ޖެޓީގެ ވިންޗް ފައުންޑޭޝަން ކޮންކްރީޓާއި، ރެސްކިއު ސަރަޙައްދުގައި ގާ އެތުރުމާއި، ދަގަނޑު އެޅުމުގެ އިތުރުން ކޮންކްރީޓް ކުރުމުގެ މުހިންމު މަސައްކަތްތައް އެމްޓީސީސީން މިހާރު ވަނީ ނިންމާލާފަ. އައު ފަޔަރ ސްޓޭޝަނާ ގުޅިފައިވާ މި ޖެޓީގައި ކަނޑު އުޅަނދު ހިމެނޭހެން ފަސް ފަޔަރ ވެހިކަލްގެ ޖާގަ ހުރޭ.
16 ދުވަސް ކުރިން - 14:10
ޖިމް ގާއިމުކޮށް ނިމުނު 7 ރަށަކީ އއ. ފެރިދޫ، އއ. އުކުޅަސް، އދ. ދިގުރަށް، އދ. ފެންފުށި، އދ. މާމިގިލި، އދ. މަންދޫ އަދި ބ. ގޮއިދޫ. ނުނިމިހުރި އެހެން ރަށްރަށުގެ ޖިމްތައްވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް އެޗްޑީސީން ދަނީ މަސައްކަތްކުރަމުން.
16 ދުވަސް ކުރިން - 14:09
މާލޭގެ ތޮއްޖެހުމުން ސަލާމަތްވާން އެތައް ރައްޔިތުންނެއް ރަސްމާލެއަށް އިންތިޒާރުކުރާއިރު، އީގަލް ހިލްސްއާ އެކު ވެވުނު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ ގައުމު ވިއްކާލުމެއް ނޫން. އެއީ ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް އިގްތިސާދަށް ބޮޑު އިންވެސްޓްމަންޓެއް ގެނެސްދޭ ބައިވެރިވުމެއް. މިފަދަ ވާހަކަތަކުން ގައުމީ ތަރައްޤީއަކަށް ހުރަހެއް ނޭޅޭނެ.
17 ދުވަސް ކުރިން - 21:07
ބައިނަލްއަޤުވާމީ ދުނިޔޭގައި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުން އިތުރުކުރުމަށާއި، އދ. ގެ ފުރިހަމަ މެންބަރު ގައުމަކަށް ފަލަސްތީނު ހެދުމަށް ހުރިހާ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ވަނީ ގޮވާލައިފައި.
17 ދުވަސް ކުރިން - 20:58
އުސޫލުން ބޭރުން އެތަން ހުޅުވާފައިވާ ކަމަށް އެ މިނިސްޓްރީން ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުން އެތަނަށް ގޮސް ބަލައި ފާސްކޮށްފައިވާކަމަށާއި އަދި ފުލުހުންގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުން ލިޔެކިޔުންތައް ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަމަށް ފުލުހުން ހާމަކުރި.
17 ދުވަސް ކުރިން - 20:36
އެއްވެސް ލޯނެއް އަދި ސޮވަރިން ގެރެންޓީއަކާ ނުލައި ހުޅުމާލޭގައި 5،000 ހައުސިންގ ޔުނިޓު ޑިވެލޮޕަރު އަޅައިދޭއިރު، ފައިދާގެ ބޮޑު އިންސައްތައެއް ދައުލަތަށް ލިބޭނެ. ރައީސް މުޢިއްޒު ވަނީ މި މަޝްރޫޢު ކުރިއަށްދާނީ ޤާނޫނުއަސާސީއާ އެއްގޮތަށް ކަމުގެ ޔަޤީންކަން ދެއްވާފަ.
17 ދުވަސް ކުރިން - 19:56
ސީރީޒް ނެރޭ ދުވަހު ފުރަތަމަ ދެ އެޕިސޯޑު ގެނެސްދޭނެ. އަދި އޭގެ ފަހުން ކޮންމެ ހަފުތާއަކު އާ އެޕިސޯޑެއް މީޑިއާނެޓްގެ އެޕްތައް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބޭ ބެލުންތެރިންނަށްވެސް ފަސޭހައިން ލިބޭނެ.
17 ދުވަސް ކުރިން - 15:36
މި މަޝްރޫޢުގެ ދަށުން ކުއްޔަށް ދެވޭ ތަންތަނުގެ އާމްދަނީގެ 10 އިންސައްތައާއި، މުދާ ވިއްކުމުން ލިބޭ އާމްދަނީގެ 4 އިންސައްތައިގެ އިތުރުން ޓޫރިޒަމް ޓެކްސްތައް ދައުލަތަށް ލިބޭނެ.
17 ދުވަސް ކުރިން - 14:46
ދީނީ ދައުވަތުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކަށް ބޭނުންވާ ސްޓޫޑިއޯތަކާއި ގުރުއާން ކުލާސްތަކަށް ބޭނުންވާ ސާމާނު ފަދަ ތަކެތި ހޯދައިދިނުމަށް ފާއިތުވެދިޔަ ދެ އަހަރު 1.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.
17 ދުވަސް ކުރިން - 14:28
ދަރަނީގެ ނުރައްކާތަކުގެ ސަބަބުން ތަރައްގީއަށް އިންވެސްޓްކުރުމަށް ހުރަސްއެޅޭކަން ފާހަގަކުރައްވައި، ކޮޕް31 ގެ ވައުދުތައް އަމަލީ ސިފައަކަށް ބަދަލުކުރުމަށް ބާރުއެޅުމަށް ގޮވާލެއްވި. އިލްމާއި ޓެކްނޮލޮޖީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި ގާބިލުކަން އިތުރުކުރުމުގެ ދާއިރާއިން ބައިނަލްއަގްވާމީ އެއްބާރުލުން ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވި.
17 ދުވަސް ކުރިން - 14:25
ކުދި ގައުމުތަކަށް މިއަދު ކުރިމަތިވެފައިވާ ނުރައްކާތަކުގެ ސިފަ ބަދަލުވެ، ސަޕްލައި ޗެއިންތަކާއި، މާލީ ބާޒާރުތަކާއި، ޑިޖިޓަލް ނެޓްވޯކްތަކާއި ޓެކްނޮލޮޖީގެ ޒަރީއާއިން ނުފޫޒު ފެތުރެމުންދާކަން ފާހަގަކުރެއްވި. އަދި ސަލާމަތީ މަޖިލިސް ފުޅާކޮށް ސިޑްސް ގައުމުތަކަށް ދާއިމީ ގޮތެއްގައި ގޮނޑިއެއް ލިބޭނެގޮތް ހެދުމަށާއި، ވީޓޯކުރުމުގެ ބާރު އުވާލުމަށް ގޮވާލެއްވި.
17 ދުވަސް ކުރިން - 14:25
99 އަހަރަށް ދެވޭގޮތަށް ޔާމީނު ދޫކުރި ފަޅުތަކާއި ސޯލިހު ދޫކުރި ފަޅުތަކަށް ބަލާއިރު، ޕީޕީއެމް ވެރިކަމުގައި އެނބޫދޫ ފިނޮޅުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނީ 40 މިލިއަން ޑޮލަރު. އެމްޑީޕީ ވެރިކަމުގައި އައިލާ މަޝްރޫއުން އެންމެ 27 މިލިއަން ޑޮލަރު ލިބުނުއިރު، އަމާން މަޝްރޫއުން ލިބުނީ 38 މިލިއަން
17 ދުވަސް ކުރިން - 07:30