Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ތަރައްގީވަމުން އަންނަ ގައުމުތަކުގެ ކުރިއެރުމަށް ގުޅުން ބަދަހިކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ފާތިމަތު އަނަން މުހައްމަދު
16 ގަޑިއިރު ކުރިން - 26 ސެޕްޓެންބަރު 2026 14:25
ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓް (ޖީ.ޑީ.އައި) ގެ ހައި-ލެވެލް މީޓިންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދެއްކެވުން | ފޮޓޯ: ރައީސް އޮފީސް
ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓް (ޖީ.ޑީ.އައި) ގެ ހައި-ލެވެލް މީޓިންގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ވާހަކަފުޅުދެއްކެވުން | ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދަރަނީގެ ނުރައްކާތަކުގެ ސަބަބުން ތަރައްގީއަށް އިންވެސްޓްކުރުމަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، ކޮޕް31 ގެ ވައުދުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށް ބާރުއެޅުމަށް ގޮވާލެއްވި. އިލްމާއި ޓެކްނޮލޮޖީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ބައިނަލްއަގްވާމީ އެއްބާރުލުން ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވި.

ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އެންމެންނަށްވެސް ބައިވެރިވެވޭފަދަ ހަރުދަނާ، ޝާމިލު އަދި ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމަށްޓަކައި، ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި ޗައިނާއިން އިންތިޒާމުކޮށްގެން ބޭއްވި، ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓް (ޖީ.ޑީ.އައި) ގެ ހައި-ލެވެލް މީޓިންގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މިކަމަށް ބާރުއަޅުއްވާފައެވެ. އަދި މި އިނީޝިއޭޓަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ހާމަކުރައްވައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ ދަތިތަކުން ސަލާމަތްކުރުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ މައިގަނޑު ބައެއް ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ދަރަނީގެ ނުރައްކާތަކުގެ ސަބަބުން ގައުމުތަކުގެ ތަރައްގީއަށާއި ދެމެހެއްޓެނިވި ކަންކަމަށް އިންވެސްޓްކުރުމަށް ހުރަސްއެޅެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި، ކޮޕް31 ގައި ވެފައިވާ ވައުދުތައް އަމަލީ ސިފައަކަށް ބަދަލުކުރުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، އިލްމާއި ޓެކްނޮލޮޖީ އަދި އީޖާދީ ދާއިރާތަކުން، ހާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް ގެ ދާއިރާއިން ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ގާބިލުކަން އިތުރުކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފްއދ. ގެ އާންމު މަޖިލިސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމުގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ: ނައިބު ރައީސް

އަމިއްލަ މުސްތަގްބަލް ބައްޓަންކުރުމުގެ ފުރިހަމަ އިހްތިޔާރު އޮންނަންޖެހޭނެ

16 ގަޑިއިރު ކުރިން - 14:25

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން އދ. ގެ އާންމު މަޖިލީހުގެ ހޯލުން ނުކުމެއްޖެ

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

1 ދުވަސް ކުރިން - 13:37

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

ނަތަންޔާހޫގެ ސްޕީޗް ރާއްޖެއިން ބޮއިކޮޓް ކޮށްފި

2 ދުވަސް ކުރިން - 23:48

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

އިސްލާމޮފޯބިއާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޕާކިސްތާނުން އދ. ގައި ގޮވާލައިފި

2 ދުވަސް ކުރިން - 11:19

އދ. އިން ނިންމުންތައް ނިންމުމުގައި ކުދި ގައުމުތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ - ނައިބު ރައީސް

“އދ. އިން ނިންމުންތައް ނިންމުމުގައި ރާއްޖެއަށް ވެސް ފުރުސަތު އޮންނަން ޖެހޭ”

2 ދުވަސް ކުރިން - 10:53

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން”

“ދާއިމީ ޞުލްޙަ ޤާއިމްކުރާ ބާރަކީ މައްކާ އެއްބަސްވުން“

2 ދުވަސް ކުރިން - 10:34