Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ އައު ރެކޯޑެއް މުގުރާލައިފި

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ އައު ރެކޯޑެއް މުގުރާލައިފި

އައިޝަތު ރުވާ ރިފްޢަތު
17 ގަޑިއިރު ކުރިން - 22 އޯގަސްޓް 2026 09:36
ރޮނާލްޑޯއާއި އޭނާގެ ޓީމު ގޯލަށްފަހު އުފާފާޅުކުރަނީ---
ރޮނާލްޑޯއާއި އޭނާގެ ޓީމު ގޯލަށްފަހު އުފާފާޅުކުރަނީ---
ޚުލާސާ

މި މެޗު 4-0 އިން އަލް ނަސްރު ކާމިޔާބުކުރިއިރު، އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ އިބްރަހިމޮވިޗްގެ 24 ސީޒަނުގެ ރެކޯޑު މުގުރާލައިފަ. މިއީ އޭނާގެ ކެރިއަރުގެ 977 ވަނަ ލަނޑު މިހާރު ރޮނާލްޑޯގެ އަމާޒަކީ 1,000 ލަނޑު ހަމަކުރުން. އެއަށް ބޭނުންވަނީ އެންމެ 23 ލަނޑު.

ސައޫދީ ޕްރޯ ލީގުގައި އަލް ރިޔާޟްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައި، ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު އަލް ނަޞްރުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ 62 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 41 އަހަރުގެ ރޮނާލްޑޯ، ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނެޓުގައެވެ. މިއީ އައިމަން ޔަޙްޔާ ނަގައިދިން ހުރަހަކުން އޭނާ ވައަތު ފައިން ޖެހި ލަނޑެކެވެ. މިއާއެކު ރޮނާލްޑޯގެ ކެރިއަރުގައި ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ 977 އަށް އަރައިފައެވެ.

މި ރެކޯޑާއެކު ރޮނާލްޑޯ ވަނީ މީގެ ކުރިން ސްވިޑެންގެ ޒްލަޓާން އިބްރަހިމޮވިޗް ހަދާފައިވާ 24 ސީޒަނުގެ ރެކޯޑު މުގުރާލައިފައެވެ. ރޮނާލްޑޯގެ މި ދިގު ދަތުރު ފެށުނީ 2002-2003 ވަނަ އަހަރުގެ ސީޒަނުގައި ސްޕޯޓިންގ ސީޕީ އިންނެވެ. އޭގެ ފަހުން މެންޗެސްޓަރ ޔުނައިޓެޑް، ރެއާލް މެޑްރިޑް، ޔުވެންޓަސް އަދި މިހާރު ސައޫދީގެ އަލް ނަޞްރުގައި ވޭތުކުރި ކޮންމެ ސީޒަނެއްގައިވެސް އޭނާ ވަނީ ލަނޑު ޖަހައިފައެވެ. މިއީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި އެއްވެސް މެދުކެނޑުމެއް ނެތި އޭނާ ދައްކަމުން އަންނަ މޮޅު ކުޅުމުގެ ހެއްކެކެވެ.

Advertisement

Advertisement 1

މި މެޗުގައި އަލް ނަޞްރުގެ އަނެއް ތިން ލަނޑު ޖަހައިދިނީ ޢަބްދުލްއިލާހް އަލް-އަމްރީ، އަންޖެލޯ ގެބްރިއަލް އަދި ޔާއޯ ފެލިކްސް އެވެ.

މި ލަނޑާއެކު ރޮނާލްޑޯ މިހާރު އަމާޒު ހިފާފައިވަނީ ކެރިއަރުގައި 1,000 ލަނޑު ހަމަކުރުމަށެވެ. އެ ތާރީޚީ ލަނޑުދަނޑިއާ ހަމައަށް ވާސިލްވުމަށް އޭނާއަށް މިހާރު ބޭނުންވަނީ އެންމެ 23 ލަނޑެވެ. އުމުރުން ދުވަސްވީ ނަމަވެސް، ފިޓްނަސް މަތީ ދަރަޖައެއްގައި ދަމަހައްޓައިގެން ރޮނާލްޑޯ ދައްކަމުންދާ ކުޅުމަކީ ފުޓްބޯޅަ ދުނިޔެ އަދިވެސް ހައިރާންކުރުވަމުން އަންނަ ކަމެކެވެ.

އަލް ނަސްރުކްރިސްޓިއާނޯ ރޮނާލްޑޯސައުދީ ޕްރޯ ލީގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

20 ދުވަސް ކުރިން - 18:01

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

50 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

50 ދުވަސް ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

51 ދުވަސް ކުރިން - 23:26

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

60 ދުވަސް ކުރިން - 00:02

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއާގެ ރެކޯޑު ރޮނާލްޑޯ ގާއިމްކޮށްފި

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލުޖެހި ހަމައެކަނި ކުޅުންތެރިއަކަށް ރޮނާލްޑޯ!

60 ދުވަސް ކުރިން - 23:05