Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗު 84 ޒުވާނުންނާއެކު ފަށައިފި

ފާތިމަތު އަނަން މުހައްމަދު
ފާތިމަތު އަނަން މުހައްމަދު
13 ގަޑިއިރު ކުރިން - 12 އޮކްޓޫބަރު 2026 14:35
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބެޗުގެ ބައިވެރިން---
ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބެޗުގެ ބައިވެރިން---
ޚުލާސާ

މި ޕްރޮގްރާމުގެ ތެރެއިން ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް (މެރިން މެކޭނިކް، އޭސީ މަރާމާތުކުރުން، ވެލްޑިންގ، އޮޓޯމޯބައިލް، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް) ގެ އިތުރުން ހަށިހެޔޮކަމާއި ލީޑަރޝިޕް އަދި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްކޮށްދެވޭނެ.

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބެޗުގައި ބައިވެރިވާ 84 ދިވެހި ޒުވާނުން، ތަމްރީނުތައް ފެށުމަށްޓަކައި ބ. ކިހާދޫގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފް ސުކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްއަށް ފުރައިފިއެވެ.

16 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ބައިވެރިވެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ތަމްރީނުގެ ތެރެއިން މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، އޮޓޯމޯބައިލް އިންޖިނިއަރިންގ، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ހިމެނޭހެން ސެޓްފިކެޓް ލެވެލް 3 ގެ ހަ ކޯހެއް ކުރިއަށްދާނެއެވެ. ފަންނީ ތައުލީމުގެ އިތުރުން ހަށިހެޔޮކަމާއި އަހްލާގީ މިންގަނޑު ހަރުދަނާކުރުމަށް ފިޒިކަލް ފިޓްނަސް، ސްވިމިންގ، ޑްރިލް، އަދި ކުޅިވަރު ހަރަކާތްތަކާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ލީޑަރޝިޕް ދަސްކޮށްދެވޭނެއެވެ.

Advertisement

Advertisement 1

މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ ފަންނީ ހުނަރުތަކާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ އަދި ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމަކީ މަސައްކަތްތެރި ޒުވާނުން ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކަށައަޅުއްވާފައިވާ އިސް ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ގައުމީ ހަރަކާތެކެވެ.

ވަތަނީ ހިދުމަތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެއް އަހަރު

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެއް އަހަރު

11 ދުވަސް ކުރިން - 10:49

ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

64 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

115 ދުވަސް ކުރިން - 15:11

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

115 ދުވަސް ކުރިން - 15:11