Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އައިޝަތު ރުވާ ރިފްޢަތު
10 ގަޑިއިރު ކުރިން - 25 އޯގަސްޓް 2026 11:16
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ)، ރައީސް އަބްދުﷲ ޔާމީން (ވ)---
ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ)، ރައީސް އަބްދުﷲ ޔާމީން (ވ)---
ޚުލާސާ

އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގެ ސިޔާސީ އަދި ދަޢުލަތުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް ގެނުވި މައްސަލައަކަށް ވީނަމަވެސް، މިހާތަނަށް ކުރެވުނު ހުރިހާ ރަސްމީ ތަހުގީގުތަތަކުންނާއި ލިޔެކިޔުންތަކުން ސާފުވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މި ހިޔާނާތުގެ އެއްވެސް އަމަލެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ބޭފުޅެއްކަން.

ދިވެހިރާއްޖޭގެ ޒަމާނީ ތާރީހުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގެ ރަސްމީ ތަހުގީގުތަކުންނާއި، އެކުލަވާލެވުނު އެއްވެސް ލިސްޓަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެއްވެސް ބައިވެރިވުމެއް ނެތެވެ. މިކަމުން ވެސް ދޭހަކޮށްދެނީ އެމަނިކުފާނަކީ ކޮރަޕްޝަނާ ދެކޮޅު ފަސްބައި ރީތި ލީޑަރެއް ކަމެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި، ރިޔާސީ ކޮމިޝަނާއި، ފުލުހުން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ކުރިއަށްގެންދިޔަ ތަހުގީގުތަކަށް ފަހު އެކުލަވާލި ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުތަކުގައި ރައީސް ޑރ. މުއިއްޒުގެ ނަންފުޅު ހިމެނިފައެއް ނުވެއެވެ. އަދި އެމަނިކުފާނާ ދެކޮޅަށް އެއްވެސް އިތުބާރު ހުރި ހެއްކެއް ލިބިފައި ނުވާއިރު، އެއްވެސް ދައުވާއެއް ނުވަތަ ހުކުމެއްވެސް އައިސްފައެއް ނުވެއެވެ. މީގެއިތުރުން، ސޯޝަލް މީޑިއާގައި އެމަނިކުފާނާ ގުޅުވައިގެން ދައުރުކުރި ލިޔުމަކީ ފޯޖުކޮށްފައިވާ ފޭކް ލިޔުމެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފަސްމަންޒަރު

Advertisement

Advertisement 1

2014 އާއި 2015 ވަނަ އަހަރާ ދެމެދު ހިނގައިދިޔަ މި ހިޔާނާތަކީ ފަތުރުވެރިކަމަށް ރަށްތަކާއި ފަޅުތައް ދޫކުރުމުގެ ނަމުގައި ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި މައްސަލައެކެވެ. އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތު އިސްކޮށް ތިއްބަވައިގެން، ބިޑުކުރުމަކާ ނުލައި 50 އަށް ވުރެ ގިނަ ރަށާއި ފަޅު ދޫކޮށް، ދައުލަތަށް ލިބެންޖެހޭ 77 އާއި 97 މިލިއަން ޑޮލަރާ ދެމެދުގެ ފައިސާ ވަނީ އެސްއޯއެފް ފަދަ އަމިއްލަ ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

މި ހިޔާނާތުގެ ސީދާ ގެއްލުން 91 މިލިއަން ޑޮލަރަށް އަރާއިރު، މާކެޓް އަގަށް ވުރެ ކުޑަކޮށް ދޫކުރުމުން ލިބުނު ގެއްލުންތަކާއެކު ޖުމްލަ ގެއްލުން 220 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި ފައިސާ ވަނީ އޭރުގެ ސިޔާސީ ބޭނުންތަކަށާއި، މަޖިލިސް މެންބަރުންނާއި، ފަނޑިޔާރުން އަދި ސަލާމަތީ ހިދުމަތްތަކުގެ އިސްވެރިންނަށް ރިޝްވަތު ދިނުމަށް ބޭނުންކޮށްފައެވެ. ތަހުގީގުތަކުން ހިޔާނާތުގެ ފައިދާ ލިބުނު 280 އަށް ވުރެ ގިނަ ފަރާތް ވަނީ ދެނެގަނެވިފައެވެ.

ކުރީގެ ރައީސް ޔާމީންގެ ދައުރާއި އެހެނިހެން ވެރިންގެ ބައިވެރިވުން

މި ހިޔާނާތް ހިނގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޮޑިޓް ރިޕޯޓްތަކުންނާއި ތަހުގީގުތަކުން ދައްކާ ގޮތުގައި ރައީސް އޮފީހުގެ ބައިވެރިވުމާއެކު ރަށްތައް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރެވުނެވެ. ގއ. ވޮޑަމުލާ އަދި ވ. އާރަށް ފަދަ މައްސަލަތަކުގައި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑްރިންގގެ ދައުވާ އުފުލި، ދަށު ކޯޓުތަކުން ހުކުމްވެސް އިއްވިއެވެ. މީގެއިތުރުން، އޭރުގެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރަކާއި، ސަރުކާރުގެ އިސް ވެރިންނާއި އެކި ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކަށް މި ފައިސާ ލިބިފައިވާކަން ވަނީ ހާމަވެފައެވެ.

ޑރ. މުހައްމަދު މުއިއްޒުގެ މަގާމާއި ބައިވެރިވުމެއް ނެތްކަން

އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގި މުއްދަތުގައި (2014-2015) ޑރ. މުހައްމަދު މުއިއްޒު އަދާކުރައްވަމުން ގެންދެވީ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރުގެ މަގާމެވެ. އެމަނިކުފާނުގެ މަސްއޫލިއްޔަތަކީ ބޯހިޔާވަހިކަމާއި، ބިމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމެވެ. ފަތުރުވެރިކަމުގެ ބިންތައް ދޫކުރުމާއި އެމްއެމްޕީއާރުސީގެ ކަންކަމަކީ ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ކަންކަމެވެ.

2019 އިން 2021 އަށް އެމްޑީޕީގެ ސަރުކާރުގައި އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނާއި މަޖިލީހުގެ ޖޮއިންޓް ކޮމިޓީގެ އެއްވެސް ލިސްޓެއްގައި ޑރ. މުއިއްޒުގެ ނަންފުޅެއް ނެތެވެ. އަދި އޭސީސީ، ޕީޖީ ނުވަތަ ކޯޓު މަރުހަލާއެއްގައިވެސް އެމަނިކުފާނުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވިފައެއް ނުވެއެވެ. މީސްމީޑިއާގައި އެމަނިކުފާނަށް 14 މިލިއަން ރުފިޔާ ލިބުނު ކަމަށް ބުނެ ދައުރުކުރި ލިޔުމަކީވެސް ފުލުހުން ތަހުގީގުކޮށް ބާތިލުކޮށްފައިވާ އެއްޗެކެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ސިޔާސަތު

ނޮވެމްބަރު 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްއެމްޕީއާރުސީގެ ގެއްލިފައިވާ ފައިސާތައް ދައުލަތަށް އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި "ދެވަނަ އެމްއެމްޕީއާރުސީ" އެއް އުފަންވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

މީގެއިތުރުން، މި މައްސަލައިގައި އިސްކޮށް އުޅުނު ފަރާތްތަކާއެކު ކުރީގެ ސަރުކާރުން ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުންތައް ބާތިލުކޮށް، ތަހުގީގުތައް އަލުން ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށްވެސް ސަރުކާރުން ވަނީ މަރުހަބާ ކިޔާފައެވެ.

އެމްއެމްޕީއާރުސީރައީސް ޑރ. މުހައްމަދު މުއިއްޒުކޮރަޕްޝަންއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ރައީސް ޔާމީންއަހްމަދު އަދީބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

23 ގަޑިއިރު ކުރިން - 23:03

ރައީސް މުޢިއްޒު އަކީ ނަތިޖާ ނެރެދެއްވާ ލީޑަރެއް: އދ. ގެ މަންދޫބު ރަބާބް ފާތިމާ

ރައީސް މުޢިއްޒަކީ ނަތިޖާ ނެރެދެއްވާ ލީޑަރެއް: އދ. ގެ ރަބާބް ފާތިމާ

1 ދުވަސް ކުރިން - 08:21

ކުދި ޖަޒީރާ ގައުމުތަކަކީ އާ އީޖާދުތަކާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ: ރައީސް

"ކުދި ޖަޒީރާ ގައުމުތަކަކީ އާ އީޖާދުތަކާއި ވިޔަފާރީގެ މަރުކަޒުތަކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭ"

2 ދުވަސް ކުރިން - 19:30

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

އާ ޓޫރިސްމް ޕޮލިސީތަކާއެކު ރާއްޖެއަށް އޮތީ ކުރިއެރުންކަމުގައި ބައްސާމް އާދަމް ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 17:46

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

2 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

3 ދުވަސް ކުރިން - 18:55