1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިން މާލެ އަރުވައި، ދިވެހި ރައްޔިތުންގެ ލޭއޮހޮރުވައިލި ކަޅު ބަޣާވާތަކީ ދިވެހި ތާރީޚު ދުށް އެންމެ ބިރުވެރި ޖަރީމާއެވެ. އެ ދުވަހު ގައުމުގެ ވެރިކަން ފޭރިގަނެ، ގައުމު ސުންނާފަތިކޮށްލަން ބަޑި ހިފައިގެން އައި ނުރައްކާތެރި ފިކުރަކީ މިއަދުވެސް އިދިކޮޅު އެމްޑީޕީ ގެ އަޑީގައި ތިބި އާއިލާތަކުގެ ސިޔާސީ މަސްލަހަތެވެ.
މިއީ މާޒީގެ ތާރީޚޭ ކިޔައި ދޫކޮށްލެވޭކަށް ނެތެވެ. ގައުމުގެ މިނިވަންކަމާއި ހަމަޖެހުން ނަގާލަން އުޅޭ މި ނުރައްކާތެރި ރޫހު މިއަދުވެސް ސިޔާސީ މޫނުމަތި ބަދަލުކޮށްގެން، އެ ދުވަހުގެ ބާޣީންގެ ދަރިންނާއި އެ ފިކުރުގެ މީހުން އިސްވެ ތިބެ ނިކުމެ އޮތީ ސަރުކާރާ ދެކޮޅަށެވެ.
ރައްޔިތުން މިއަދު ވަރަށް ބޮޑަށް ވިސްނާލަންޖެހެއެވެ. އޭރު ބޭރުގެ ބާރުތައް ގޮވައިގެން އައިސް ގައުމު އަޅުވެތިކުރަން އުޅުނު މީހުންގެ ސިޔާސީ ފިކުރު މިއަދުވެސް ބޭނުންވަނީ ގައުމުގައި ހަމަނުޖެހުން އުފައްދައި، ގައުމީ ސަރުކާރު ބަލިކަށިކޮށްލާށެވެ. މިފަދަ ހީލަތްތެރި ރޭވުންތަކުން ދިވެހި ފަސްގަނޑު ސަލާމަތްކޮށް، ރާއްޖެއަކީ ބޭރުގެ ނުރައްކާތަކުން ރައްކާތެރިވެފައިވާ އަމާން ތަނަކަށް ހެދޭނީ މިހާރު އޮތް ގައުމީ ސަރުކާރުގެ ދިފާއުގައި ރައްޔިތުން ސާބިތުވެ ތިބެގެންނެވެ. މިހާރުގެ ސަރުކާރުން ގެންގުޅޭ ގައުމީ ސިޔާސަތުގެ ސަބަބުން މިއަދު ގައުމުގެ ދިފާއީ ބާރު ވަރުގަދަވެ، ބޭރުގެ އެފަދަ ނުފޫޒުތަކަށް ވަނީ ދޮރު ބަންދުކުރެވިފައެވެ. މިއަދުގެ ސަރުކާރުން މަސައްކަތް މި ކުރަނީ ބޭރުގެ ގައުމުތަކާއި ގުޅިގެން ރާއްޖެ ތަރައްގީ ކުރުމަށެވެ. އެމްޑީޕީގެ ފަނާކުރާ ފިކުރަށް ދެނެއް ޖާގައެއް ދޭން ޖެހޭ ސަބަބެއް ނެތެވެ.
ނޮވެމްބަރު 3 ގެ ހާދިސާ ފަދަ ބިރުވެރި މާޒީ އަލުން ތަކުރާރުވިޔަނުދީ، ގައުމުގެ ސިޔާދަތު ހިމާޔަތްކުރެވޭނީ މިހާރުގެ ސަރުކާރުގެ ފަހަތުގައި ރައްޔިތުން ސާބިތުވެ ތިބެގެންނެވެ. އިދިކޮޅުގައި އޮތް ބާޣީ ފިކުރަށް ފުރުޞަތު ދީފިނަމަ ގައުމުގެ އަމާންކަން ގެއްލިގެން ހިނގައިދާނެއެވެ. ގައުމުގެ ހަގީގީ އައްޑަނައަކީ މި ގައުމީ ސަރުކާރެވެ!



