ނިޔާވީ އައްޑޫ ހިތަދޫ، މާރިޝް، އާމިނާ އިމީލީ ނާޒިމް (21އ). އިމީލީއަކީ މެލޭޝިއާގެ ޓެއިލާ ޔުނިވާސިޓީގައި ކިޔަވަމުން އަންނަ ދަރިވަރެއް. ހާދިސާ ހިނގީ ޝޮޕިންގމޯލަކަށް ގޮސް، އެނބުރި ގެއަށް ދިޔަ މަގުމަތީގަ.
8 ދުވަސް ކުރިން - 03:04
ޓްރެފިކް ލައިޓް ހަރުކުރުމާއި، ކާރުބާރު ބޮޑުވާ ވަގުތުތަކަށް ވަކި ބަސްތަކެއް ހަމަޖެއްސުމާއި، މާލެ-ހުޅުމާލެ ދަރިވަރުންގެ ބަސް ދަތުރުތައް ފެށުމަށް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. މީގެއިތުރުން ޗައިނާގެ އެހީގައި މަގުތައް ހެދުމުގެ މައިގަނޑު އެއް ސަބަބަކީ ޓްރެފިކް މައްސަލަ ހައްލުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި.
8 ދުވަސް ކުރިން - 02:47
އަހާ" ފޯރަމްގައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އުސް އިމާރާތްތަކުގެ ރައްކާތެރިކަމަށް ގެންނަ ވަސީލަތްތަކެއް ކަމަށް. އަދި އާބާދީ ބޮޑު ހިޔާ ސަރަހައްދުގެ ރައްޔިތުން އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އެމްއެންޑީއެފުން ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވި.
8 ދުވަސް ކުރިން - 02:17
"އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ސްކޫލް ކުދިންނާއި އާންމުންގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ ކަމަށް. އަދި ހުރިހާ ފަރާތްތަކަކުން އެއްބަސްނުވި ނަމަވެސް، ވިޔަފާރިވެރިންނާ މަޝްވަރާކުރުމަށްފަހު ރައްޔިތުންގެ ލާބައަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މި މައްސަލައަށް ވަރަށް އަވަހަށް އަމަލީ ހައްލެއް ގެނެސްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި.
8 ދުވަސް ކުރިން - 01:51
އޭނާ ހައްޔަރުކުރީ ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގަ. މަސްތުގެ ހާލަތުގައި ހުރި މި މީހާއަކީ ލައިސަންސް ނެތި ދުއްވުމާއި ޓްރެފިކް ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވެ، 44،000 ރުފިޔާގެ ޖޫރިމަނާ ނުދައްކާ ހުރި މީހެއް.. ކޯޓުން ވަނީ އޭނާގެ ބަންދަށް 7 ދުވަސް ޖަހާފަ.
8 ދުވަސް ކުރިން - 23:49
މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ނަމޫނާ ނިޒާމެއް ބިނާކުރުމަށް ފެށި މި މަޝްރޫއުގެ ސަބަބުން، ބުޅަލާމެދު މުޖުތަމައު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.
8 ދުވަސް ކުރިން - 23:00
މި ހިނގާލުމުގެ މައިގަނޑު މަގްސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމާއެކު، ފަހަށް ފައިސާ ރައްކާކުރުމާއި، އިންވެސްޓްކުރުމާއި އަދި ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާމެދު އާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އުފެއްދުން.
9 ދުވަސް ކުރިން - 15:21

ސެޕްޓެންބަރު މަހު 453 ދޯންޏަކުން 1288 ޓަނުގެ މަސް ވަނީ ކިރުވާފަ. މަސްވެރިންގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ރާއްޖޭގެ 9 ސަރަހައްދެއްގައި މިހާރު ވަނީ ގާއިމުކޮށްފަ. ސަރުކާރުގެ އަމާޒަކީ މި ސިނާއަތުން ލިބޭ އާމްދަނީ އިތުރުކުރުން.
9 ދުވަސް ކުރިން - 15:20
މި އިސްނެގުމުން ރައްޔިތުން ހިއްސާދާރުންނަށް ހެދި، އަހަރަކު މަދުވެގެން 400 ޑޮލަރު ދިނުމަށް އަމާޒުހިފާ. އަދި އަފީފް ވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުމާއި، ފަތުރުވެރިކަމުގެ ތަޖުރިބާއާއި، މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަންކުރައްވާފަ.
9 ދުވަސް ކުރިން - 12:37
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް. ޝަމްޢޫން ޙަމީދަކީ ކުރިން އެޗް.އާރް.ސީ.އެމްގެ އިންވެސްޓިގޭޝަން ޑިރެކްޓަރުކަމާއި ސެކްރެޓަރީ ޖެނެރަލްކަން އަދާކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެއް.
9 ދުވަސް ކުރިން - 11:46
ރާއްޖެ ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ދުރުރާސްތާ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި ޒުވާނުންގެ ދައުރު ބޮޑު ކަމަށް ނައިބު ރައީސް ވިދާޅުވި. ޕޯސްޓް ގްރެޖްއޭޓް ޕްރޮގްރާމުގެ ގާސިމް އިބްރާހިމް އެވޯޑް ފޮރ އެކްސެލެންސް ހާސިލްކުރި ދަސްވެނީންނަށް އެވޯޑް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު.
9 ދުވަސް ކުރިން - 11:26
މި ކޯސް ކުރިއަށްދާނީ 2026 އޮކްޓޯބަރ 31 އިން ނޮވެމްބަރ 12 ގެ ނިޔަލަށް ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލީޓީގަ. އެކްއަކަލްޗަރ ނިޒާމުތަކާއި، ދިރޭ ކަނާ އާލާކުރުމާއި، ފާނައާއި ހުއިފިލަނޑާ އަދި މާގަނޑުމަސް ވިއްސައި ބޮޑުކުރުމުގެ އިތުރުން އިތާމުތާއި މޫދުވިނަ އާލާކުރުން މި ކޯހުގައި ކިޔަވައިދޭނެ.
9 ދުވަސް ކުރިން - 11:00