
ގޮޅި ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން ފޯރމް އޮންލައިންކޮށް ފުރާލެވޭނެ. އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީގެ ހޮޓްލައިން ނަންބަރު 1516 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ
15 ގަޑިއިރު ކުރިން - 19:16

އަމިއްލަ ހަރަދުގައި ދަތުރުކުރާ ފަރާތްތަކަށް ދޭ ޑޮލަރުގެ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވައި، ސީދާ ބޭސްފަރުވާއަށް ބޭނުންވާ ދިވެހިންނަށް ބޭރު ފައިސާ ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަރުދަނާކުރުމަށް ގެނައި ބަދަލެއް. މި ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫ.އޭ.އީ.
15 ގަޑިއިރު ކުރިން - 19:15
ޅ. މާފިލާފުށީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، ރާއްޖޭގެ 20 އަތޮޅުގެ 126 ރަށަކުން 287 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިން ބައިވެރިވެފައިވޭ.
15 ގަޑިއިރު ކުރިން - 19:12
ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ނެޝަނަލް ރިސްކް ރެޖިސްޓަރ 2026 އާއި ޑާލާ ނިޒާމު އެކުލަވާލައި، ރަށްރަށަށް ވަސީލަތްތައް ފޯރުކޮށްދީ ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން އެންޑީއެމްއޭއިން ހާމަކޮށްފި
21 ގަޑިއިރު ކުރިން - 13:19
މާލެ ސަރަޙައްދުގައި 7 ޕާކިން ބިލްޑިން އެޅުމަށް ނިންމައި، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1000 ޖާގަ ލިބިގެންދާނެ. ދަތުރުފަތުރާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މަސައްކަތްތަކަށް ލަފާދިނުމަށްޓަކައި "ރޯޑް ސޭފްޓީ ކައުންސިލް" ވަނީ އުފައްދާފައި.
21 ގަޑިއިރު ކުރިން - 12:21

މި ރޭންކިންގ ބިނާކޮށްފައިވަނީ ސާވޭތަކުގެ ބަދަލުގައި ބޭންކުގެ ފައިދާއާއި މާލީ ތަފާސްހިސާބުތަކުގެ މައްޗަށް. ބީއެމްއެލް ހިމެނިފައިވަނީ، 3 ބިލިއަން އާއި 10 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ މާލީ ވަސީލަތްތައް (އެސެޓްސް) ހުރި ބޭންކުތައް ހިމެނޭ "ޓިއާ 6" ގަ.
22 ގަޑިއިރު ކުރިން - 12:17
އޮކްޓޯބަރު 3 ގައި ޔޫއޭއީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދިވެހިންނަކީ އެއާލައިނާ އެންމެ ފަހުން ގުޅުނު، އަދި އަލް-ހަމާމީއާ އެއް އިމާރާތެއްގައި ދިރިއުޅެމުންދިޔަ ދެ ކޯ-ޕައިލެޓުން. ހަމަލާ ރޭވީ އެކަނި ކަމަށް އޮމާންގެ ޕައިލެޓް ބުނޭ.
1 ދުވަސް ކުރިން - 18:14
މި މަޝްރޫއުގެ ދަށުން 120 ދުވަސް ތެރޭގައި ކޮންކްރީޓާއި، ދަގަނޑާއި، ޓާރފް އެޅުމާއި އަދި ކަރަންޓުގެ މަސައްކަތްތައް ކުރިއަށްދާނެ. މި މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް އިޖުތިމާއީ އަދި ސިއްހީ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ.
1 ދުވަސް ކުރިން - 17:51
ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހިން ދޭ ތާއީދަކީ ސިޔާސީ މަންފާއަށް ބޭނުންކުރާ ހަތިޔާރަކަށް ހަދައި، ބިރާއި ނަފްރަތު ނުފެތުރުމަށް އެމަނިކުފާނު ގޮވާލެއްވި. އީގަލް ހިލްސް މަޝްރޫއަކީ ބޭރުގެ އިންވެސްޓްމަންޓްތައް ގެނެސް، އިގްތިސާދީ ފުރުސަތުތަކާއި ބޯހިޔާވަހިކަން ފުޅާކުރުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫއެއް.
1 ދުވަސް ކުރިން - 15:42
މިއީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖުވާ ފަރާތްތަކަށް ހާއްސަ ފުރުސަތެއް. މި ބަދަލާއެކު ދޮށީ އުމުރުގެ މީހުންނަށް ވީހާވެސް އަވަހަށް ފުރުސަތު ލިބި، ކުރިއަށް އޮތްތަނުގައި ކިއުގެ އިންތިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެ.
1 ދުވަސް ކުރިން - 14:51
"ވިޒިޓް މޯލްޑިވްސް އިޔާ 2027" ކެމްޕޭނަށް ބޮޑު ބާރަކަށްވާ މި ރިސޯޓާއެކު ގދ. އަތޮޅުގެ އާންމުންނަށް ވަޒީފާއާއި ވިޔަފާރީގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދީ އިގްތިސާދަށް ނަފާ ލިބޭނެ.
1 ދުވަސް ކުރިން - 14:35
މި ޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް (މެރިން މެކޭނިކް، އޭސީ މަރާމާތުކުރުން، ވެލްޑިންގ، އޮޓޯމޯބައިލް، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް) ގެ އިތުރުން ހަށިހެޔޮކަމާއި ލީޑަރޝިޕް އަދި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެ.
1 ދުވަސް ކުރިން - 14:35
މާލެތެރޭގައި ބަނގުރާ ފޯރުކޮށްދޭ ފަރާތްތައް މި އޮޕަރޭޝަނުގެ ތެރެއިން ދެނެގަނެވިފައިވާ ކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެފައިވޭ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުން.
1 ދުވަސް ކުރިން - 14:34