Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ދުޅަހެޔޮކަަމަށް އިސްކަންދޭ، އެންމެން ޝާމިލްވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމާ!

ނަފްސާނީ ޚިދުމަތްތައް ހުރަހެއްނެތި ލިބުމުގެ މުހިންމުކަމާއި، އާއިލާ، ސްކޫލް އަދި ވަޒީފާގެ މާހައުލުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން، ނަފްސާނީ ދަތިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުން އެކަމަށް ބޭނުންވާ ފަރުވާ ހޯދުމަށް ލަދުވެތިވުން ހުއްޓުވޭނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި.

3 ދުވަސް ކުރިން - 15:34

ރަޝިޔާއިން 3 ލައްކަ ޓަނުގެ ޑީސަލް ބާޒާރަށް!

ރަޝިޔާއިން 3 ލައްކަ ޓަނުގެ ޑީސަލް ބާޒާރަށް!

ރައީސް ޓްރަމްޕް އާއި ޕުޓިންއާ ދެމެދު ކުރެވުނު މަޝްވަރާތަކަކަށްފަހު ރަޝިޔާގެ ޑީސަލް އެކްސްޕޯޓަށް ހުރަސްއަޅަން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ވަގުތީ ލައިސަންސެއް ދީ، ވިޔަފާރީގެ ހުއްދަ ހުޅުވާލައިފި. ރަޝިޔާގެ މާކެޓް މުޅި ދުނިޔެއަށް ހުޅުވާލާފައި އަދި އޮތީ އަންނައަހަރުގެ އެޕްރީލް 7 އާއި ހަމަޔަށް.

4 ދުވަސް ކުރިން - 07:30

އެންޓި ނާކޮޓިކްސް އޮޕަރޭޝަނުގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ހާމަކޮށްފި

އެންޓި ނާކޮޓިކްސް އޮޕަރޭޝަނުގައި ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ހާމަކޮށްފި

ހައްޔަރުކުރީ ޝާހިލް މުހައްމަދު (42އ)، މުހައްމަދު ވިޝާލް (29އ)، އިސްމާއީލް ޖުމައިޙު (35އ) އަދި އަހްމަދު ޢަޒްމީލް (44އ) މި އެންމެން ވެސް ބަލައި ފާސްކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް ޖަހައިދީފަ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން.

4 ދުވަސް ކުރިން - 19:25

ގާދިއްފުށި ރައީސްގެ ދަރިފުޅު ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ގާދިއްފުށި ރައީސްގެ ދަރިފުޅު ކުޑަ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ ޓީމަކާއި ފުލުހުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން. އެ ފަރާތްތަކުން ދަނީ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރަމުން. މި މައްސަލައިގެ އިތުރު ތަފުސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރޭ.

4 ދުވަސް ކުރިން - 19:17

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

ނަފުސާނީ ދުޅަހެޔޮކަމަށް އޯގާތެރި މާހައުލެއް ބޭނުންވޭ: ވަޒީރު ގީލާ

ދުނިޔޭގެ ނަފުސާނީ ސިއްހަތު ދުވަހުގެ ގޮތުގައި އޮކްޓޫބަރު 10 ވަނަ ދުވަސް ފާހަގަކުރާއިރު، މިއަހަރުގެ ގައުމީ ހަރަކާތްތައް ކުރިއަށްދަނީ ކާށިދޫގަ. މިއަހަރުގެ ޝިޢާރަކީ "ތަޖުރިބާގެ އަޑުކަނުލާ އެހުން: ހަގީގީ އަޑު، ހަގީގީ ބަދަލު"

4 ދުވަސް ކުރިން - 14:38

ކާރިސާތަކުން ރައްކާތެރިވުމަށާއި، ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި

ކާރިސާތަކުން ރައްކާތެރިވުމަށާއި، ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ ބައްދަލުވުމެއް ބާއްވައިފި

މި ބައްދަލުވުމުގައި، ކަމާގުޅޭ އިދާރާތައް ގުޅިގެން ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް ވަނީ މަޝްވަރާކޮށްފަ. މި މަގުޗާޓުގެ މައިގަނޑު އަމާޒަކީ މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ސައިންޓިފިކް ޑޭޓާގެ އަލީގައި ދުރާލާ ފިޔަވަޅުއެޅުމުގެ އިތުރުން، ރާއްޖޭގެ އެންމެ ދުރު ރަށްރަށުގެ އެންމެ ފަހު މީހާއާ ހަމައަށްވެސް ލަސްނުވެ އިންޒާރު ފޯރުކޮށްދީ ރައްކާތެރިކޮށްދިނުން.

4 ދުވަސް ކުރިން - 14:27

އޯޒޯން ދުވަހާ ގުޅިގެން އާޓިފިޝަލް ބީޗުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްދަނީ

އޯޒޯން ދުވަހާ ގުޅިގެން އާޓިފިޝަލް ބީޗުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށްދަނީ

ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިންގެ ކުޅިވަރުތަކާއި، ހިލޭ ގަސް ބެހުމުގެ އިތުރުން 12,000 ބީ.ޓީ.ޔޫ ގެ އެއާ ކޮންޑިޝަނަރެއް ލިބޭ ލަކީ ޑްރޯއެއް މި ޕްރޮގްރާމުގައި ކުރިއަށްދާނެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ތިމާވެށި ހިމާޔަތްކުރުމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުން.

4 ދުވަސް ކުރިން - 10:34

ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި

ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި

ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 08:45 އިން ފެށިގެން މެންދުރުފަހު 14:45 އަށް. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނޭ.

4 ދުވަސް ކުރިން - 10:33

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

އަތޮޅުތަކުގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު"ތައް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

މި މަރުކަޒުތައް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، ލާމަރުކަޒީ އުސޫލުން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތައް މެދުވެރިކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ދަށުން.

5 ދުވަސް ކުރިން - 15:40

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ގާއިމުކުރުމުގެ މަޝްރޫއު ހަލުވިކަމާއެކު ކުރިއަށް

2024 ނޮވެމްބަރުގައި ފެށި މި މަސައްކަތުން މިހާތަނަށް 8 އަތޮޅެއްގެ 9 ރަށެއްގައި ހިދުމަތް ދޭން ފަށާފައިވާއިރު، 2027 ގެ ކުރިން ހުރިހާ ސިޓީއަކާއި އަތޮޅަކަށް ފުޅާކުރާނެ. މިއީ ތެލުގެ އަގުބޮޑުވުމުން ރައްޔިތުންނާއި މަސްވެރިން އުފުލި ތަކުލީފުތަކަށް ހައްލު ހޯދައިދީ، ދަތުރުފަތުރާއި ހަކަތައިގެ ހަރަދު ވަރަށް ބޮޑަށް ކުޑަކޮށްދޭނެ.

5 ދުވަސް ކުރިން - 15:38

ކާރިސާތަކުން ސަލާމަތްވުމުގެ ސަރަހައްދީ ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ކާރިސާތަކުން ސަލާމަތްވުމުގެ ސަރަހައްދީ ޕްރޮގްރާމްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޕްރޮގުރާމު އިފްތިތާހުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގަތީ އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަނާއި ސެކްރެޓަރީ ޖެނެރަލް ސޮފީނާޒް ހަސަން. މިއީ އީޔޫއިން ފަންޑުކުރާ ޕުރޮގުރާމެއް އަދި މި ޕުރޮގުރާމުގެ ދަށުން މޫސުމީ ހިދުމަތްތަކުގެ ބޭނުން ހިފައިގެން ނުރައްކާތަކަށް ބިނާކޮށް ޕްލޭންކުރުމުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ހަމަޖެހިފަވޭ.

5 ދުވަސް ކުރިން - 14:08

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ކުންފުނީގެ ޗެއަރޕާރސަންއަކަށް އައްޔަނުކުރެއްވީ އައްޝައިހް އިއްޒަދީން އަދުނާން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ޔާމީން އިދުރީސް. ކުންފުނީގެ މައި މަގުސަދަކީ ދީނީ ކަންކަމަށް ކުރެވޭ ހޭދަތައް އިތުރުކޮށް، އިސްލާމީ ޝަރީއަތާ އެއްގޮތަށް ވިޔަފާރި ފުޅާކުރުމުގެ ބޮޑެތި ފުރުސަތުތަކެއް ރާއްޖޭގައި ހުޅުވައިދިނުން.

5 ދުވަސް ކުރިން - 13:19

Previous12345Next