Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
8 ގަޑިއިރު ކުރިން - 27 ސެޕްޓެންބަރު 2026 19:24
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ކުދި ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މުހިންމުކަން ނައިބު ރައީސް ވަނީ މި ސަމިޓުގައި ފާހަގަކުރައްވާފައި.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފި އެވެ.

މި ސަމިޓުގެ ތެރެއިން ބޭއްވުނު އާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ގައުމީ ބަޔާން އިއްވަވަމުން، ނައިބު ރައީސް ވަނީ ކޮންމެ ޤައުމަކަށްވެސް އެ ގައުމެއްގެ އަމިއްލަ މުސްތަގުބަލު ބައްޓަންކުރުމުގެ އަސާސީ ހައްގު ލިބިގެންވާކަން ފާހަގަކުރައްވާފަ އެވެ. އަދި ކުދި ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މުހިންމުކަން އެމަނިކުފާނު ބަޔާންކުރެއްވި އެވެ. މީގެއިތުރުން، 1967 ގެ ކުރީގެ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެމަނިކުފާނު ވަކާލާތު ކުރެއްވި އެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށާއި، އދ. ގެ ނިޒާމަށް ފުރިހަމަ އިސްލާހީ ބަދަލުތަކެއް ގެނައުމަށްވެސް ގޮވާލެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ، ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމުގައެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީ އަވަހަށް ލިބުމުގެ މުހިންމުކަން ފާހަގަކުރައްވައި، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ގާނޫނީ ގޮތުން ބަލައިގެންފައިވާ ސަރަހައްދީ އިންތައް އުނިވާންޖެހޭނެ ނުވަތަ ދައުލަތެއް ނެތިގެންދާންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.

Advertisement

Advertisement 1

މި ދަތުރުފުޅުގެ ތެރެއިން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރެއްވުމުގެ ގޮތުން، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިގް ރަހްމާން އާއެކު ނައިބު ރައީސް މުހިންމު މަޝްވަރާތަކެއް ބޭއްވެވި އެވެ. އަދި ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައި ބައިވެރިވެވަޑައިގެން ތަގުރީރު ކުރައްވައި، ރާއްޖޭގެ ހާރިޖީ އަދި ތަރައްގީގެ އިސްކަންދޭ ކަންކަން އެމަނިކުފާނު ވަނީ ބައިނަލްއަގްވާމީ މައިދާނުގައި ހާމަކުރައްވާފަ އެވެ.

އދ. ގެ އާންމު މަޖިލިސްނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

1 ދުވަސް ކުރިން - 14:25

ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސް

އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ

1 ދުވަސް ކުރިން - 14:25

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން އދ. ގެ އާންމު މަޖިލީހުގެ ހޯލުން ނުކުމެއްޖެ

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

2 ދުވަސް ކުރިން - 13:37

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

3 ދުވަސް ކުރިން - 23:48

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

3 ދުވަސް ކުރިން - 11:19

އދ. އިން ނިންމުންތައް ނިންމުމުގައި ކުދި ގައުމުތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ - ނައިބު ރައީސް

“އދ. އިން ނިންމުންތައް ނިންމުމުގައި ރާއްޖެއަށް ވެސް ފުރުސަތު އޮންނަން ޖެހޭ”

3 ދުވަސް ކުރިން - 10:53