ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފު، ރަސްމީ ދަތުރުފުޅެއްގައި ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދުއަށް މިއަދު ވަޑައިގެންފިއެވެ.
އެމަނިކުފާނު ރިނބުދުއަށް ވަޑައިގަތުމުން، އެ ރަށު ކައުންސިލުގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން، ރިނބުދޫގައި އަލަށް އިމާރާތްކޮށްފައިވާ "ބަނދަރުހިޔާ" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
60 މީހުންގެ ޖާގައިގެ މި ފެރީ ޓާމިނަލަކީ، ރަށަށް ލަފާފުރާ ފަރާތްތަކަށް އަވިންނާއި ވާރެއިން ހިޔާވެ ތިބެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި ރިނބުދޫ ކައުންސިލުގެ އިސްނެންގެވުމާއެކު އެ ރަށު ބަނދަރު ސަރަހައްދުގައި ތަރައްގީކޮށްފައިވާ ތަނެކެވެ.




