Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ބްރޫނޯ ފެނާންޑޭސްގެ ހެޓްރިކާއެކު ޔުނައިޓެޑް އާ ފަތިހަކަށް އަލިވެލައިފި

އައިޝަތު އީމާން
47 ދުވަސް ކުރިން - 30 އޯގަސްޓް 2026 22:27
ބްރޫނޯ ފެނާންޑެސް - އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައި---
ބްރޫނޯ ފެނާންޑެސް - އޭނާ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައި---
ޚުލާސާ

އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ އިޕްސްވިޗުން. ނަމަވެސް، ފެނާންޑޭސްގެ މޮޅު ކުޅުމާއި، އިޕްސްވިޗްގެ ޖޭކޮބް ގްރީވްސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު، ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ފުރިހަމަ މޮޅެއް ހޯދާފަ.

އިނގިރޭސި ޕްރީމިއާ ލީގުގައި ކެޕްޓަން ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ހިތްގައިމު ހެޓްރިކާއެކު، މެންޗެސްޓާ ޔުނައިޓެޑުން 5-2 ގެ ނަތީޖާއަކުން އިޕްސްވިޗް ޓައުން ބަލިކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

އާދީއްތަ ދުވަހު އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗަކީ މި ސީޒަނުގައި ޔުނައިޓެޑްގެ ދަނޑުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ލީގުގެ ފުރަތަމަ މެޗުން ހަލް ސިޓީ އަތުން 2-0 އިން ބަލިވެފައިވާ މައިކަލް ކެރިކްގެ ޓީމަށް މި މޮޅަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކާމިޔާބީއެކެވެ.

މެޗު ފަށައިގެން 29 ވަނަ މިނެޓުގައި އޯލްޑް ޓްރެފޯޑްގެ ސަޕޯޓަރުން ހައިރާންކޮށްލުމަށްފަހު ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އަލަށް ޕްރޮމޯޓްވި އިޕްސްވިޗް ޓައުނުންނެވެ. އަބްދުލް ފަޓާވޫ އަރިމަތިން ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލީފް ޑޭވިސްއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، މަތެއުސް ކުންހާ ދިން ޕާހަކުން ބްރޫނޯ ފެނާންޑޭސް ވަނީ ވައަތު ފައިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި މުޅި މެޗުގެ ކޮންޓްރޯލް ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ލިބުނީ އިޕްސްވިޗްގެ ޖޭކޮބް ގްރީވްސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އޭގެ ހަތަރު މިނެޓު ފަހުން، ޕެނަލްޓީ އޭރިއާ ތެރެއިން ކުންހާއަށް ގްރީވްސް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ފެނާންޑޭސް ވަނީ ޔުނައިޓެޑްގެ ލީޑު 3-1 އަށް ފުޅާކޮށްދީފައެވެ.

ފެނާންޑޭސް އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ކޯބީ މައިނޫ އަދި ބްރަޔަން އެމްބުއޭމޯ ފޮނުވާލި ހަމަލާތައް އިޕްސްވިޗްގެ ޑިފެންޑަރުން ބްލޮކްކުރުމުން، ލިބުނު ބޯޅަ ގާތުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ވަނީ ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

މެޗުގެ ފަސް ވަނަ ގޯލަކީ ބްރޫނޯގެ އެސިސްޓަކުން ކީޕަރުގެ ބޯމަތިން ހިއްލާލުމަށްފަހު އެމްބޫމާ ކާމިޔާބުކުރި ލަނޑެކެވެ. އަދި އިޕްސްވިޗްގެ ދެވަނަ ގޯލު 1+90 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޗޫބާ އަޕްކޮމްއެވެ.

މެޗުގެ ފަހުބައިގައި ދެ ޓީމުންވެސް ބަދަލުތަކެއް ގެނައިއިރު، ޔުނައިޓެޑުން ވަނީ ލޫކް ޝޯގެ ބަދަލުގައި ނުސައިރު މަޒްރައުއީ އަދި ޑިއޯގޯ ޑަލޯގެ ބަދަލުގައި ލެނީ ޔޯރޯ ކުޅެން އަރުވާފައެވެ.

މި ނަތީޖާއާއެކު ދެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ދެ ޓީމުވެސް އޮތީ އެއް ހާލަތެއްގައެވެ. ޔުނައިޓެޑަށް ދެން އޮތީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗެވެ. އިޕްސްވިޗް ދެން ނުކުންނަން ޖެހޭނީ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށެވެ. މުޅި މެޗުގައި މޮޅު ކުޅުމެއް ދެއްކި ފެނާންޑޭސްގެ މި ހެޓްރިކަކީ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ބްރޫނޯ ފެނާންޑޭސްއިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްއިޕްސްވިޗް ޓައުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

މާލީ ގަވާއިދުތަކާ ހިލާފުވުމުގެ މައްސަލައިގައި ސިޓީ ޕްރިމިއާ ލީގުން ވަކިކުރުމުގެ ބިރު!

16 ދުވަސް ކުރިން - 08:51

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

މެންޗެސްޓަރ ޔުނައިޓެޑުން 35 މިލިއަން ފައުންޑަށް ޔޫރީ ޓީލެމަންސްގެ ސޮއި ހޯދައިފި

95 ދުވަސް ކުރިން - 18:15

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

137 ދުވަސް ކުރިން - 03:22

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

ލިވަޕޫލްގެ ކޯޗުކަމުން އާން ސުލޮޓް ވަކިކޮށްފި

139 ދުވަސް ކުރިން - 19:29

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

ޕްރިމިއަރ-ލީގުގައި ކާމިޔާބީއާއި ހިއްދައްޗާ ކުރިމަތިލި ޓީމުތަކަކީ ކޮބާ؟

144 ދުވަސް ކުރިން - 13:01

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

ގާޑިއޯލާއާއި ސިޓީގެ މުހިންމު ތަރިންނަށް އަސަރުގަދަ ވަދާއެއް!

144 ދުވަސް ކުރިން - 12:14