Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

މުއްސަނދިންގެ ޕްރައިވެޓް ވިލާތަކުގެ ޒަމާން ނިމިއްޖެ، މިއީ 8،000 އާއިލާގެ ރަސްމާލެ!

މުއްސަނދިންގެ ޕްރައިވެޓް ވިލާތަކުގެ ޒަމާން ނިމިއްޖެ، މިއީ 8،000 އާއިލާގެ ރަސްމާލެ!

އެމްޑީޕީ ވެރިކަމުގައި ދޫކުރި އައިލާ މަޝްރޫއުގައި ހިމެނެނީ އެންމެ 30 ޕްރައިވެޓް ވިލާ. އަދި އަމާން މަޝްރޫއުގައި ހިމެނެނީ އެންމެ 54 ވިލާ. މިއީ އާންމު ރައްޔިތުންނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބޭނެ ތަންތަނެއް ނޫން. އޭގެ ބަދަލުގައި، ރަސްމާލެ މަޝްރޫއުގެ ދަށުން 8،000 ރިއަލް އެސްޓޭޓް ޔުނިޓް ތަރައްގީކުރެވިގެންދާނެ.

17 ދުވަސް ކުރިން - 07:00

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

20 އަހަރުގެ މާސްޓާޕްލޭން ގާނޫނީގޮތުން ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

މިމާސްޓާޕްލޭނާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ސަބަބު ބަޔާންކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސްޓޭޖުގައި އެ ވާހަކަ ދެއްކެވުމުގެ މައިގަނޑު ބޭނުމަކީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެފައިވާ ގައުމަކަށް ވުމަށް މަސައްކަތްކުރާކަން ދުނިޔެއަށް ދައްކުވައިދިނުންކަމަށް.

17 ދުވަސް ކުރިން - 00:45

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

ރަސްމާލެއިން ބޭރުގެ ފަރާތްތަކަށް ބިން މިލްކެއް ނުކުރެވޭނެ: ރައީސް

ރައީސް ވިދާޅުވީ، ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް ކަމަށާއި ސަރުކާރުން އެއްވެސް ލޯނެއް އަދި ހާއްސަ އިނާޔަތެއް ނުދޭނެ ކަމަށް. އަދި ބިން ހިއްކުމުގެ ބޮޑުބައި ނިމިފައިވާއިރު، ރައްޔިތުންނަށްދޭ ގޯއްޗަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި. މީގެއިތުރުން އިމްތިހާނު ހަދާ ދަރިވަރުން ވަގުތު ރަނގަޅަށް މެނޭޖްކުރުމަށްވެސް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި.

18 ދުވަސް ކުރިން - 23:04

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުމުގެ ތެރެއިން އުޖާލާ މުސްތަގްބަލަކަށް މަގު ތަނަވަސްވަނީ: ރައީސް

ޗައިނާގެ ގައުމީ ދުވަހުގެ ހަފްލާގައި އެމަނިކުފާނު ވަނީ ދެގައުމުގެ އެއްބާރުލުމާއި ސުލްހަވެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ. ދުނިޔޭގެ މައިދާނުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުތަކުން ގުޅިގެން މަސައްކަތް ކޮށްގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވި.

18 ދުވަސް ކުރިން - 15:25

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރަށާއި އެމަނިކުފާނުގެ އާއިލާއަށް އިހްލާސްތެރި ތައުޒިޔާ އަރިސްކުރައްވައި، މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވާފައިވޭ.

18 ދުވަސް ކުރިން - 14:46

ޕިންކް ރިބަން ރަން 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޕިންކް ރިބަން ރަން 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އޮކްޓޫބަރު 24 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ރަންގެ ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30. މި ހަރަކާތުން ލިބޭ ފައިސާ ބޭނުންކުރާނީ ހޭލުންތެރިކުރުވުމާއި ހިލޭ ސްކްރީންކުރުމަށް. ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށާއި ނުވަތަ ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ހަނދާނުގައި ހާއްސަ ބިބް ބޭނުންކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ.

18 ދުވަސް ކުރިން - 14:21

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

ނަތަންޔާހޫ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދުން މަޖިލީހުގެ ހޯލުން ނިކުމެއްޖެ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެންނެވި މި އިހުތިޖާޖުގައި އެހެން ގައުމުތައްވެސް ބައިވެރިވި. ރާއްޖެއިން ވަނީ އިސްރާއީލުގެ އުދުވާންތައް ކުށްވެރިކޮށް، އެ ގައުމު ޖަވާބުދާރީ ކުރުވުމަށް އަނެއްކާވެސް ގޮވާލާފަ.

18 ދުވަސް ކުރިން - 13:37

ކެމްބްރިޖް އިމްތިހާނަށް މުހިންމު ބަދަލުތަކެއް

ކެމްބްރިޖް އިމްތިހާނަށް މުހިންމު ބަދަލުތަކެއް

މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާއާއެކު ދަރިވަރުންގެ އާންސަރ ސްކްރިޕްޓާއި ލިބުނު މާކްސް ފެންނާނެ ބަދަލުތަކެއް ކެމްބްރިޖުން ގެނެސްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި. އަދި އިމްތިހާނު ކުރިއަށްދާއިރު ކުދިންނަށް ޕްރެޝަރު ނުކުރުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި.

18 ދުވަސް ކުރިން - 13:14

މަސްޖިދުލްހަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

މަސްޖިދުލްހަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ

43 އަހަރަށްފަހު މަސްޖިދުލްހަރާމްގެ އިމާމު ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާނެކަން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އިއުލާންކުރައްވައިފި. ދަތުރުފުޅުގެ ތާރީހު ފަހުން އިއުލާންކުރުމަށް ވަނީ ހަމަޖެހިފަ.

18 ދުވަސް ކުރިން - 10:28

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ މަތީ ވަނަތަކަށް އިނާމު ދީފި

ވަނަތައް ހޯދި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕާއި، ފައިސާ އަދި ޢުމްރާ ދަތުރު ފަދަ އަގުހުރި އިނާމުތައް ދެއްވާފައިވާއިރު، މި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސއ ޑރ. މުއިއްޒު. ރައީސްގެ ވާހަކަފުޅުގައި ވަނީ ގުރުއާނަށް ލޯބިކުރާ ޖީލެއް ބިނާކުރުމަށްޓަކައި، އެންމެ މަތީ އިނާމު ދޭންވާނީ ގުރުއާނުގެ ކަންކަމުގައިކަން ފާހަގަކުރައްވާފަ.

18 ދުވަސް ކުރިން - 08:17

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފާ ބައްދަލުކުރައްވައިފި

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި.

18 ދުވަސް ކުރިން - 01:12

"ރޯވި ސަރަހައްދު ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގ"

"ރޯވި ސަރަހައްދު ދެނެގަތުމަށް އެންމެ ބޮޑު ހުރަހަކަށްވީ ކަރަންޓު ވަޔަރިންގ"

އަލިފާން ރޯވި ސަރަހައްދު ދެނެގަތުމަށް ބޮޑު ހުރަހަކަށްވީ އިމާރާތުގެ ކަރަންޓު ވަޔަރިންގގެ ގޮތަށް. ތަހުގީގުތަކުން ކަރަންޓު މައްސަލަތަކެއް ފާހަގަވެފައިވާއިރު، ގަސްތުގައި އަލިފާން ރޯކޮށްލާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ފުލުހުން ވިދާޅުވި. މި ހާދިސާގައި 3 ވުޒާރާއަކާއި ކައިރީގެ ގެތަކަށާއި ފިހާރަތަކަށް ގެއްލުންވެފައިވޭ.

19 ދުވަސް ކުރިން - 20:51

Previous12345Next