރު ވަނީ އޭނާއަށް ލިބިފައެވެ. ތިން ވޯލްޑް ކަޕެއްގައި ކުޅެ އެމްބާޕޭ ވަނީ ޖުމްލަ 22 ލަނޑު ޖަހާފަ.
91 ދުވަސް ކުރިން - 04:01

މި މެޗު ސްޕެއިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިން. ހަމައެކަނި ގޯލު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކާމިޔާބުކުރީ ފެރަން ޓޮރޭސް.
91 ދުވަސް ކުރިން - 03:01
2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް މައިލީ ވަނީ އިސްރާއީލަކީ ސްޓްރެޓީޖިކް ބައިވެރިއެއްގެ ގޮތުގައި ކަނޑައަޅައި، ދެ ގައުމުގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފަ. މީގެ ތެރޭގައި އޭއައި ދާއިރާއިން އެއްބާރުލުން ދިނުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލުގެ މައިލީ ފާޅުގައި ތާއީދުކުރުން ހިމެނޭ.
92 ދުވަސް ކުރިން - 13:12
މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖެހި ގޯލުތައް. މިއީ ޓީމުތަކުން މިހާރު "ލޯ ބްލޮކް" އެއްގައި ޑިފެންސް ކުރަމުންދާތީ، އިދިކޮޅު ޓީމުތަކަށް އޭރިއާ ތެރެއަށް ވަންނަން އުނދަގޫވެން ދިމާވާ ކަމެއްކަމަށް ފީފާއިން ބުނޭ. އޭރިއާ ބޭރުން ޖަހާ ހަމަލާތަކަށް އެންމެ ބޮޑަށް ބަރޯސާވެފައިވާ އެއް ޓީމަކީ އާޖެންޓީނާ.
92 ދުވަސް ކުރިން - 12:58
ތުރުކީގެ ސުޕަ ލީގަށް ސަލާހު ބަދަލުވާން އުޅޭ ކަމުގެ އަޑުތައް ގަދަވީ ފްރާންސްގެ މަޝްހޫރު ނޫހަކުން ރިޕޯޓު ކުރުމުން. އެ ނޫހުން ބުނީ ސަލާހަށް 10 މިލިއަން ޔޫރޯ އާއި ބޯނަހުގެ ގޮތުގައި 2 މިލިއަން ޔޫރޯ ތުރުކީން ހުށަހަޅާފައިވާ ކަމަށް.
93 ދުވަސް ކުރިން - 12:20
މުބާރާތުގެ ޗެމްޕިއަނުންނަށް ދޭ ރަން މެޑަލްގެ އިތުރުން މި އަނގޮޓިތައް ވެގެންދާނީ ކާމިޔާބީގެ އާ ރަމްޒަކަށް. 30 އަނގޮޓި މުބާރާތުގެ ޗެމްޕިއަން ޓީމަށް ޚާއްޞަކުރެވިފައިވާއިރު، ބާކީ ހުރި 1،996 އަނގޮޓި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ގަތުމުގެ ފުރުސަތު ހުޅުވާލެވޭނެ.
94 ދުވަސް ކުރިން - 19:22
މި ދަނޑު ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު. މި ފުޓްސަލް ދަނޑުގެ ބިންގާ އަޅުއްވާފައިވަނީ މިދިޔަ އަހަރު އެ ރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން. މިފަދަ ތަރައްގީ ގެނައުމުން ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދޭހަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ.
94 ދުވަސް ކުރިން - 00:29
ފީފާގެ ގަވާއިދުތަކާ ޚިލާފަށް ދަނޑުމަތީގައި ސިޔާސީ މެސެޖުތައް ބޭނުންކުރުމާއި، ސަޕޯޓަރުންގެ އަޚުލާގީ މައްސަލަތަކާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ ބިރު ވެސް އެބައޮތް.
94 ދުވަސް ކުރިން - 19:57
މި މެޗު ތާރީޚުގެ ތެރެއަށް ވަދެގެންދިޔައީ، އިލެކްޓްރޯނިކް ތަފާސްހިސާބުތައް ބަލަހައްޓަން ފެށި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުން، މެޗެއްގެ ފުރަތަމަ ހާފުގައި އެންމެ ގިނަ ފައުލް ފެނުނު މެޗުގެ ގޮތުގަ.
95 ދުވަސް ކުރިން - 02:25