އަމީނީމަގުގެ ހަލާކުވި ތާރުގަނޑު ނަގައި ނެޓްވޯކްތައް ތަރުތީބުކޮށް، ދިވެހިރާއްޖޭގެ އަޑުން ދަރުމަވަންތައަށް ތާރުއަޅައި ނިންމައި އާދިއްތަ ދުވަހު ހުޅުވާލުމަށްފަހު، ސެގްމަންޓް 3 ގެ މަސައްކަތް ފެށުމަށް ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފި.
13 ދުވަސް ކުރިން - 18:59
ހުވަނދުމާ ލައުންޖާއި ބޭރުގެ ސަރަހައްދު ބޮޑުކޮށް، ވީއައިޕީ ބޯޑިންގ ގޭޓާއި، ކުޑަކުދިންގެ ކޯނަރަކާއި އަދި ތިމާވެއްޓާ ރައްޓެހި ރީސައިކަލިންގ ނިޒާމެއް ވަނީ ގާއިމުކޮށްފަ. މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން މި ޓަރމިނަލް މެދުވެރިކޮށް ދަތުރުކޮށްފައިވާއިރު، މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް.
13 ދުވަސް ކުރިން - 18:57
މީގެއިތުރުން، ޒަކާތު ފަންޑުގެ އެހީގައި މިހާތަނަށް 28 ކުއްޖަކު ބޯންމެރޯ ހެދުމަށް ފޮނުވާފައިވާއިރު، އަހަރަކު 10 ކުދިންނަށް ޖުމްލަ 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފަރުވާ ދިނުމަށް ވަނީ ހަމަޖެހިފަ. ސަރުކާރުގެ އަމާޒަކީ މިފަދަ ކުދިންނަށް ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުން.
13 ދުވަސް ކުރިން - 18:56

މި ފިޔަވަޅުގެ މައިގަނޑު މަޤުސަދަކީ މަސައްކަތްކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، ކަރަންޓު މެދުކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުން. އަދި ހިދުމަތް މެދުނުކެނޑި ދިނުމަށްޓަކައި، މަގުކޮނުމުގެ މަސައްކަތްތައް ކުރާއިރު ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށް ސްޓެލްކޯއިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ.
13 ދުވަސް ކުރިން - 12:23
20 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓް އަޅައިދޭނެ. ބިން މިލްކުކޮށް ނުދީ، ގިނަވެގެން 99 އަހަރަށް ކުއްޔަށްދޭ މި މަޝްރޫއުން ދައުލަތަށް ބޮޑު އާމްދަނީއެއް ލިބޭއިރު، 54،000 ވަޒީފާ އުފެދި، އަހަރަކު 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ.
13 ދުވަސް ކުރިން - 09:13
އަނގޮޅިތީމުގައި 72 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކޮށް މަރާލާނެ ކަމަށް އިންޒާރުދިން މައްސަލައިގައި 44 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ. އަދި އަނިޔާލިބުނު މީހާއަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާއިރު، ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުން.
14 ދުވަސް ކުރިން - 18:14
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި "ބޮގޯޓާ ކޯލް ޓު އެކްޝަން" ގަރާރުގައި ރާއްޖެއިން ސޮއިކޮށްފި. ރާއްޖެއިން ވަނީ 2024 ގައި ގައުމީ އެކްޝަން ޕްލޭނެއް ހަދައި، ކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމުގެ މަސައްކަތްތައް ކޮށްފަ.
14 ދުވަސް ކުރިން - 18:13

ނިމުނު ހަފްތާގައި 36 ސްކޭމް މައްސަލައަކުން 4.5 ލައްކައަށްވުރެ ގިނަ ރުފިޔާ ގެއްލުނުއިރު، ފުލުހުން ވަނީ 218,645 ރުފިޔާ ހޯދައިދީފަ. އަދި މުއާމަލާތްތައް ކުރުމުގައި ސައްހަކަން ކަށަވަރުކޮށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރޭ.
14 ދުވަސް ކުރިން - 12:20
ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުންފުނިތަކުގެ ވެރިންނާއެކު ވަޒީރު މަޝްވަރާކުރައްވައިފި. ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމާފައިވާއިރު، ކަރަންޓު ކެޕޭސިޓީ އިތުރުކުރުމާއި %33 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް.
14 ދުވަސް ކުރިން - 11:52

ކޭބަލަށް ގެއްލުންވުމުގެ ސަބަބުން ގިނަ ގޭބިސީތަކަކަށާއި ވިޔަފާރިތަކަށް ދަތިތަކާ ކުރިމަތިލާންޖެހޭ. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްތައް ކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަނގަޅަށް ރާވައި، ބިމުގެ އަޑީގައިވާ ކަރަންޓު ވިއުގައަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިން ވަނީ އެދިފަ.
14 ދުވަސް ކުރިން - 10:01
މިއީ ސަރަޙައްދުގެ އެހެން އެއާޕޯޓުތަކާ ވާދަކޮށް ވީއައިއޭ އިން މި ޝަރަފުވެރި އެވޯޑު ހޯދި 13 ވަނަ ފަހަރު. މިއީ އެއާޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކުރެވޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުން.
14 ދުވަސް ކުރިން - 22:42
މީގެ ތިން އަހަރު ކުރިން ހެދި މި މަގު އަލުން މަރާމާތުކުރަނީ ވަޅުގަނޑުތައް ހެދި، ދަތުރުފަތުރަށް ދަތިވުމުން. މި މަޝްރޫޢުގެ ދަށުން ބަސް ހުއްޓިތައް ވަރުގަދަކޮށް ހަދަމުންދާއިރު، މުޅި މަސައްކަތް ނޮވެމްބަރު މަހަށް ނިންމުމަށް ވަނީ ހަމަޖެހިފަ.
14 ދުވަސް ކުރިން - 22:26