މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާވިސްއިން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމެވެ.
އާދަމް އިކްރާމްގެ ޚަބަރެއް 2026 ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުން ފެށިގެން އާއިލާއަށް ވެފައި ނުވާތީ، އޭނާ ގެއްލިފައިވާ ކަމަށް ބުނެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެންބަރު 12 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.
އޭނާ ހޯދުމަށް ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެންކަމުން، އާދަމް އިކްރާމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކުރައްވައި ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.
މީގެއިތުރުން، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، ފުލުހުންގެ މުއައްސަސާއިން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.







