Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެންނަވަނީ: އަމީން

ޑެސްޓިނޭޝަން ޕްރިންސިޕަލްގެ އުސޫލުން ޓީޖީއެސްޓީ ގާނޫނަށް ބަދަލުތަކެއް ގެންނަވަނީ: އަމީން

މިކަން ހާމަކުރައްވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އަހަރަކު 1.61 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި މި ޓެކްސްގެ މުއްދަތުތަކާ ގުޅިގެން ވިޔަފާރިވެރިން ހުށަހެޅި ޝަކުވާތަކަށް ހައްލު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށް. އެހެންކަމުން ސިނާޢަތަށް ލުއިފަސޭހަވާނެހެން ޤާނޫނު ވަރަށް އަވަހަށް އިސްލާހުކުރެވޭނެ.

9 ދުވަސް ކުރިން - 10:44

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މަޖިލީހުގެ ރައީސް އައިޕީޔޫ އެސެމްބްލީއަށް ޓެންޒޭނިއާއަށް ފުރާވަޑައިގެންފި

މި ބައްދަލުވުމުގައި ހެޔޮވެރިކަމާއި މުޖުތަމައު ބާރުވެރިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފަ. މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންނާއި، މަޖިލީހުގެ އިދާރީ އިސްވެރިން ބައިވެރިވެވަޑައިގެންނެވި.

9 ދުވަސް ކުރިން - 10:37

މަރާމާތަށްފަހު އަމީނީ މަގުގެ ފުރަތަމަ ދެ ސެގްމެންޓް ހުޅުވާލައިފި

މަރާމާތަށްފަހު އަމީނީ މަގުގެ ފުރަތަމަ ދެ ސެގްމެންޓް ހުޅުވާލައިފި

މި މަސައްކަތުގެ ދަށުން އަޑީގެ ފަށަލަތައް ރަނގަޅުކޮށް، އާ ތާރު އަޅައި މަގުމަތީގެ ނިޝާންތައް ވަނީ ކުރަހާފަ. މިއީ މަގުގައި ވަޅުގަނޑު ހެދި، ދަތުރުފަތުރަށް ދަތިވާތީ އާންމުން ކުރި ޝަކުވާތަކާ ގުޅިގެން ކުރިއަށްގެންދިޔަ މަރާމާތެއް.

9 ދުވަސް ކުރިން - 04:27

އެމްޑީޕީގެ ކޮންގްރެސް ނިންމާލައި އިންތިހާބު ނޮވެމްބަރު 27 އަށް ތާވަލުކޮށްފި

އެމްޑީޕީގެ ކޮންގްރެސް ނިންމާލައި އިންތިހާބު ނޮވެމްބަރު 27 އަށް ތާވަލުކޮށްފި

ތިން ދުވަހަށް ދެމިގެންދިޔަ މި ކޮންގްރެސްގައި ބޭރުގެ އިއްޒަތްތެރިންގެ ކުރިމަތީގައި ބޭއަދަބީ ބަހުރުވަ ބޭނުންކޮށް ހަމަނުޖެހުން ހިނގި ނަމަވެސް، ޕާޓީގެ އިސް މަގާމުތަކަށް ބަދަލު ގެނައުމާއި "ބޮޑު ބަދަލު" ގަރާރު ބޮޑު އަގުލަބިއްޔަތަކުން ވަނީ ފާސްކޮށްފަ.

9 ދުވަސް ކުރިން - 01:57

ގްލޯބަލް ދުކާންއަށް ޕޯސްޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

ގްލޯބަލް ދުކާންއަށް ޕޯސްޓް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

މޯލްޑިވްސް ޕޯސްޓާއި އިންޑިއާ ޕޯސްޓް ގުޅިގެން ފޯރުކޮށްދޭ މި ހިދުމަތުގެ ދަށުން، ގްލޯބަލް ދުކާން މެދުވެރިކޮށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމު ކުރިއެކޭވެސް އެއްފަދައިން ވަނީ ހަމަޖެހިފައި.

9 ދުވަސް ކުރިން - 22:43

ފަލަމަސްގަނޑުގައި ޓޭޕްއަޅައިގެން މަސްތުވާތަކެތި އުފުލި ޒުވާނަކަށް 50 އަހަރުގެ ޖަލު ހުކުމެއް

ފަލަމަސްގަނޑުގައި ޓޭޕްއަޅައިގެން މަސްތުވާތަކެތި އުފުލި ޒުވާނަކަށް 50 އަހަރުގެ ޖަލު ހުކުމެއް

ދެ މައްސަލައިގެ ޖޫރިމަނާ ފައިސާގެ ގޮތުގައި ދައްކަންޖެހޭ ޖުމްލަ 200,000 ރުފިޔާ، ހުކުމް ކުރި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ހަލާސްކުރުމަށް ކޯޓުން ވަނީ ފަސީހުގެ މައްޗަށް އަމުރުކޮށްފައި.

9 ދުވަސް ކުރިން - 21:47

“މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު“

“މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު“

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބަލައިގަތް އަދަދު ވަނީ 109 މިލިއަން ރުފިޔާއަށް އަރާފައި ކަަމަށާއި އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 106 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ވަޒީރު ހާމަކުރި.

9 ދުވަސް ކުރިން - 21:14

އަމީނީ މަގުގެ ދެވަނަ ސެގްމެންޓް މަރާމާތުކުރަން ބަންދުކޮށް، ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި

އަމީނީ މަގުގެ ދެވަނަ ސެގްމެންޓް މަރާމާތުކުރަން ބަންދުކޮށް، ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި

އާދީއްތަ ދުވަހު އަމީނީ މަގުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވުމުން، މިރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރި.

9 ދުވަސް ކުރިން - 20:53

ނ. މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި

ނ. މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި

މަޖިލިސް މެންބަރު ހުސްނީ މުބާރަކް އިފްތިތާހު ކޮށްދެއްވި މި ސްޓޭޝަނުން މާލެއެކޭ އެއްއަގުގައި މަސްވެރިންނަށް ޑީސަލް ލިބޭނެ. މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް، މަނަދޫ އަދި އެ ސަރަހައްދުގެ މަސްވެރިންނާއި ދަތުރުވެރިންނަށް ތެޔޮ ހޯދުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ މުހިންމު ފިޔަވަޅެއް.

10 ދުވަސް ކުރިން - 23:22

އަލިފާނުގެ ހާދިސާ ހިނގީ ހަދަމުންދާ ފިހާރައެއްގެ ގުދަނުގައި

އަލިފާނުގެ ހާދިސާ ހިނގީ ހަދަމުންދާ ފިހާރައެއްގެ ގުދަނުގައި

ފަޔަރ އެންޑް ރެސްކިއު ސާވިސްއިން މިހާރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފަ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެތަނުގައި ހުރި ބައެއް ތަކެއްޗަށާއި އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ ތަހުގީގު ކުރަމުން.

10 ދުވަސް ކުރިން - 21:43

އާންމު ތަންތަނުގައި އަދަބުއަޚުލާގީ މިންގަނޑުތަކާ ހިލާފަށް އުޅޭނަމަ ފިޔަވަޅު އަޅަނީ

އާންމު ތަންތަނުގައި އަދަބުއަޚުލާގީ މިންގަނޑުތަކާ ހިލާފަށް އުޅޭނަމަ ފިޔަވަޅު އަޅަނީ

ބައެއް ފަތުރުވެރިންނާއި ބިދޭސީން މަގުމަތީގައި މިފަދައިން އުޅޭތީ، ރިސޯޓުތަކުން ބޭރުގައި އުޅޭއިރު އެކަށީގެންވާ ހެދުން އެޅުމަށާއި އަދަބުވެރިކޮށް އުޅުމަށް ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ.

10 ދުވަސް ކުރިން - 19:39

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި

މުޅިން ހިލޭ ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ހަފްތާއަކު ތިން ދުވަހު ލުއި ކަސްރަތު ކުރުމާއި، ހަވީރުގެ ސައި، ކުޑަގިރިއަށް ދަތުރުދިއުން، މެޑިކަލް ޗެކަޕް އަދި ސަގާފީ މައުލޫމާތު ހިއްސާކުރުން ހިމެނޭ. މީގެ އަމާޒަކީ އެކަހެރިކަން ނައްތާލައި، އިސްރަށްވެހިންނަށް ހިތްފަސޭހަ އަދި ދުޅަހެޔޮ މާހައުލެއް ހޯދައިދިނުން.

10 ދުވަސް ކުރިން - 19:23

Previous12345Next