މި މަޝްރޫއަކީ އުނގޫފާރު ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އިތުރުން މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފަވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ފަށާފަވާ މަސައްކަތެއް. މި ޕްރޮޖެކްޓު އެމްޓީސީސީއާ ހަވާލުލުކުރެވުނީ މިދިޔަ އަހަރު އޭޕްރިލަ މަހުގެ ތެރޭގައި ހާއްސަ އެއްބަސްވުމެއްގެ ދަށުން. ދަރިވަރުންނާއި މުވައްޒަފުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ.
5 ދުވަސް ކުރިން - 11:41
މަގުސަދަކީ، އަންނަ ޑިސެންބަރު 9 ގައި އަމަލުކުރަން ފަށާ މި ގަވާއިދުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، މުއްދަތު ހަމަވާ ތާރީހު ފަދަ މުހިންމު މައުލޫމާތުތައް ލޭބަލްކުރުމަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުން. މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށާއި، ވިޔަފާރިތަކުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.
5 ދުވަސް ކުރިން - 10:55
ނ އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތާއި، ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ހިދުމަތުގެ އިތުރުން ފިޒިއޮތެރަޕީގެ ހިދުމަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި. އަދި އަތޮޅު ތެރޭގައި ޑައިލިސިސްއާއި ދަތުގެ ފަރުވާގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިފައިވޭ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށްވެސް އެކިކަހަލަ ހިދުމަތްތައް ތައާރަފްކޮށް ހިދުމަތް ދޭން ފަށައިފި.
5 ދުވަސް ކުރިން - 10:49

އާމްދަނީ އިތުރުވުމުގެ މައިގަނޑު ބާރަކަށްވެފައިވަނީ ޓެކުހުން ލިބުނު ފައިސާ 5.8 އިންސައްތަ އިތުރުވުން. ލިބުނު އާމްދަނީއާއެކު ސަރުކާރުން ވަނީ ސަބްސިޑީއާއި އާސަންދައިގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޮޑު ހޭދައެއް ކޮށްފަ.
6 ދުވަސް ކުރިން - 14:02
އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލަކަށް 3 މީހުން އަރުވައިގެން، ލައިސަންސް ނެތް މީހަކު ވަންވޭއާ ޚިލާފަށް ދުއްވުމުން ކަމަށް.
6 ދުވަސް ކުރިން - 13:57
އޮޕަރޭޝަންގެ ދަށުން މިހާތަނަށް 4 ބިދޭސީއަކާ، ދިވެއްސަކާ، ވިޔަފާރިކުރާ ފިހާރައަކާ ބިދޭސިއަކު ދިރިއުޅޭ ތަނެއް ބަލާފާސްކޮށްފަވޭ. އޮޕަރޭޝަންގެ މައި މަގުސަދަކީ ޑޮލަރުގެ ވިޔަފާރި ކަޅު ބާޒާރުގައި ހުއްޓުވައި ރާއްޖޭގެ މާލީ ހާލަތު ހަމައަކަށް އެޅުން. މައުލޫމާތު ހިއްސާކުރެވޭނެ ނިޒާމެއް ވަނީ ގާއިމުކޮށްފަ.
6 ދުވަސް ކުރިން - 11:44
އެއީ މެދުކެނޑުމެއްނެތި ރައްޔިތުންނަށް އެތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް ސައީދު ވިދާޅުވި. އަދި ރާއްޖެއިން އެއްވެސް ދަތިކަމެއް ނެތި އަސާސީ ކާބޯތަކެތި ލިބެން ހުންނަކަން ސަރުކާރުން އަބަދުވެސް ކަށަވަރު ކުރަމުންދާނެ ކަމަށާއި މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށް ވިދާޅުވި.
6 ދުވަސް ކުރިން - 11:41
ދެ ގައުމުގެ ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭއްވި މި ހަފުލާގައި ބަންގްލަދޭޝްގެ ޓޫރިޒަމް މިނިސްޓަރާއި 250 އެއްހާ މެހެމާނުން ބައިވެރިވި. މި ރަސްމިއްޔާތުގައި ރާއްޖޭގެ ދެމެހެއްޓެނިވި މަސްވެރިކަން އިޝްތިހާރުކޮށް، ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު. މި ހަރަކާތަށް ރާއްޖެއާއި ބަންގްލަދޭޝްގެ ގިނަ ކުންފުނިތަކަކުން އެހީތެރިކަން ދިން.
6 ދުވަސް ކުރިން - 10:11
މި ލޯންޗިންގގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރިޒޯޓްތަކާއި، ހޮޓާ، ރެސްޓޯރެންޓް، ކެފޭ އަދި ރީޓެއިލް ފިހާރަތަކަށް ޔޫރަޕް ފެންވަރުގެ އިތުބާރު ހުރި ކިރުގެ އުފެއްދުންތައް ފޯރުކޮށްދިނުން. ކްލިއޯ އިންވެސްޓްމަންޓްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ބްރޭންޑްތައް ޑިސްޓްރިބިއުޓްކޮށް، ފުރިހަމަ ކަސްޓަމަރ ސަޕޯޓާއި ސަޕްލައި ހިދުމަތް ދިނުމަށް ދޭނެ.
6 ދުވަސް ކުރިން - 10:05
މި ނިންމުން ބާތިލުކުރީ ގާނޫނާ އެއްގޮތަށް މުއްދަތު ގުނާފައި ނުވާތީއާއި ސަރުކާރުގެ ސިޔާސަތާ ހިލާފުވާތީ. އަދި އޭނާ ދޫކޮށްލަން ނިންމި ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަކިކޮށް، އާ މެންބަރުން އައްޔަންކުރުމަށް ވަނީ ނިންމަވާފަ. ސަރުކާރުން ބުނީ މެންބަރުން ވަކިކުރީ ކުށްވެރިވެގެން ނޫންކަމަށް.
6 ދުވަސް ކުރިން - 20:12

ފުލުހުން ބުނީ، އޭނާ ވެއްޓުނީ އުދަރެސް އަށެއް ޓަވަރުން. ވެއްޓުނު މީހާގެ އިތުރު ތަފްސީލެއް، އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ވެސް އަދި ނުބުނޭ.
7 ދުވަސް ކުރިން - 15:36
މި މަޝްރޫއުގެ ދަށުން 25 މީޓަރާއި 15 މީޓަރުގެ ދިގުމިނުގެ ޖެޓީތަކެއް ބިނާކުރުމަށް ހަމަޖެހިފައިވާއިރު، މިއީ ބަނދަރުމަތީގެ ތޮއްޖެހުން ކުޑަކޮށްދޭނެ ކަމެއް. މި މަސައްކަތް ނިމުމުން އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އަރަންޖެހޭ އުނދަގޫތައް ނިމުމަކަށް އައިސް، ދަތުރުވެރިންނާއި އާންމުންނަށް ރައްކާތެރިކަމާއެކު އަވަހަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެ.
7 ދުވަސް ކުރިން - 15:19