މާލެއިން ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް ފެނިއްޖެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ފެނިފައިވަނީ މީގެ އިރުކޮޅެއް ކުރިން ހުޅުމާލެއިން ކަމަށެވެ. އަދި ފެނުނުއިރު އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އާދަމް އިކްރާމްގެ ހަބަރެއް ނުވެގެން އޭނާ ހޯދުމަށް އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާ މިހާރު ފެނިފައިވީ ނަމަވެސް، މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލައި ތަޙުޤީޤު ކުރަމުންނެވެ.







