މާލޭގެ ކަރަންކާ މަގުގައި މިވަގުތު ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ. މި އޮޕަރޭޝަނަކީ ބަނގުރަލާ ގުޅުންހުރި މައްސަލައަކާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މި އޮޕަރޭޝަން މިވަގުތުވެސް ކުރިއަށްދާ ކަމަށާއި، މި މައްސަލައާ ގުޅުންހުރި މައުލޫމާތު މިއަދު ހެނދުނު 9:30 ގައި ފުލުހުންގެ ފަރާތުން އެ ސަރަހައްދުގައި ލައިވްކޮށް ހިއްސާކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދު ވަނީ ބަންދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.
ފުލުހުންގެ މައުލޫމާތު ލިބުމުން، އިތުރު ތަފްސީލު ހިއްސާކުރާނެއެވެ.




