މި އޮޕަރޭޝަނުގައި މައިގަނޑު ގޮތެއްގައި ފިޔަވަޅު އަޅަނީ ބާރު ސްޕީޑުގައި ދުއްވުމާއި، ނުރައްކާތެރިކޮށް ދުއްވުމާއި، ސައިލެންސަރު އަޑުގަދަކުރުމާއި، ހުއްދަ ނުނަގައި ރޭސްޖެހުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން ފުލުހުންނަށް ނުކިޔަމަންތެރިވާ ފަރާތްތަކާމެދުގަ.
1 ދުވަސް ކުރިން - 13:35

މިއީ މާލެތެރޭގައި ބަނގުރާ ފޯރުކޮށްދޭ ފަރާތްތައް ދެނެގަތުމަށް ހިންގި އޮޕަރޭޝަނެއް. ފުރަތަމަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާއިން ބަނގުރާ ފެނުނު ކަމަށް ފުލުހުން ބުނެފައިވޭ.
1 ދުވަސް ކުރިން - 09:41

މިއީ ބަނގުރަލާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް. މި މައްސަލައާ ގުޅުންހުރި މައުލޫމާތު މިއަދު ހެނދުނު 9:30 ގައި ފުލުހުން ހިއްސާކުރާނެ.
1 ދުވަސް ކުރިން - 09:30
މި ދެ އެވޯޑަށް ވީ.އައި.އޭ ނޮމިނޭޓްވީ، ސަރަހައްދީ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ހާސިލްކޮށްފައިވާތީ. އެމް.އޭ.ސީ.އެލްއިން ވަނީ ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ވޯޓުދިނުމަށް އެދިފައެވެ. އެވޯޑްތައް ހާމަކުރާނީ މި އަހަރުގެ ފަހުކޮޅުގަ.
1 ދުވަސް ކުރިން - 09:22
ދީނީ އުނގަންނައިދިނުމުގެ ދާއިރާއިން އިލްމީ ގާބިލުކަން އިތުރުކޮށް، މުޅި ރާއްޖޭގައި ޤުރްއާން އުނގަންނައިދިނުމުގެ ގައުމީ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް މީގެ ސަބަބުން އިތުރު ކުރިއެރުމެއް ލިބިގެންދާނެ.
2 ދުވަސް ކުރިން - 16:21
މި އަހަރުގެ ފޯރަމްގެ ޝިއާރާއަކީ "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން". ފޯރަމް ބޭއްވުމަށް ހަމަޖެހިފަވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު. މި މަޝްވަރާތައް ބިނާވެފައިވަނީ ރާއްޖޭގެ މާލީ ބާޒާރުގައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް.
2 ދުވަސް ކުރިން - 16:12
އަލްއައްބާރު ވިދާޅުވީ، މި މަޝްރޫއަކީ ހަމައެކަނި ވަޒީފާގެ ފުރުސަތުތަކެއް ނޫން ކަމަށާއި، މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ސީދާ މަންފާ ލިބި، ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް. މިއީ އީގަލް ހިލްސްއިން ރާއްޖޭގައި ކުރިއަށްގެންދަން ނިންމާފައިވާ ބޮޑު މަޝްރޫއެއް.
2 ދުވަސް ކުރިން - 15:29

ކުރިން ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔަންޖެހޭނެ ކަމަށް ވިދާޅުވި ނަމަވެސް، މިއަދު ޔާމީން މިވަނީ އުނބަށް ޖައްސަވާފަ. އަމިއްލަފުޅު ވެރިކަމުގައި ފާފު އަތޮޅުގައި ހިންގަން އުޅެ ނާކާމިޔާބުވި ބިޔަ މަޝްރޫއު ވާހަކަ މިހާރު އެމަނިކުފާނޔ ނުދައްކަވާ.
2 ދުވަސް ކުރިން - 15:20

ރިސޯޓުތަކަށް ފަހު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ގެސްޓުހައުސްތަކަށް، ދެން ހޮޓާ އަދި ސަފާރީތައް. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން، ދެން ރަޝިއާ އަދި އިނގިރޭސި ވިލާތު. އަދި އެންމެ ގިނަ ފަތުރުވެރިން އެތެރެވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް.
2 ދުވަސް ކުރިން - 13:02
މިރޭގެ ފޯރަމް ކުރިޔަށްދާން ހަމަޖެހިފަވަނީ ތިން ވަޒީރުންނާއެކު ސަލްޓަން ޕާކުގައި. މިހާތަނަށް ކާމިޔާބުކަމާއެކު 8 ފޯރަމް ބޭއްވިފައިވާއިރު، ސުވާލުކުރުމުގެ ފުރުސަތު އެސްއެމްއެސް މެދުވެރިކޮށް، (AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް ސުވާލު ލިޔެ 300 އަށް ކުރެވޭނެ އަދި މީސްމީޑިއާއި ޕީއެސްއެމް އެޕް މެދުވެރިކޮށް ހުޅުވާލާފަވޭ
2 ދުވަސް ކުރިން - 10:52
ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އެކުލަވާލާފައިވާ ގައުމީ އެކްޝަން ޕްލޭނާއި "ބޮގޯޓާ ކޯލް ޓު އެކްޝަން" ގެ ދަށުން އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަން ހާމަކުރެއްވި.
2 ދުވަސް ކުރިން - 10:46

'މޯލްޑިވްސް 2.0' އިސްނެގުމުގެ ދަށުން، ސްޓެމް އަދި ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާތަކުން އަންހެން ކުދިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. އަދި އަންހެން ކުދިންނަށް ކުރާ އިންވެސްޓްމަންޓަކީ ގައުމުގެ ކުރިމަގަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ރައީސް ފާހަގަކުރެއްވި.
2 ދުވަސް ކުރިން - 10:45