Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ފަލަސްތީނުގެ މިނިވަންކަމަށް އޮތް ތާއީދަށް ބަދަލެއް ނާންނާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
23 މިނެޓު ކުރިން - 15 ނޮވެންބަރު 2026 09:12
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ކުޅުންތެރިންނާއެކު ރައީސް މިދިޔަ އަހަރު ބައްދަލުކުރެއްވި. / ފޮޓޯ: ރައީސް އޮފީސް

ޚުލާސާ

ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ވަނީ އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފަ. ރައީސްގެ މެސެޖުގައި، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ޝަރުތަކާ ނުލައި ފުރިހަމައަށް ތާއީދުކުރާނެ ކަމަށް ވިދާޅުވި.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެ ގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތްތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ ފަލަސްތީނުގެ މިނިވަންކަން އިއުލާނުކުރިތާ 38 އަހަރު ފުރުމުގެ މުނާސަބަތުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްތީނުގެ މިނިވަން ދުވަހުގެ ހެޔޮއެދުންތައް އެ ގައުމުގެ ރައީސް މަހްމޫދު އައްބާސް އަށާއި، ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު މުސްތަފާގެ އިތުރުން އަހުވަންތަ ފަލަސްތީނުގެ އެންމެހައި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.

Advertisement

Advertisement 1

މި ތާރީހީ މުނާސަބަތުގައި ރައީސް ވިދާޅުވީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިގެން އުފެދޭ މިނިވަން، މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް އެންމެން ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށް ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ އެއްބާރުލުމާއި ޝަރުތަކާ ނުލައި ދޭ ތާއީދު އަބަދުވެސް ލިބެމުންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ "ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްތީނު މިނިވަންވާނެ" ކަމަށް ވިދާޅުވެ، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލަމުންދާ މަޝްހޫރު ޝިއާރުންނެވެ.

ދިވެހިރާއްޖެއަކީ އަބަދުވެސް ބައިނަލްއަގުވާމީ މައިދާނުގައި ފަލަސްތީނުގެ ހައްގުތައް ހިމާޔަތްކުރުމަށާއި، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާ ދެކޮޅަށް ވަރުގަދައަށް ވަކާލާތުކުރަމުން އަންނަ ގައުމެކެވެ.

ފަލަސްތީންރައީސް ޑރ. މުހައްމަދު މުއިއްޒުގުދުސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

5 މިނެޓު ކުރިން - 09:31

ދިވެހިރާއްޖެއަށް ގެންނަވަނީ މާއްދީ އަދި ފިކުރީ ތަރައްގީ: ރައީސް

10 ގަޑިއިރު ކުރިން - 23:35

ދިވެހީންގެ ރިވެތި އަހުލާގާއި އިހުތިރާމުކުރުމުގެ އާދަ ދިރުވައިއެޅުމަށް ރައީސް އިލްތިމާސްކުރައްވައިފި

10 ގަޑިއިރު ކުރިން - 23:31

"ދިވެހިންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫހަކީ އެކަކު އަނެކަކަށް އިހުތިރާމްކުރުން"

11 ގަޑިއިރު ކުރިން - 22:26

"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފި

11 ގަޑިއިރު ކުރިން - 21:42

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފްތިތާހުކުރުން މިރޭ މާފަންނު ޓްރެކް ދަނޑުގައި

13 ގަޑިއިރު ކުރިން - 19:52