ހުޅުމާލޭގެ މަގުތައް ހެދުމާއި މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތުކުރުމުގެ މަސައްކަތަށް އެ ސަރަހައްދު ވަގުތީގޮތުން ބަންދުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ނެރުނު އިއުލާނުގައިވާ ގޮތުން، މި މަސައްކަތް ކުރިއަށްދާނީ މި މަހުގެ 15 އިން 18 ގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދު އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކުރެވޭނެއެވެ.

މި މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށާއި ވިޔަފާރިތަކަށް އަޑުގަދަވުމާއި، ރޯލަރުގެ ވައިބްރޭޝަން އިހުސާސްވުމާއި އަދި ހިރަފުހުގެ އަސަރު ފޯރުން އެކަށީގެންވާތީ، ވިޔަފާރިތަކުންނާއި އާންމުން އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެޗްޑީސީން ވަނީ އެދިފައެވެ.