Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސް

ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސް

ފާތިމަތު އަނަން މުހައްމަދު
16 ގަޑިއިރު ކުރިން - 26 ސެޕްޓެންބަރު 2026 14:25
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދެއްކެވުން | ފޮޓޯ: ރައީސް އޮފީސް
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދެއްކެވުން | ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުދި ގައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސިފަ ބަދަލުވެ، ސަޕްލައި ޗެއިންތަކާއި، މާލީ ބާޒާރުތަކާއި، ޑިޖިޓަލް ނެޓްވޯކްތަކާއި ޓެކްނޮލޮޖީގެ ޒަރީއާއިން ނުފޫޒު ފެތުރެމުންދާކަން ފާހަގަކުރެއްވި. އަދި ސަލާމަތީ މަޖިލިސް ފުޅާކޮށް ސިޑްސް ގައުމުތަކަށް ދާއިމީ ގޮތެއްގައި ގޮނޑިއެއް ލިބޭނެގޮތް ހެދުމަށާއި، ވީޓޯކުރުމުގެ ބާރު އުވާލުމަށް ގޮވާލެއްވި.

ގައުމެއްގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ކޮންމެ ދައުލަތަކަށްވެސް އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރާއި ގާބިލުކަން ލިބެންޖެހޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަދު ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ބަދަލުވެފައިވާކަމަށެވެ. އެގޮތުން ސަޕްލައި ޗެއިންތަކާއި، މާލީ ބާޒާރުތަކާއި، ޑިޖިޓަލް ނެޓްވޯކްތަކުގެ އިތުރުން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ޒަރީއާއިންވެސް ބޭރުގެ ނުފޫޒުތައް ފެތުރެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ސަބަބުން ކުދި ގައުމުތަކުގެ މިނިވަން އިހްތިޔާރުތަކަށް ހުރަސްއެޅިގެން ނުވާނެކަމަށްވެސް އެމަނިކުފާނު ވަކާލާތުކުރެއްވިއެވެ.

މީގެއިތުރުން، މެދުއިރުމަތީގެ މަސްރަހާއި ފަލަސްތީނުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން، އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް ކުށްވެރިކުރެއްވިއެވެ. އަދި 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށުގެ ގޮތުގައި އޮތް މިނިވަން ފަލަސްތީނުގެ ދައުލަތެއް ބަލައިގަނެ، އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ދިވެހިރާއްޖެއިން ކުރަމުންދާ ވަކާލާތު އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. ހަމައެހެންމެ، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރުކުރުމަށް އަންނަ ހުރަސްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށާއި ކާބޯތަކެތީގެ ސަޕްލައިއަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ހާލަތު ފިނިކުރުމަށް ބައެއް ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރެއްވިއެވެ.

Advertisement

Advertisement 1

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކުދި ޖަޒީރާ ގައުމުތަކަށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ގައުމުގެ އިސްތިގްލާލާ ސީދާ ގުޅިފައިވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި 2040 ވަނަ އަހަރަށް ދިވެހިރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން، ބައިނަލްއަގްވާމީ މާލީ ނިޒާމު އިސްލާހުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކުދި ގައުމުތަކަށް އައު ފުރުސަތުތަކެއް ފަހިވެގެންދާންޖެހޭނެކަން ފާހަގަކުރެއްވިއެވެ.

ތަގްރީރު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އދ. ގެ މުއައްސަސާތައް އިސްލާހުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ސަލާމަތީ މަޖިލިސް ފުޅާކޮށް ސިޑްސް ގައުމުތަކަށް ދާއިމީ ގޮތެއްގައި ގޮނޑިއެއް ލިބޭނެގޮތް ހެދުމަށާއި، ވީޓޯކުރުމުގެ ބާރު އުވާލުމަށް ވަކާލާތުކުރެއްވިއެވެ. އަދި އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިއަށް އޮތް ތަނުގައި އަންހެން ބޭފުޅަކު އައްޔަންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ބައިނަލްއަގްވާމީ ނިންމުންތަކަކީ ގައުމުތަކުގެ މިނިވަންކަމާއި ގާބިލުކަން އިތުރުކޮށްދޭ ފަދަ ނިންމުންތަކަކަށް ހެދުމަށް ގޮވާލެއްވިއެވެ،

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްއދ. ގެ އާންމު މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

16 ގަޑިއިރު ކުރިން - 14:25

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން އދ. ގެ އާންމު މަޖިލީހުގެ ހޯލުން ނުކުމެއްޖެ

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

1 ދުވަސް ކުރިން - 13:37

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

2 ދުވަސް ކުރިން - 23:48

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

2 ދުވަސް ކުރިން - 11:19

އދ. އިން ނިންމުންތައް ނިންމުމުގައި ކުދި ގައުމުތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ - ނައިބު ރައީސް

“އދ. އިން ނިންމުންތައް ނިންމުމުގައި ރާއްޖެއަށް ވެސް ފުރުސަތު އޮންނަން ޖެހޭ”

2 ދުވަސް ކުރިން - 10:53

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން”

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން“

2 ދުވަސް ކުރިން - 10:34