ނިމުނު ހަފްތާގައި 3.5 ލައްކައަށްވުރެ ގިނަ ރުފިޔާގެ ސްކޭމް ރިޕޯޓްކޮށް، އޭގެ ތެރެއިން 1.5 ލައްކަ ރުފިޔާ އަނބުރާ ހޯދައިދީފި. އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ މައްސަލަތައް ކަމަށްވާތީ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރޭ.
21 ދުވަސް ކުރިން - 13:25
ފުލުހުން ޗެކުކުރިއިރު އެތަނުން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6,000 އަށްވުރެ ގިނަ ރުފިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ.
21 ދުވަސް ކުރިން - 12:15
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނައިބު ރައީސާއި އދ. ގެ ސެކްރެޓަރީ ޖެނެރަލް ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަށާއި، ކުދި ޖަޒީރާ ގައުމުތަކަށް މާލީ އެހީ ހޯދުމާއި ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި.
21 ދުވަސް ކުރިން - 11:50
އަމީނީ މަގު މަރާމާތު ކުރުމުގެ ފުރަތަމަ ސެގްމަންޓްގައި ތާރުއަޅާ ނިންމައި، އެމްޓީސީސީން ދެން ތައްޔާރުވަނީ މަގުގެ ނިޝާންތައް ކުރެހުމަށް. މިއަށްފަހު އިއްޒުއްދީން މަގުން ގިޔާސުއްދީން ސްކޫލާ ހަމައަށް ދެވަނަ ސެގްމަންޓްގެ މަސައްކަތް ފަށާނެ.
21 ދުވަސް ކުރިން - 11:06
ޕެންޝަން އޮފީހުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ދަރިވަރުންނަށް "ކެރިއަރ ކޮމްޕަސް" ސެޝަނެއް ބާއްވައިފި. މި ސެޝަންގައި ވަޒީފާއަށް ތައްޔާރުވުމާއި، ސީވީ ހެދުމާއި، އިންޓަވިއު ހުނަރުގެ އިތުރުން ޕެންޝަން ސްކީމާއި މާލީ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ދެވުނު.
22 ދުވަސް ކުރިން - 18:10
ޝެއިހް އަހްމަދަކީ ދުބާއީގެ އަސްކަރިއްޔާއާއި ފުލުހުންގެ އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅެއް. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި ދުބާއީގައި 10 ދުވަހުގެ ރަސްމީ ހިތާމަފާޅުކުރުން އިއުލާނުކޮށްފައިވާއިރު، ޔޫއޭއީގެ ރައީސް އަދި ގަލްފުގެ އެހެން ގައުމުތަކުގެ ވެރިންވެސް ވަނީ ތައުޒިޔާ ފޮނުއްވާފަ.
22 ދުވަސް ކުރިން - 17:58
ހައުސިން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ މިއީ ތާރީހީ ބޮޑު އިންވެސްޓްމަންޓެއް ކަމަށާއި، ވިޔަފާރިތަކުގެ ޢާމްދަނީން ދައުލަތަށް ފައިދާ ލިބޭނެ ކަމަށް. ގާތްގަނޑަކަށް 12 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފަށާއިރު، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ.
22 ދުވަސް ކުރިން - 17:30
ގަވާއިދުން ފީ ދައްކާ އަދި އުސޫލުތަކަށް ބޯލެނބޭ ވަޒީފާދޭ ފަރާތްތަކަށް 24 ގަޑިއިރު ތެރޭ އަވަހަށް ހިދުމަތް ދިނުމަށް "ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް" ތައާރަފްކޮށް، ނުލިބި ހުރި ބޮޑެތި ފީތައް ހޯދުމުގެ މަސައްކަތް ހޯމްލޭންޑް މިނިސްޓްރީން ފަށައިފި.
22 ދުވަސް ކުރިން - 15:02
ތިނަދޫގެ އާބާދީ އިތުރުކުރުމަށްޓަކައި، އެ ސިޓީގައި އަލަށް ރަޖިސްޓްރީކުރާ ކުދިންނަށް 1,500 ރުފިޔާ އާއި 2,000 ރުފިޔާއާ ދެމެދުގެ މާލީ އިނާމެއް ދިނުމަށް ތިނަދޫ ސިޓީ ކައުންސިލުން އުސޫލެއް އާންމުކޮށްފި.
22 ދުވަސް ކުރިން - 15:00
އުފަންވާއިރު ނާޒުކު ހާލަތުގައި ތިބޭ ކުދިންގެ ފަރުވާއަށް ހާއްސަ 2 ވަނަ ނިއޯނޭޓަލް ކޮންފަރެންސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިފްތިތާޙްކޮށްދެއްވި. 3 ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލަކުން ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވޭ.
22 ދުވަސް ކުރިން - 14:59
ރަސްމާލޭގައި ހިންގާ މި މަޝްރޫއާ ގުޅޭގޮތުން އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ބިނާކޮށް ހަގީގީ ދުނިޔޭގެ ފެންވަރުގެ މަންޒިލެއް އުފެއްދުން ކަމަށް. މިއީ 54،000 ވަޒީފާއާއި އިގްތިސާދީ ބޮޑު ކުރިއެރުމެއް ގެނުވާނެ ތާރީހީ ބިޔަ އިންވެސްޓްމަންޓެއް.
22 ދުވަސް ކުރިން - 13:03
މި މުބާރާތް އޮފީސްތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބަޔަށް ބަހާލާފައިވާއިރު، ރީތިލިޔުމާއި، އަވަސްލިޔުމާއި، އަދި އަތްތެރިލިޔުން ހިމެނޭހެން 3 ބަޔަކުން ވާދަކުރެވޭނެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2026 އޮކްޓޫބަރު 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހޭ.
22 ދުވަސް ކުރިން - 12:37