ހުޅުމާލެ ފޭސް 3ގައި މިރޭ ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިރޭ 22:00އާއި 23:30އާ ދެމެދުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 3 ގައި ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ 3 މިނެޓަށް ކަމަށެވެ.

އެމްއެންޑީއެފްއިން މީގެ ކުރިންވެސް، އެކި މުނާސަބާތަކާ ގުޅުވައިގެން މާލެއާއި ބައެއް ރަށްރަށުގައިވެސް ހަވާ އަރުވައިދީފައިވެއެވެ.