Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ބްރިޖްގައި މަޑުކޮށްގެން ހުއްޓާ ސައިކަލްގައި ޖެހި، މީހަކަށް އަނިޔާވެއްޖެ

ބްރިޖްގައި މަޑުކޮށްގެން ހުއްޓާ ސައިކަލްގައި ޖެހި، މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން ޒުވާނާއަށް. އެ އެކްސިޑެންޓުގައި އޭނާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސްފައިވާތީ މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން.

19 ދުވަސް ކުރިން - 10:36

ހުޅުމާލޭ ރުއްގަނޑު 2 ގައި ޒަމާނީ މުނިފޫހިފިލުވާ މަރުކަޒެއް ތަރައްގީކުރަނީ

ހުޅުމާލޭ ރުއްގަނޑު 2 ގައި ޒަމާނީ މުނިފޫހިފިލުވާ މަރުކަޒެއް ތަރައްގީކުރަނީ

މި މަޝްރޫއު ކުރިއަށްދާނީ ތިމާވެއްޓަށް ނޭދެވޭ އަސަރު ނުކުރާނެ ގޮތަށް. މި ގެނެވޭ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި، އާއިލާތަކާއި، ޒުވާނުންގެ އިތުރުން އެކި ރަށްރަށުންނާއި ބޭރުގައުމުތަކުން ޒިޔާރާތްކުރާ ފަތުރުވެރިންނަށްވެސް އެކުގައި ވަގުތު ހޭދަކޮށްލެވޭނެ.

20 ދުވަސް ކުރިން - 19:31

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ގުޅުން ބަދަހިކުރަނީ

ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ތަޢުލީމާއި، ސިއްހަތުގެ އިތުރުން އައިޓީ ގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވަނީ އެއްބަސްވެފަ. ފަތުރުވެރިކަމާއި މަސްވެރިކަން އިސްކަންދޭ ދާއިރާތަކެއްގެ ގޮތުގައި ފާހަގަކޮށް، އިއާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި، ވޮކޭޝަނަލް ޓްރެއިނިންގ އަދި ސްކޮލަރޝިޕްގެ ދާއިރާތަކުން ގުޅުން ބަދަހިކުރަން ބޭނުންވާކަން ރައްޔިތުންގެ މަޖިލީހުގެ ވަފުދުން ވަނީ ހާމަކުރައްވާފަ.

20 ދުވަސް ކުރިން - 14:44

ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ މަގްބޫލުކަން ދަށަށް

ހުޅަނގުގެ ގައުމުތަކުގައި އިސްރާއީލުގެ މަގްބޫލުކަން ދަށަށް

36 ގައުމެއްގައި ހެދި ސާވޭއަކުން ދައްކާގޮތުގައި، އިސްރާއީލާ މެދު ނޭދެވޭ ހިޔާލު ގެންގުޅޭ މީހުންގެ މީޑިއަން ނިސްބަތް ވަނީ 67 އިންސައްތައަށް އަރާފަ. ފުރަތަމަ ފަހަރަށް އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށްވުރެ ބޮޑަށް ފަލަސްޠީނަށް ތާއީދުކުރާ މީހުންގެ ނިސްބަތް ވަނީ މައްޗަށް ގޮސްފަ.

20 ދުވަސް ކުރިން - 14:42

ބޭރުފައިސާގެ ގާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އަމަލުކުރަން ފަށައިފި

ބޭރުފައިސާގެ ގާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެނެސް އަމަލުކުރަން ފަށައިފި

ބޭރުފައިސާގެ އައު ގާނޫނާއެކު ރިސޯޓުތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހެއްގެ 28 ގެ ކުރިން ބޭންކިން ނިޒާމު މެދުވެރިކޮށް މާރުކުރުން ވަނީ މަޖުބޫރުކޮށްފަ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުން.

20 ދުވަސް ކުރިން - 13:11

ބޭރުފައިސާ މާރުކުރުމުގެ އުޞޫލުތައް

ބޭރުފައިސާ މާރުކުރުމުގެ އުޞޫލުތައް

އައު އިސްލާހާއެކު ދިވެހި ސީ ކެޓަގަރީ ވިޔަފާރިތަކުން މާރުކުރަންޖެހެނީ 7 އިންސައްތަ. އަދި ރާއްޖޭގެ ބޭރުފައިސާގެ ރިޒާވް ހަރުދަނާކޮށް އަސާސީ މުދާ އެތެރެކުރުން ކަށަވަރުކުރުމަށްޓަކައި ނިޒާމީ މުހިންމު ބަދަލުތަކެއް ވަނީ ގެނެވިފަ.

20 ދުވަސް ކުރިން - 13:10

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ސައުދީ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ސައުދީގެ 96 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީއަށް ސައުދީއިން ދޭ އެހީތެރިކަމަށް ރައީސް މުޢިއްޒު ޝުކުރު އަދާކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ ޔަގީންކަން ދެއްވައިފި.

20 ދުވަސް ކުރިން - 12:01

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ނިންމައިފި

"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައި، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވައިފި.

20 ދުވަސް ކުރިން - 12:00

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަގްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި. ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ރާއްޖެއާއެކު ގާތުން މަސައްކަތްކުރުމަށް ބަންގްލަދޭޝް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ބަންގްލަދޭޝްގެ ބޮޑުވަޒީރު ދެއްވި.

20 ދުވަސް ކުރިން - 11:36

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

ތ. ހިރިލަންދޫގައި 200 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަން އެސްޖޭއާ ހަވާލުކޮށްފި

މި މަޝްރޫއުގެ ދަށުން 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ އިތުރުން، 10 މެޓްރިކް ޓަނުގެ ބްލާސްޓް ފްރީޒަރަކާއި، 0 ޑިގްރީ ސެލްސިއަސްގެ އެންޓޭ ރޫމަކާއި މަސް ޕްރޮސެސްކުރާނެ ހާއްސަ ސަރަހައްދެއް ތަރައްގީކުރާނެކަން ފާހަގަކޮށްލެވޭ.

21 ދުވަސް ކުރިން - 21:47

އޭއައި އިންސާނުންގެ ބާރުދަށުގައި އޭއައި ބޭއްވުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި

އޭއައި އިންސާނުންގެ ބާރުދަށުގައި އޭއައި ބޭއްވުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި

އޭއައި އިންސާނުންގެ ބާރުގެ ދަށުގައި ބޭއްވުމަށާއި ނުރައްކާތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ އިދާރާއެއް އުފެއްދުމަށް 20 ގައުމަކާއި އީޔޫއިން ގޮވާލައިފި. ނަމަވެސް، އެމެރިކާއާއި ޗައިނާއިން މި ބަޔާނުގައި ބައިވެރިއެއް ނުވޭ.

21 ދުވަސް ކުރިން - 17:16

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވޯޓަރ އެއަރޑްރޯމް ސެޓްފިކޭޝަން އޮޑިޓެއް އެމްސީއޭއޭއިން ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވޯޓަރ އެއަރޑްރޯމް ސެޓްފިކޭޝަން އޮޑިޓެއް އެމްސީއޭއޭއިން ފަށައިފި

މިއަދު ފެށި މި އޮޑިޓްގައި ސަލާމަތާއި، އޮޕަރޭޝަންތަކާއި، އާ ޤަވާޢިދުތަކަށް ތަބާވާ މިންވަރު ބަލާނެ. ބިމުގެ އެއަރޑްރޯމަކާ އެއްތަނެއްގައި ވީއައިއޭ ހުރުމުން، 2025 ވަނަ އަހަރުގެ މޭ މަހުގެ 1 އިން ފެށިގެން އަމަލުކުރާ އާ ގަވާޢިދުތަކުގެ ދަށުން ސެޓްފިކޭޝަން މަޖުބޫރު.

21 ދުވަސް ކުރިން - 21:04

Previous12345Next