ރާއްޖޭގެ އެކި އަތޮޅުތަކުގައި ސަރުކާރުގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުކަޒުތަކެއް އުފައްދަވައިފިއެވެ.
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން އުފެއްދެއްވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީގެ ދަށުންނެވެ. މިގޮތުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހުރި ރަށު އަތޮޅުތަކުގައި ވަކިވަކިން މި މަރުކަޒުތައް ވަނީ ގާއިމުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް، ލާމަރުކަޒީ ގާނޫނާ އެއްގޮތަށް އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި މި މަރުކަޒުތަކަށް ބޭނުންވާނެ އިނގިރޭސި ރަސްމީ ނަންތަކާއި މުއައްސަސާ ނަންބަރުތައްވެސް ވަނީ ހަމަޖައްސަވާފައެވެ.



