Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

"އިސްލާމީ އައިޑެންޓިޓީއާއި ސަރަހައްދީ ނަޒާހާތްތެރިކަން ހިމާޔަތްކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކޮށްފި"

"އިސްލާމީ އައިޑެންޓިޓީއާއި ސަރަހައްދީ ނަޒާހާތްތެރިކަން ހިމާޔަތްކުރުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކޮށްފި"

ވެރިކަމަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި، ގައުމީ ސިޔާދަތާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ހާމަކުރައްވައި ފޮތެއް އިފްތިތާހުކުރައްވި. ޒަކާތު ހައުސްއާއި އައުގާފު ކުންފުނި އުފެއްދުމާއި، އިސްރާއީލާ ގުޅުން ނުބޭއްވުމާއި، ގާނޫނުއަސާސީ މެދުވެރިކޮށް ސަރަހައްދީ ސިޔާދަތާއި ބޭރުގެ އަސްކަރިއްޔާއާ ގުޅޭ ކަންކަން ހަރުދަނާކުރެވުނު.

9 ދުވަސް ކުރިން - 09:33

ދަރަނި ދައްކަން މިއިން ޒަމާނަކު ހޭދަނުކުރާވަރަށް މި 3 އަހަރުތެރޭ ހެދަކޮށްފި

ދަރަނި ދައްކަން މިއިން ޒަމާނަކު ހޭދަނުކުރާވަރަށް މި 3 އަހަރުތެރޭ ހެދަކޮށްފި

ރަންސީ ސްވޮޕާއެކު މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1.45 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކާފައިވާ ކަމަށާއި، މިއީ މީގެ ކުރީގެ 10 އަހަރު ތެރޭގައި ދެއްކި އަދަދަށް ވުރެ 483 މިލިއަން ޑޮލަރު އިތުރު އަދަދެއް ކަމަށް ރައީސް ވިދާޅުވި.

10 ދުވަސް ކުރިން - 22:32

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް އިންވެސްޓްމެންޓެއް ނުގެންނާނެ: ރައީސް

ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް އިންވެސްޓްމެންޓެއް ނުގެންނާނެ: ރައީސް

ރައީސް ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ މާޒީއަށް ބަލައިލުމުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތާ މެދު އެ ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ވަރަށް ސާފުކޮށް ފެންނަން އޮންނާނެ ކަމަށް.

10 ދުވަސް ކުރިން - 22:10

އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރާނެ: ރައީސް

އިސްރާއީލުގެ އެއްވެސް މީހަކަށް ރާއްޖެ ނާދެވޭގޮތަށް ޤާނޫނު އިސްލާޙު ކުރާނެ: ރައީސް

ރައީސްގެ ވާހަކަފުޅުގައި، އިސްރާއީލު ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ޤައުމުތަކާއެކު ދިވެހިރާއްޖެއިން ގުޅުން ބާއްވާނެކަން ފާހަގަކުރެއްވި. އަދި ޤައުމަށާއި ރައްޔިތުންނަށް ލާބައާއި މަންފާ ހުރި ކޮންމެ ކަމެއްގައި އެ ޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި.

10 ދުވަސް ކުރިން - 22:00

ރާއްޖޭގައި އުޅޭ 99 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި: ރައީސް

ރާއްޖޭގައި އުޅޭ 99 އިންސައްތަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނަގައިފި: ރައީސް

މިއީ ޒަމާނުއްސުރެ ރާއްޖޭގައި ހައްލު ނުވެ އޮތް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަން ރައީސް ފާހަގަ ކުރެއްވި.

10 ދުވަސް ކުރިން - 21:15

ސަރުކާރު ކުންފުނިތަކުގެ ފައިދާ %61 އިތުރުވެ ދައުލަތުގެ އާމްދަނީ 36 ބިލިއަނަށް!

ސަރުކާރު ކުންފުނިތަކުގެ ފައިދާ %61 އިތުރުވެ ދައުލަތުގެ އާމްދަނީ 36 ބިލިއަނަށް!

މިއީ ފައިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ ކުރިއެރުމެއް. އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ އެސްއޯއީއަށް ލިބުނު ފައިދާ 61.3 އިންސައްތަ އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އެރުން.

10 ދުވަސް ކުރިން - 20:35

ކީރިތި ގުރްއާނާ ބެހޭ 15 ބުރީގެ ވަގްފު އިމާރާތް 'ދާރުއްނޫރު' އިފްތިތާހުކޮށްފި

ކީރިތި ގުރްއާނާ ބެހޭ 15 ބުރީގެ ވަގްފު އިމާރާތް 'ދާރުއްނޫރު' އިފްތިތާހުކޮށްފި

2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް އެ މިނިސްޓްރީއިން މިހާރު ދަނީ ކުރަމުން. މި މަޝްރޫއުގެ އިތުރުންވެސް، މާލެ ސަރަހައްދުގައި އިތުރު ދެ ވަގްފު އިމާރާތެއްގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފަ.

10 ދުވަސް ކުރިން - 20:33

ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން %60 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމްތަކުގައި ގެއްލުނު ފައިސާގެ ތެރެއިން %60 އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސްގެ، 13 މައްސަލައާއި، ހުއްދަނެތި ހިންގާފައިވާ މުޢާމަލާތްތަކުގެ 9 މައްސަލައާއި، ބުކިންގ ކެންސަލްކޮށް ރީފަންޑް ހޯދުމުގެ 6 މައްސަލައާއި، ކަރަންސީ އެކްސްޗޭންޖްގެ 5 މައްސަލައާއި، އިމްޕަރސަނޭޝަންގެ 4 މައްސަލައިގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 1 މައްސަލަ. ރިޕޯޓުކުރި މައްސަލަތަކުން 402,658.34 ރުފިޔާ އަނބުރާހޯދި.

10 ދުވަސް ކުރިން - 20:31

ފުލުހުންނާ ގުޅިގެން މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށަކަށް ފޮއްދޫ ހެދުމަށް މިނިސްޓަރ އެދިވަޑައިގެންފި

ފުލުހުންނާ ގުޅިގެން މަސްތުވާތަކެތިން ސަލާމަތްވެފައިވާ ރަށަކަށް ފޮއްދޫ ހެދުމަށް މިނިސްޓަރ އެދިވަޑައިގެންފި

ރައްޔިތުންގެ އެއްބާރުލުމާއެކު 16 މަސް ދުވަހުގެ ތެރޭގައި ނިންމި ފޮއްދޫ މަރުކަޒަކީ މި މަޝްރޫއުގެ ދަށުން ހުޅުވުނު ދިހަވަނަ މަރުކަޒުކަން ފާހަގަކުރައްވައި، މިހާރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފައިވާ ކަމަށާއި މި މަޝްރޫއުތަކަށް ސަރުކާރުން 1.1 ބިލިއަން ރުފިޔާ ހޭދަކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި.

10 ދުވަސް ކުރިން - 14:03

ފާއިތުވި ތިން އަހަރު ވީއައިއޭއަށް ގެނެވުނު ބަދަލުތަކަކީ އިގްތިސާދަށް ލިބުނު ކުރިއެރުމެއް

ފާއިތުވި ތިން އަހަރު ވީއައިއޭއަށް ގެނެވުނު ބަދަލުތަކަކީ އިގްތިސާދަށް ލިބުނު ކުރިއެރުމެއް

އައު ބައިނަލްއަގްވާމީ ޕެސެންޖަރ ޓަރމިނަލް (ޓަރމިނަލް 1) އާއި އެތެރޭގެ އުދުހުންތަކަށް ހާއްސަ ޓަރމިނަލް 2 ހުޅުވުމުގެ އިތުރުން، ކާގޯ، ފިއުލް ފާމް އަދި އައު ފަޔަރ ސްޓޭޝަންގެ ހިދުމަތްތައް ފެށުމާއެކު އެއަރޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ވަނީ އެތައް ގުނައެއް މަތިވެފަ.

10 ދުވަސް ކުރިން - 14:02

ރައްޔިތުންގެ ހިޔާލާއި ޝަކުވާ ހުށަހެޅުމަށް "ސިޓިޒަންސް ވޮއިސް" ޕޯޓަލް އިފްތިތާހުކޮށްފި

ރައްޔިތުންގެ ހިޔާލާއި ޝަކުވާ ހުށަހެޅުމަށް "ސިޓިޒަންސް ވޮއިސް" ޕޯޓަލް އިފްތިތާހުކޮށްފި

މިވަގުތު ވެބްސައިޓް މެދުވެރިކޮށް މި ހިދުމަތް ލިބެން ހުރިއިރު، ކައިރި މުސްތަގުބަލެއްގައި މޮބައިލް އެޕްލިކޭޝަނެއް ތައާރަފުކުރާނެ ކަމަށާއި، މިހާރުވެސް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ކޯލް ސެންޓަރުގެ ހިދުމަތް ލިބެމުންދާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދޭ.

10 ދުވަސް ކުރިން - 14:02

ގައުމީ ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދޭ: ރައީސް

ގައުމީ ސަރފިން ސްޓޭޑިއަމްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދޭ: ރައީސް

ބެލުންތެރިން ތިބޭ ސަރަހައްދާއި، މީޑިއާ އޭރިއާ، ކޮމެންޓަރީ ބޮކްސް، ޖިމް އަދި ކޮންފަރެންސް ފެސިލިޓީ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭ މި ސްޓޭޑިއަމްގެ ސަބަބުން ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމުގެ ގާބިލުކަން އިތުރުވެ، ދިވެހި އެތުލީޓުންނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ.

10 ދުވަސް ކުރިން - 14:00

Previous12345Next