މާވެޔޮމަގުގައި ހުރި ކެފޭއެއްގެ ތެރޭގައި ދެ މީހަކު ޣައިރުޤާނޫނީ ގޮތެއްގައި ހިފަހައްޓައި، އަނިޔާކޮށް ބިރުދެއްކި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ 12 އޮކްޓޫބަރު 2026 ގައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
ގއ. މާމެންދޫ، ޒެނިތު، އައިހަމް ޢާދިލް (24 އަހަރު)
ގއ. މާމެންދޫ، އިފަން، އިފްހާމް އަޙްމަދު (19 އަހަރު)
ކ. ކާށިދޫ، ދުންތަރި، މުޙައްމަދު ޝުނާން (21 އަހަރު)
މި މައްސަލައިގައި އަނިޔާ ލިބުނު ފަރާތްތަކަށް ބިރުދައްކައި މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުންގެ ޚިދުމަތުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.






