މީގެ އަސަރު އެންމެ ބޮޑަށް ކުރާނީ އިންޑިއާ ފަދަ ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް. ޑަބްލިޔުއެމްއޯއިން ބުނަނީ މިއީ ރެކޯޑްފަށުން އައި އެންމެ ބާރުގަދަ އެލް ނީނޯއަށް ވެދާނެ ކަމަށް. މި ނުރައްކަލުން ސަލާމަތްވުމަށް ކުއްލި ފިޔަވަޅުތައް އެޅުމަށް ދިރާސާވެރިން ވަނީ އިލްތިމާސްކޮށްފަ.
19 ދުވަސް ކުރިން - 20:34
ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ޕީއެންސީގެ ކައުންސިލަރަކު ވާހަކަދައްކަވަމުން ގެންދަވަނިކޮށް، އެމްޑީޕީގެ ކައުންސިލަރު އަހްމަދު ގާލިބު އޭނާގެ މައިކު ކަނޑާލާ މަންޒަރު. ނަމަވެސް މޭޔަރު އާޒިމް ވިދާޅުވީ ކައުންސިލްގެ އިދާރާއިން އެއްވެސް މެންބަރެއްގެ މައިކު ކަނޑާނުލާ ކަމަށާއި، މައިކު ކޮންޓްރޯލް ކުރަނީ ވާހަކަދައްކަވާ މެންބަރުން އަމިއްލައަށް ކަމަށް.
19 ދުވަސް ކުރިން - 20:24
އިންޒާރު ނެރެފައިވަނީ ކުޑަވަގުތުކޮޅަކަށް ކަމަށާއި، އޭގެ 11 މިނެޓު ފަހުން ނުރައްކާ ފިލައިގެން ގޮސްފައިވާކަން ސިވިލް ޑިފެންސުން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ. ސިވިލް ޑިފެންސުން ވަނީ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަސްމީ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފަ.
19 ދުވަސް ކުރިން - 18:34
މި އޮޕަރޭޝަނުގައި ފުވައްމުލަކު އެއާޕޯޓުން އޭނާ ހުއްޓުވައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި އަޅާފައި ހުރި ރަބަރު ޕެކެޓުތަކެއް ވަނީ ފެނިފައި އަދި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 68 ގްރާމްކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައި.
19 ދުވަސް ކުރިން - 17:45
އެއްބަސްވުމުގެ ދަށުން، ޑީޓުއާ ބްރިޖުން ފެށިގެން ހިތަދޫ ސްޓޭޑިއަމްއާ ހަމައަށް ލިންކް ރޯޑް 4 ލޭނަށް ފުޅާކޮށް، 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ތަރައްގީ ކޮށް، އަދި މި މަޝްރޫއުގެ ދަށުން 150 މިލިމީޓަރުގެ ސީޓީބީ ފަށަލައަކާއި، 40 މިލިމީޓަރުގެ ބޯމިނުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައި.
19 ދުވަސް ކުރިން - 17:23
800 އަށްވުރެ ގިނަ އެކައުންޓް ފްރީޒްކޮށް، މި ވިއުގަތަކުގައި ހަރަކާތްތެރިވާ 53 މީހަކު ހައްޔަރުކޮށްފައިވާއިރު، އެކައުންޓް ކުއްޔަށްދޭ ފަރާތްތަކުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާނެ. އަދި އަތޮޅުތަކުގެ ރަށްރަށަށް ގޮސްގެން ގެއިން ގެއަށް ޒިޔާރަތްކޮށް ހާއްސަ މައުލޫމާތު ސެޝަންތައް ވަނީ ހިންގާފަ.
19 ދުވަސް ކުރިން - 16:22
ގެއްލުނު ފައިސާގެ 44.3 އިންސައްތަ އަނބުރާ ހޯދައިދެވިފައިވާއިރު، މިއީ މުޅި ދުނިޔެއަށް ބަލާއިރުވެސް ފާހަގަކޮށްލެވޭ ފަދަ "ގްލޯބަލް ބެސްޓް" ނަތީޖާއެއް. ސްކޭމް ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން 800 އަށްވުރެ ގިނަ އެކައުންޓް ފްރީޒްކޮށް، މި ކުށުގައި ޝާމިލުވާ 53 މީހަކު ވަނީ ހައްޔަރުކޮށްފަ.
19 ދުވަސް ކުރިން - 16:21
އޮންލައިންކޮށް މުދާ ނުވަތަ ހިދުމަތް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތަކުގެ 821 މައްސަލަ ހުށަހެޅިފައިވޭ. ރިސޯޓުތަކާއި ހޮޓާތަކަށް އަމާޒުކޮށްގެން ހިންގާ 'ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް' ފަދަ އައު އުކުޅުތައް ބޭނުންކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފައިވޭ.
19 ދުވަސް ކުރިން - 16:20
އުމްރާނީ ތަރައްގީއާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާގެ އިތުރުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސައުދީގެ ބައިވެރިވުން ރާއްޖޭގައި އިތުރުކުރުމަށް މަގުފަހިވަމުންދޭ. ބައިނަލްއަގްވާމީ މައިދާނުގައި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށާއި، އިސްލާމީ އުންމަތުގެ ކުރިއެރުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ.
19 ދުވަސް ކުރިން - 15:40
އިރުވައި މޫސުމުގައި ދުންފިނީގެ މައްސަލައަށް ހައްލު ހޯދުމަށް، ވައިގެ ކޮލިޓީ މޮނިޓަރކުރާ އިތުރު 4 ސްޓޭޝަނެއް މިއަހަރު ނިމުމުގެ ކުރިން ބެހެއްޓުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ނިންމައިފި. މީގެ ތެރޭގައި ގަލޮޅުގައި ބަހައްޓާ ސްޓޭޝަންވެސް ހިމެނޭ.
19 ދުވަސް ކުރިން - 13:25
ތިމާވެށި ރައްކާތެރިކޮށް އާމްދަނީ ހޯދައިދޭ "ވިލުންވެށި" ގްރާންޓް ޕްރޮގްރާމް ފުޅާކޮށް، މާލީ އެހީ ބޮޑުކުރުމަށްފަހު ކުންފުނިތަކަށް ފުރުސަތު ހުޅުވާލަން ނިންމައިފި. އިވަލުއޭޝަނަށްފަހު، ހޮވޭ 50 ފަރާތެއް ނޮވެމްބަރުގައި އިޢުލާންކުރާނެ.
19 ދުވަސް ކުރިން - 13:21
އދ. ގެ 81 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ، 'ގްލޯބަލް ސައުތު' ނުވަތަ ތަރައްޤީވަމުންދާ ކުދި ޤައުމުތަކުގެ އަޑު ބައިނަލްއަޤްވާމީ މައިދާނުގައި މިއަށްވުރެ ގަދަވާންޖެހޭނެ ކަމަށް ވިދާޅުވެ، ކުދި ޤައުމުތަކުގެ ދިފާޢުގައި ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފަ.
19 ދުވަސް ކުރިން - 10:53