Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އޭސީސީގެ އަންނަ އަހަރުގެ ބަޖެޓް 47 މިލިއަން ފަސްލައްކަ ރުފިޔާ!

ހުސައިން އިސްމާއިލް
15 ގަޑިއިރު ކުރިން - 16 ނޮވެންބަރު 2026 13:47
ފޮޓޯ: އޭސިސީ
ފޮޓޯ: އޭސިސީ
ޚުލާސާ

ދައުލަތުގެ ޚަރަދުތައް ކުޑަކޮށް މާލީ އިޞްލާޙުތައް ގެނައުމުގެ ސިޔާސަތުގެ ދަށުން 2027 ވަނަ އަހަރުގެ ބަޖެޓު 7 އިންސައްތަ ކުޑަކޮށްފައިވާއިރު، އެކަށީގެންވާ ބަޖެޓެއް ނުލިބިއްޖެނަމަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ސްޕީޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން އޭސީސީން ވަނީ ފާޅުކޮށްފަ.

2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައިވަނީ 47.5 މިލިއަން ރުފިޔާ (47,500,000 ރުފިޔާ) ކަނޑައަޅައިފިއެވެ.

މި ބަޖެޓުގެ ޚުލާސާ:

ރިކަރަންޓް ޚަރަދު: 47.0 މިލިއަން ރުފިޔާ (މީގެ ތެރެއިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 35.4 މިލިއަން ރުފިޔާ ހިމެނެއެވެ).

Advertisement

Advertisement 1

• ކެޕިޓަލް ޚަރަދު: 0.5 މިލިއަން ރުފިޔާ (500,000 ރުފިޔާ).

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޭސީސީ އަކީ ވަރަށް ޚަރަދު ބޮޑުކޮށް ހިންގާ ކޮމިޝަނަކަށް ވާއިރު، ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ އޮފިޝަލުން ފާހަގަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރުގެ ބަޖެޓު އެކުލަވާލެވިފައިވާ ގޮތުން ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި، އަތޮޅުތެރެއަށް ކުރަންޖެހޭ ތަޙުޤީޤީ ދަތުރުތަކުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީއާއި ތަމްރީނުތައް ހޯދުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެއެވެ. ޚާއްޞަކޮށް ސިވިލް ސަރވިސްއާއި މިނިވަން މުއައްސަސާތަކުގެ މުސާރައިގެ އޮނިގަނޑަށް ގެނައި ހާމަނައިޒޭޝަން ބަދަލުތަކާއެކު މުސާރައިގެ ޚަރަދު ބޮޑުވެފައިވާއިރު، އޮޕަރޭޝަނަލް މަސައްކަތްތަކަށް ކަނޑައެޅިފައިވާ މިންވަރު ކުޑަވުމަކީ ކޮމިޝަނުގެ މަސައްކަތްތައް ހަލުވިކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

މިނިވަން މުއައްސަސާތަކުގެ ބަޖެޓުތައް ދިރާސާކުރުމުގެ މަރުޙަލާގައި، އޭސީސީގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެހެނިހެން މުއައްސަސާތަކުންވެސް ވަނީ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހުރި ދަތިތައް މަޖިލީހުގެ ކޮމިޓީއާ ހިއްސާކޮށްފައެވެ. އެގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް މާލީ އިޞްލާޙުތައް ގެނައުމުގެ ސިޔާސަތުގެ ދަށުން 2027 ވަނަ އަހަރުގެ ބަޖެޓު 7 އިންސައްތަ ކުޑަކޮށްފައިވާއިރު، އެކަށީގެންވާ ބަޖެޓެއް ނުލިބިއްޖެނަމަ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމުގެ ސްޕީޑަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން އޭސީސީން ވަނީ ފާޅުކޮށްފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ބަޖެޓްބަޖެޓް 2027
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބޮޑުބައި ކަނޑައެޅީ ސިއްހަތާއި އިންސާނީ ތަރައްގީގެ ހިދުމަތްތަކަށް

ބޮޑުބައި ކަނޑައެޅީ ސިއްހަތާއި އިންސާނީ ތަރައްގީގެ ހިދުމަތްތަކަށް

9 ދުވަސް ކުރިން - 11:33

ކޮރަޕްޝަން ތަހުގީގުކުރާނެ ފަންނީ އިންވެސްޓިގޭޓަރުން ބިނާކުރަން ޑިޕްލޮމާ ކޯހެއް ފަށަނީ

ކޮރަޕްޝަން ތަހުގީގުކުރާނެ ފަންނީ އިންވެސްޓިގޭޓަރުން ބިނާކުރަން ޑިޕްލޮމާ ކޯހެއް ފަށަނީ

11 ދުވަސް ކުރިން - 15:34

ރަސްމާލެ މަޝްރޫއާއެކު ދައުލަތުގެ އާމްދަނީ 40 ބިލިއަނުން 170 ބިލިއަނަށް!

ރަސްމާލެ މަޝްރޫއާއެކު ދައުލަތުގެ އާމްދަނީ 40 ބިލިއަނުން 170 ބިލިއަނަށް!

46 ދުވަސް ކުރިން - 11:00

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

83 ދުވަސް ކުރިން - 11:16

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

ފެނެކައިގެ ޕްރޮމޯޝަންތަކުގެ މައްސަލަ އޭސީސީއާއި ފުލުހަށް ހުށަހަޅަން ފާސްކޮށްފި

105 ދުވަސް ކުރިން - 14:32

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ 60 އިންސައްތަ ލިބިއްޖެ

106 ދުވަސް ކުރިން - 16:07