މިއަހަރުގެ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް 6000 އަށްވުރެ ގިނަ ތަކެތި ރަޖިސްޓްރީކޮށްފައިވާއިރު، އޮކްޓޯބަރު 7 އިން ފެށިގެން ސެންޓްރަލް ޕާކުގައި ތަކެތި ބަލައިގަންނާނެ. 7 ޑިސްޓްރިކްޓާއެކު މައުރަޒު އޮންނާނީ އޮކްޓޯބަރު 25 އިން ނޮވެމްބަރު 2 އަށް.
15 ދުވަސް ކުރިން - 16:22
މަސްތުވާތަކެތީގެ 24 ނެޓްވޯކެއްގެ މައްސަލަ ބަލައި، 1.3 ޓަނުގެ ޑްރަގާއި 17 ޑްރަގް ކެފޭ ބަންދުކޮށް، ގޭންގުތަކަށް އަމާޒުކޮށް 52 އޮޕަރޭޝަން ހިންގައި 517 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ. މީގެ އިތުރުން ޑްރަގް ވިޔަފާރިއާ ގުޅުންހުރި އެތައް މިލިއަން ރުފިޔާއަކާއި ޑޮލަރެއް ވަނީ އަތުލާފަ.
15 ދުވަސް ކުރިން - 15:57
ރަސްސްމާލޭގެ 500 ހެކްޓަރުގައި 20 ބިލިއަން ޑޮލަރުގެ މި މަޝްރޫޢުގައި ހޮޓާތަކާއި، ރެޒިޑެންސްތަކާއި މެރީނާއެއް ހިމެނެއެވެ. 2027 ގައި ފަށާ މި މަޝްރޫޢުން ދިވެހިންނަށް ގިނަ ވަޒީފާތަކާއި، ބޯހިޔާވަހިކަން އަދި ސަރުކާރަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ. އަދި ދިވެހިންނަށް ވެސް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ.
15 ދުވަސް ކުރިން - 15:13
ނޮވެމްބަރު 28 ގައި ބާއްވާ ފަލަސްތީނުގެ އިންތިހާބަށް ޣަ އްޒާގައި މަދަރުސާތައް ފާހަގަކޮށް، ކެންޑިޑޭޓުން ނަން ހުށަހަޅައި، ބަދަލު އިންތިޒާމުތައް ރާވަމުންދާއިރު، ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ ދުނިޔެއަށް ވަނީ ގޮވާލާފަ.
15 ދުވަސް ކުރިން - 10:51
މީގެއިތުރުން، ދިވެހި މެޑިކަލް ދަރިވަރުންނަށް އިންޓަރންޝިޕް ފުރުސަތުތައް ފަހިކޮށްދިނުމަށާއި، 100 މިލިއަން ޑޮލަރުގެ ކަރަންސީ ސޮވޮޕް އަދި ވިޔަފާރީގެ ހާއްސަ އެއްބަސްވުމުގެ މަސައްކަތް އަވަސްކުރުމަށް ވަނީ ނިންމާފަ. ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މިހާރު ދަނީ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލަމުން.
15 ދުވަސް ކުރިން - 09:59
ހައިކޯޓުގެ އިސް ގާޒީ ހާތިފް ހިލްމީ ވިދާޅުވީ، ރަސްމާލޭ ބޭރުގެ ފަރާތަކަށް ކުއްޔަށް ދިނުމަކީ އާ ކަމެއް ނޫން ކަމަށާއި، މީގެ ކުރިން އެމްބޫދޫ ފަޅާއި ގުޅީފަޅު ފަދަ ތަންތަން ބޭރުގެ ކުންފުނިތަކަށް ދީފައިވާ ކަން އޭނާ ފާހަގަކުރެއްވި.
16 ދުވަސް ކުރިން - 20:45
މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން، ހިނގަމުންދާ މަޝްރޫއުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރި.
16 ދުވަސް ކުރިން - 19:46
ކުދި ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްގީވެފައިވާ ގައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ މުހިންމުކަން ނައިބު ރައީސް ވަނީ މި ސަމިޓުގައި ފާހަގަކުރައްވާފައި.
16 ދުވަސް ކުރިން - 19:24
އިންޑިއާގެ އުއްތަރު ޕްރަދޭޝްއިން އެކަނިވެސް 56 މީހުން މަރުވެ، 1,000 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިފައިވާއިރު، އެ ސަރަޙައްދުގެ މައި ކޯރުތަކުގެ ފެންގަނޑު ވަނީ ނުރައްކާތެރި މިންގަނޑަށްވުރެ މައްޗަށް އަރާފަ. ނޭޕާލްގައި ވިއްސާރައިގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަޙައްދުތަކުގެ ކަރަންޓާއި މުއާސަލާތީ ހިދުމަތްތަކަށް ވަނީ ބުރޫއަރާފަ.
16 ދުވަސް ކުރިން - 16:50
އިންޑިއާގެ އުއްތަރު ޕްރަދޭޝްއިން 15 މީހުން މަރުވެ 117 ގެއަކަށް ގެއްލުން ލިބިފައިވާއިރު، ނޭޕާލްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާއެއްގައި 3 ކުޑަކުދިން ހިމެނޭހެން 4 މީހުން ވަނީ މަރުވެފަ.
16 ދުވަސް ކުރިން - 16:43
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށްޓަކައި، 08 ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ "މޯލްޑިވްސް ސައިން ލެންގުއޭޖް ވޮކިބިއުލަރީ ޑިވެލޮޕްމަންޓް ވޯކްޝަޕް" ފަށައިފި. އަދި ސަރުކާރުން ދަނީ ތަމްރީނުތަކާއި އެމްޕަވަރމަންޓް ހަބެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން.
16 ދުވަސް ކުރިން - 16:43
ޒަމާނީ ޑިޖިޓަލް ޓެކްނޮލޮޖީއާއި އޭއައި ބޭނުންކުރުމުގައި، ދިވެހި މެހެމާންދާރީގެ އިންސާނީ ގާތްކަމާއި ގުދުރަތީ ރީތިކަމަށް އެއްވެސް އުނިކަމެއް ނުލިބޭނެހެން އެކަންކަން ބައްޓަންކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި. އަދި ޑިޖިޓަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކުރުމަށާއި، މީހުން ބިނާކުރުމަށް އިންވެސްޓްކުރުން ކޮންމެހެން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި.
16 ދުވަސް ކުރިން - 15:07