Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފުވައްމުލަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ ތަނެއް ބަންދުކޮށް، ދެ މީހަކު ހައްޔަރުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
50 މިނެޓު ކުރިން - 22 ނޮވެންބަރު 2026 22:13
ފުވައްމުލަކުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރަމުންދިޔަ ތަނެއް ބަންދުކޮށް، ހައްޔަރުކުރި ދެ މީހުން / ފޮޓޯ: ޚުލާސާ

ޚުލާސާ

ހައްޔަރުކުރި އަހްމަދު ރަޝީދު ދިރިއުޅޭ މާދޫގޭގެ ބައިގައި މަސްތުވާތަކެތި ކެފޭ އުސޫލުން ފޯރުކޮށްދީ، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަން ވަނީ ފާހަގަކުރެވިފައިކަމަކާއި، އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ އެ ބައި ވަނީ ތިން މަސްދުވަހަށް ބަންދުކޮށްފައި.

ފުވައްމުލައް ސިޓީގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެތި ކެފޭ އުސޫލުން ބޭނުންކުރުމުގެ ހިދުމަތް ދެމުންދިޔަ ތަނެއް ކޯޓު އަމުރެއްގެ ދަށުން 90 ދުވަހުގެ މުއްދަތަށް ބަންދުކޮށްފި އެވެ.

ފުވައްމުލައް ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ މަހުގެ 19 ވީ ބުރާސްފަތި ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އެ ރަށު ދޫޑިގަމު މާދޫގޭ، އަޙްމަދު ރަޝީދު (32އ) އަދި އެ އަވަށު ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 17 ގްރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަހްމަދު ރަޝީދު 12 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

Advertisement

Advertisement 1

ފުލުހުން ބުނިގޮތުގައި، ހައްޔަރުކުރި އަހްމަދު ރަޝީދު ދިރިއުޅޭ މާދޫގޭގެ ބައިގައި މަސްތުވާތަކެތި ކެފޭ އުސޫލުން ފޯރުކޮށްދީ، އެ ތަނުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެހެންކަމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ އެ ބައި ވަނީ ތިން މަސްދުވަހަށް ބަންދުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަސްތުވާތަކެތިފުވައްމުލައް ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ޝާހިދު ހައްޔަރުކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދު ހައިކޯޓުގައި

9 ގަޑިއިރު ކުރިން - 13:51

ހެނދުނު އެކްސިޑެންޓުވީ 17 އަހަރުގެ އަންހެން ކުއްޖެއް؛ ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

1 ދުވަސް ކުރިން - 14:38

ފުލުހުންނާ ގުޅިގެން މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށަކަށް ފޮއްދޫ ހެދުމަށް މިނިސްޓަރ އެދިވަޑައިގެންފި

5 ދުވަސް ކުރިން - 14:03

ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ތިން މީހުން ހައްޔަރުކޮށްފި

5 ދުވަސް ކުރިން - 11:24

ފުލުހުންގެ ތަމްރީނުތަކުގައި އިހުތިރާމްކުރުމުގެ މޮޑިއުލެއް ހިމެނުމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވައިފި

7 ދުވަސް ކުރިން - 20:07

"މިރޭގެ އެއްވުމުގެ މައުލޫމާތު ހިއްސާއެއް ނުކުރޭ؛ ގާނޫނާ ހިލާފުވާނަމަ ފިޔަވަޅު އަޅާނަން"

9 ދުވަސް ކުރިން - 13:47