މައްސަލަ ފާހަގަވެފަވަނީ 2022، 2023 އަދި 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތަކުން. ސާމްޕަލްގެ ގޮތުގައި ބެލި 3.08 މިލިއަން ރުފިޔާގެ ތަކެތި ގެނެސްފައިވަނީ މާކެޓު އަގަށްވުރެ 2.08 މިލިއަން ރުފިޔާ އަގުބޮޑުކޮށް. ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާތީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް މާލީ ނިޒާމު ހަރުދަނާކުރުމަށް އިލްތިމާސްކޮށްފި
7 ދުވަސް ކުރިން - 13:24

ދައުލަތުން ހިފަހައްޓާ މުދާ ބެލެހެއްޓުމަށްޓަކައި މާލިއްޔަތު ވުޒާރާގެ ދަށުން ހިނގާ ހާއްސަ އޮތޯރިޓީއެއް އުފެއްދުމަށާއި، އަވަހަށް ހަލާކުވާ ތަކެތި ބީލަމުގެ އުސޫލުން ވިއްކާލެވޭނެ ގޮތްތައް ވަނީ ކަނޑައަޅާފަ.
7 ދުވަސް ކުރިން - 13:22
މަރުގެ އަދަބު އިއްވާފައިވަނީ ފޭސްބުކްގައި ކުރި ކޮމެންޓަކާ ގުޅިގެން އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވުމުން. އޭނާއަށް މާފު ހޯދައިދިނުމަށްޓަކައި ސްރީލަންކާ ސަރުކާރުންނާއި އާއިލާއިން ދަނީ ޑިޕްލޮމެޓިކް އަދި ގާނޫނީ މަސައްކަތްތަކެއް ކުރަމުން.
7 ދުވަސް ކުރިން - 12:04

މިއަހަރު އުފެއްދުންތެރިކަމުގެ މައުރަޒު ރޭވިފަވަނީ 7 ޑިސްޓްރިކްޓެއްގެ މައްޗަށް އަދި، ގިނަ ވިޔަފާރި ބައިވެރިވެފައިވާއިރު، އުފެއްދުންތެރިޔާގެ ނަމުގައި ބައިވެރިވެވޭ ގޮތް ހަދައި، ވިޒިޓަރ އިކޮނޮމީ އާއި އިންޓަރނޭޝަނަލް ޑިސްޓްރިކްޓް އަލަށް އިތުރުކުރަން ބީސީސީއިން ވަނީ ނިންމާފަ. މިއަހަރު މައުރަޒު ކުރިޔަށްދާން ހަމަޖެހިފަވަނީ 9 ދުވަހުގެ މުއްދަތަކަށް.
7 ދުވަސް ކުރިން - 11:27
މިފަދަ އީމެއިލްތަކުގައި ހުންނަ ލިންކުތަކާއި ފައިލްތައް ހުޅުވިއްޖެނަމަ، ސިއްރު މައުލޫމާތު ލީކުވެ، އިދާރާތަކުގެ ސިސްޓަމްތަކާއި ނެޓްވޯކްތައް ހެކަރުންގެ ބާރުގެ ދަށަށް ދިއުމުގެ ފުރުސަތު ބޮޑު. ޝައްކުވާ އީމެއިލްތަކުގެ ލިންކުތަކާއި އެޓޭޗްމެންޓްތައް ނުހުޅުވުމަށާއި، އެމް.އެފް.އޭ ބޭނުންކުރުމާ އެކު، މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން އައި.ޓީ ޓީމަށް އެންގުމަށް ފުލުހުން އިލްތިމާސްކުރޭ.
7 ދުވަސް ކުރިން - 11:06

މިއީ މިދިޔަ އަހަރަށްވުރެ 0.7 އިންސައްތައިގެ ކުރިއެރުމެއް. 2016 ވަނަ އަހަރު ތައާރަފުކުރި މި ޓެކުހަކީ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. އެގޮތުން ރިސޯޓުތަކުން 12 ޑޮލަރު އަދި ގެސްޓްހައުސްތަކުން 6 ޑޮލަރު ނަގާ. މި ފައިސާ ބޭނުންކުރަނީ ރަށްރަށުގެ ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ ކަންކަމަށް.
7 ދުވަސް ކުރިން - 10:46
ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން، އެގްރޯނެޓް ކުންފުނި މިފްކޯގެ ދަށަށް ބަދަލުކޮށް ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ގައި.
7 ދުވަސް ކުރިން - 21:33

ބީއެމްއެލް އިން މޯލްޑިވްސް ޒަކާތު ހައުސްއަށް އެއްބާރުލުންދީ، ފިތުރު ޒަކާތް ބަލައިގަތުމާއި އާންމުންނަށް ފަސޭހައިން ޒަކާތް ދެއްކޭނެ ބޭންކިންގ ހިދުމަތްތައް ހަމަޖައްސައިދޭ. މި ކޮންފަރެންސްގެ ބޭނުމަކީ އިސްލާމިކް ސޯޝަލް ފައިނޭންސް ހަރުދަނާކޮށް، އިޖުތިމާއީ އަދި އިގްތިސާދީ ގޮންޖެހުންތަކަށް ޒަކާތުގެ ނިޒާމު މެދުވެރިކޮށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުން.
8 ދުވަސް ކުރިން - 11:08
މާލޭގެ ވިޔަފާރީގެ ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަކީ ތާރީހީ ބަދަލެއް ކަމަށާއި، އޭއައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ހިދުމަތްތައް އަވަސްވެ އިންސާނީ ވަސީލަތް ތަރައްގީކުރެވޭނެކަމަށް ދެވަނަ މެރިޓައިމް ކޮންފަރެންސްގައި އެމްޕީއެލްއިން ހާމަކޮށްފި. އަދި މެރިޓައިމްކޮންފަރެންސްގެ މުހިއްމުކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާކަމުގައި ފާހަގަކުރެއްވި.
8 ދުވަސް ކުރިން - 11:06
މި ސެގްމެންޓްގައި ހިމެނޭ 1،924.77 އަކަ މީޓަރުގެ ސަރަހައްދުގެ ބާވެފައިވާ ތާރުގަނޑު ނަގުމަށްފަހު، އަލަށް އެގްރިގޭޓް ބޭސް ކޯސް އަޅައި އަލުން ތާރުއަޅާނެ. މި މަޝްރޫޢުގެ ބޭނުމަކީ މަގު ހަލާކުވެ ދިމާވާ ދަތިތަކަށް ހައްލު ހޯދައި، ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
8 ދުވަސް ކުރިން - 10:52
"އަހާ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އެންމެ ސިނާޢަތަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަންޖެހޭ ކަމަށާއި، ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުން އެކަނިވެސް އަހަރަކު 1 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް.
8 ދުވަސް ކުރިން - 03:55
"އަހާ" ފޯރަމްގައި އުޝާމް ވިދާޅުވީ، ކޮމާޝަލް އެގްރީމަންޓުގައި ސޮއިކުރީ އޭޖީގެ ލަފަޔާއެކު ކަމަށާއި، މި ގާނޫނަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ރިއަލް އެސްޓޭޓް ސިނާއަތް ތައާރަފްކުރަން ހަދާ ގާނޫނެއް ކަމަށް. އަދި ވިސާ ދިނުންފަދަ ކަންކަން ކުރިއަށްދާނީ މިހާރު އަމަލުކުރަމުން އަންނަ އިމިގްރޭޝަން ގާނޫނާއި އެއްގޮތަށް ކަމަށް ވިދާޅުވި.
8 ދުވަސް ކުރިން - 03:21