Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
51 ދުވަސް ކުރިން - 19 ޖޫން 2026 15:11
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން---
ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން---
ޚުލާސާ

ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމްގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ މުހިންމު ދާއިރާތަކުން އަމަލީ ހުނަރުތައް އުނގަންނައިދޭނެ.

އަމިއްލަ ނަފުސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ "ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު" ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނަންގަވައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ ބުރު އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ނޭޝަނަލް ސަރވިސް ސްކިލްސް ޓްރޭނިންގ ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަހުލާގީ ގޮތުން ހަރުދަނާ، ފަންނީ ގޮތުން ހުނަރުވެރި، އަދި އިހުލާސްތެރި އަބުރުވެރި ޒުވާނުންތަކެއް މުޖުތަމަޢަށް ނެރުމެވެ.

Advertisement

Advertisement 1

16 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ ސީރީޒްގައި ރާއްޖޭގެ 17 އަތޮޅަކުން ޖުމްލަ 75 ބައިވެރިން ބައިވެރިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ. މި ކޯހުގެ ބައިވެރިން ތަމްރީނުތަކަށް ކިހާދޫއަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 3 ވަނަ ދުވަހުއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކޯހުގެ މުދައްރިބުންނަށް ވައުދު ލައިދިނުމާއި ދަރިވަރުންގެ އަޒުމް އައުކުރުން އޮތެވެ. މުދައްރިބުންނަށް ވައުދު ލައިދެއްވީ ކެޕްޓަން މުހައްމަދު ޝަރީފެވެ. އަދި ދަރިވަރުންގެ އަޒުމް އައުކޮށްދެއްވީ މޭޖަރ ހުސައިން ޝާހިދެވެ.

ހަތަރު މަސްދުވަހުގެ މި ތަމްރީނު ޕްރޮގްރާމްގައި އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ، މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ މުހިންމު ދާއިރާތަކުން އަމަލީ ހުނަރުތައް އުނގަންނައިދޭނެއެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސެޓިފިކެޓެއް ލިބޭނެއެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ އެކި ފަންނީ ދާއިރާތަކުން ގިނަ ދުވަހު އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ބައިވެރިވިއެވެ.

އެމްއެންޑީއެފްވަތަނީ ހިދުމަތް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

ވަޠަނީ ޚިދުމަތުގެ ހަތަރު ވަނަ ބެޗަށް ކުދިން ހޮވުމުގެ މަރުހަލާތައް ފަށައިފި

14 ގަޑިއިރު ކުރިން - 20:14

ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފި

1 ދުވަސް ކުރިން - 23:26

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ސިފައިންގެ ބޭކަލަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެ

ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، ތިން މީހަކު ގެއްލިއްޖެ

4 ދުވަސް ކުރިން - 08:24

ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ވަރުގަދަކޮށްފި

ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ވަރުގަދަކޮށްފި

6 ދުވަސް ކުރިން - 09:14

"ކޯސްޓްގާޑް ޝިޕް އިމާދުއްދީން" މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި

"އިމާދުއްދީން" މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފި

13 ދުވަސް ކުރިން - 07:15

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އާ އިމާރާތް ރައީސް ހުޅުއްވައިދެއްވައިފި

13 ދުވަސް ކުރިން - 13:35