Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން މެސީ ރަސްމީކޮށް އިއުލާންކޮށްފި

ފާތިމަތު އަނަން މުހައްމަދު
2 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2026 12:09
ލިއޮނަލް މެސީ
ލިއޮނަލް މެސީ
ޚުލާސާ

މި ނިންމުން ނިންމުމުގައި އޭނާގެ ބައްޕަ ހޯރްހޭ މެސީ ނިޔާވުން ބޮޑު ދައުރެއް އަދާކުރި ކަމަށް މެސީ ބުނި. ގައުމީ ޓީމުން ރިޓަޔަރ ކުރި ނަމަވެސް، މެސީ ކްލަބް ފުޓްބޯޅައިން ރިޓަޔައެއް ނުވޭ.

އާޖެންޓީނާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ، 20 އަހަރަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާންކޮށްފިއެވެ.

އުމުރުން 39 އަހަރުގެ މެސީ މި ނިންމުން އިއުލާންކުރީ ސޯޝަލް މީޑިއާގައި ހިއްސާކުރި އަސަރުގަދަ މެސެޖެއްގައެވެ. އޭނާގެ އަލްވަދާއީ މެސެޖުގައި ބުނެފައިވަނީ ގައުމީ ޓީމަށް ކޮށްދެވޭނެ އެންމެ ބޮޑު މަސައްކަތެއް ކޮށްދެވިއްޖެ ކަމަށާއި, ދެން އިތުރަށް ދެވޭނެ އެއްޗެއް ނެތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އާޖެންޓީނާގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭންޖެހޭ ވަގުތު ޖެހިއްޖެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މެސީ އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ފަހުން ކުޅެދީފައިވަނީ ނިމިދިޔަ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗުގައެވެ. އިތުރު ވަގުތުގައި 1-0 އިން ސްޕެއިން އަތުން އާޖެންޓީނާ ބަލިވި މި މެޗަކީ މެސީގެ 6 ވަނަ ވޯލްޑް ކަޕެވެ.

Advertisement

Advertisement 1

2005 ވަނަ އަހަރު ގައުމީ ސީނިއާ ޓީމަށް ކުޅެން ފެށި މެސީ ވަނީ އާޖެންޓީނާގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅެ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 207 މެޗު ކުޅެދީ 125 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގައި 2021 އަދި 2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާ، 2022 ވަނަ އަހަރުގެ ފައިނަލިސިމާ އަދި އެންމެ ހާއްސަކޮށް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރިއެވެ.

މެސީގެ ގައުމީ ކެރިއަރަކީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު ދަތުރެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގެ އިތުރުން 2015 އާއި 2016 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުން ބަލިވުމާ ގުޅިގެން މެސީ 2016 ގައި ގައުމީ ޓީމަށް ކުޅުން ހުއްޓާލިއެވެ. ނަމަވެސް، ސަޕޯޓަރުންގެ އެދުމުގެ މަތިން އެ ނިންމުން ބަދަލުކޮށް އެނބުރި އައިސް، އޭނާ ވަނީ އާޖެންޓީނާއަށް ބޮޑެތި ކާމިޔާބީތައް ހޯދައިދީފައެވެ.

މެސީ ހާމަކުރި ގޮތުގައި މި އަލްވަދާއީ މެސެޖު އޭނާ ލިޔުނީ 2026 ގެ ވޯލްޑް ކަޕް ފައިނަލަށްފަހުގައެވެ. ނަމަވެސް، މި ނިންމުން ނިންމުމުގައި އޭނާގެ ބައްޕަ ހޯރްހޭ މެސީ ނިޔާވުން ބޮޑު ދައުރެއް އަދާކުރި ކަމަށް މެސީ ބުންޏެވެ.

ގައުމީ ޓީމުން ރިޓަޔަރ ކުރި ނަމަވެސް، މެސީ ކްލަބް ފުޓްބޯޅައިން ރިޓަޔައެއް ނުވެއެވެ. އޭނާ ކުރިއަށް އޮތް ތަނުގައިވެސް އެމެރިކާގެ މޭޖަރ ލީގު ސޮކާގެ އިންޓަ މިއާމީއަށް ކުޅުން ކުރިއަށްގެންދާނެއެވެ.

ލިއޮނެލް މެސީފުޓްބޯޅަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

ފަލަސްތީނުގެ 226 ކްލަބާއެކު "ހާސް ޝަހީދުންގެ ކަޕް" ފަށަނީ

21 ދުވަސް ކުރިން - 08:53

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

މެސީގެ ބައްޕަ މަރުވީ ޗިސްމޭގެ ކެންސަރު ބަލީގައި: އާޖެންޓީނާ މީޑިއާ

23 ދުވަސް ކުރިން - 10:11

ޝީލްޑް ރެކޯޑް މާޒިޔާއަށް: ޕެނަލްޓީގައި ނިއުރޭޑިއަންޓް ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

ޝީލްޑް ރެކޯޑް މާޒިޔާއަށް: ނިއު ބަލިކޮށް ހަތްވަނަ ފަހަރަށް ތަށި އުފުލާލައިފި!

31 ދުވަސް ކުރިން - 04:07

ސީޒަން ހުޅުވާ މެޗުގައި މާޒިޔާ އާއި ނިއު ، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

މާޒިޔާ އާއި ނިއު، އެންމެން ސިއްސުވާލި ތަފްސީލަކީ މިއީ!

32 ދުވަސް ކުރިން - 17:19

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

ލެޖެންޑުންގެ އިސްތިއުފާއާއެކު އިޓަލީ ގައުމީ ޓީމުގެ މެނޭޖްމަންޓަށް ބޮޑު ހުސްކަމެއް

35 ދުވަސް ކުރިން - 10:11

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

ބަންގްލަދޭޝްގެ ހިތްތައް އާޖެންޓީނާގެ ނުލާއި ހުދު ކުލައިން ފަތަހަކުރި ސަބަބު

61 ދުވަސް ކުރިން - 13:33