މިނިސްޓަރު ފެންވަރުގައި މުލިއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި އިގްބާލް އާދަމާއި، ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މުހައްމަދު ވަހީދުގެ އިތުރުން، އެމް.ޓީ.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ހުސައިން ހަނީފް އެ މަގާމުތަކުން ވަކިކުރައްވައިފިއެވެ.
މި ބޭފުޅުން މަގާމުން ވަކިކުރެއްވި ސަބަބާ ގުޅޭގޮތުން ރަސްމީ އިދާރާއަކުން އަދި މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވި ނަމަވެސް މިކަން ޚުލާސާއަށް ވަނީ ކަށަވަރުވެފައެވެ.
މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ އިތުރުން އެމްޓީސީސީގެ ޗެއަރމަން ކުރައްވާފައިވާ އިގްބާލް، މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް އައްޔަނުކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.




