ރަސްމާލޭގައި ސަރުކާރުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ރެޒިޑެންސީ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 50 މީހުންނެވެ.
މި އެއްވުމުގައި ގިނައިން ބައިވެރިވެފައިވަނީ އެމްޑީޕީގެ ލީޑަރޝިޕް ބޭފުޅުންނެވެ. އެގޮތުން ރައީސް ނަޝީދު އާއި ފައްޔާޒު އިސްމާއިލް، ފައިސަލް ނަސީމާއި އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ.
މި އެއްވުމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުންދަނީ މީހުން ނުނިކުތީ ރަސްމާލެ މަޝްރޫއުން އިގްތިސާދަށް ވާނެ ފައިދާތައް ރައްޔިތުން ގަބޫލުކުރާތީ ކަމަށެވެ.
މިއީ ދުރާލާ ރޭވިގެން ބޭއްވި އެއްވުމެއް ނަމަވެސް މިހާ ކުޑަ ތަރުހީބެއް ލިބިގެންދިޔުމަކީ އިދިކޮޅު ދެކެ ރައްޔިތުން ފޫހިވެފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.




